Roadha Mihaaru
ޓެގް އެޅުވުމަށް ފަހު އަދީބު ގެއަށް ބަދަލުކޮށްފި

ޓެގް އެޅުވުމަށް ފަހު އަދީބު ގެއަށް ބަދަލުކޮށްފި

29 އޯގަސްޓް 2019

ގޭ ބަންދުގައި ބަހައްޓާފައިވަނިކޮށް ކުރިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މޮނީޓާ ކުރެވޭގޮތަށް ޓެގް އެޅުވުމަށް ފަހު، ރޭ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގޭ ބަންދުގައި ބަހައްޓާފައިވަނިކޮށް ކުރިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މޮނީޓާ ކުރެވޭގޮތަށް ޓެގް އެޅުވުމަށް ފަހު، ރޭ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ޚިޔާނާތުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ އަދީބު، ގޭ ބަންދަށް ބަދަލުކޮށްފައި މިވަނީ މާފުށީ ޖަލުގައި ލިބިވަޑައިގަތް އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އެވެ. އަދީބު އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ ހަފުތާގަ އެވެ.

އަދީބު ގޭބަންދަށް ބަދަލުކުރިކަން ޔަގީންކޮށްދިނުން ފިޔަވައި އިތުރު މައުލޫމާތެއް ކަރެކްޝަނަލް ސާވިސް އިން ނުދެ އެވެ.

ޓެގް އެޅުވުމުން އަދީބު އުޅުއްވާ ތަންތަން ފުލުހުންނަށް މޮނީޓާ ކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސްކަން ކުރެއްވި އަދީބާ ކުރިން ގާތްގުޅުމެއް އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި އަދީބު ވަނީ ދާދިފަހުން ހެކިބަސް ދެއްވައިފަ އެވެ. އަދީބު ވަނީ ޔާމީންގެ އެންގެވުމަށް ގާނޫނާ ހިލާފަށް އެތައް ކަމެއް ކުރެއްވި ކަމަށް އިއުތިރާފު ވެވަޑައިގެންފަ އެވެ.

Adeeb fili massalaigai dhauvaa ufulaifi

Adeeb fili massalaigai dhauvaa ufulaifi

The most trusted news source in the Maldives

Mihaaru

އަދީބު ފިއްލެވި މައްސަލާގައި ދައުވާ އުފުލުން---

ތަހުގީގަށް އެއްބާރުލުންދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ކޯޓުގައި އަދީބު ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އަދީބު ފިއްލެވީ ޓަގެއްގައި މިމަހު ކުރީކޮޅު އެވެ. "ވާގޯ 9" ނަމަކަށް ކިޔާ، ޓަގުގައި ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެން މައްސަލާގައި އަދީބުގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ. އަދީބުގެ މައްޗަށް އުފުލީ، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ފިއްލެވި މައްސަލައިގައި ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަދީބު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ފިއްލެވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ކިޔައިދެއްވާ ވާހަކަތާ ގުޅުން ހުރި ނުފޫޒު ގަދަ ބައެއްގެ ބިރުދެއްކުންތަކާއި އިންޒާރުތަކާ ހެދި ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަކުރި ގޮތާއި އެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތަފްސީލް އަދީބު ގެންދަވަނީ ތަހުގީގަށް ކިޔައި ދެއްވަމުންނެވެ.