21 އޯގަސްޓް 2019
އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް މިހާރު އޮތް "އެވެންޖާޒް؛ ދި އެންޑްގޭމް" ރިލީޒްކުރިތާ ގާތްނޑަކަށް ތިން މަހެއްހާ ދުވަސް ފަހުން ފިލްމަށް މަންޒަރުރަކެއް އިތުރުކޮށްގެން އަލުން ރިލީޒްކޮށް، އަނެއްކާ ވެސް ހަމަ މިކަހަލަ ގޮތަކަށް ފިލްމެއް އަލުން ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް މިހާރު އޮތް "އެވެންޖާޒް؛ ދި އެންޑްގޭމް" ރިލީޒްކުރިތާ ގާތްނޑަކަށް ތިން މަހެއްހާ ދުވަސް ފަހުން ފިލްމަށް މަންޒަރުރަކެއް އިތުރުކޮށްގެން އަލުން ރިލީޒްކޮށް، އަނެއްކާ ވެސް ހަމަ މިކަހަލަ ގޮތަކަށް ފިލްމެއް އަލުން ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ފަހަރު އަލުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމަކީ މިދިޔަ މަހުގެ ކުރީކޮޅު ރިލީޒްކުރި މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާޒްގެ "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އެވެ. މި ފިލްމަކީ މި އަހަރުގެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ތެރޭގައި ވެސް ހިމެނޭ ފިލްމެކެވެ.
ޖޮން ވަޓްސް ޑައިރެކްޓްކުރި ފިލްމަށް 1.110 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. ފިލްމު ހަދާފައި ވަނީ 160 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ވެރައިޓީން ބުނި ގޮތުގައި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަލުން ސްކްރީނަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 29 ގަ އެވެ. ފިލްމުގެ އެކްސްޓެންޑެޓް ކަޓެއްގެ ގޮތުގައި އަލުން ސްކްރީނަށް ގެންނަ އިރު، ކުރިން ފިލްމުގައި ނުހިމެނޭ މަންޒަރުތަކާ އެކު އިތުރު ހަތަރު މިނިޓް ފިލްމުގެ ޑިއުރޭޝަނަށް އިތުރުކޮށްފައިވެ އެވެ. ފިލްމު ފުރަތަމަ ރިލީޒް ކުރިއިރު ދިގުމިނަކީ 129 މި ނިޓެވެ.
ވެރައިޓީން ބުނީ "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަލުން ރިލީޒްކުރާނީ އެމެރިކާ އާއި ކެނެޑާގެ ސިނަމާތަކުގައި ކަމަށެވެ. މި ފިލްމަކީ 2017 ގައި ރިލީޒްކުރި "ސްޕައިޑަ-މޭން: ހޯމްކަމިން" ގެ ދެވަނަ ބައެވެ. މި ދެ ފިލްމުގައި ވެސް ޓައިޓްލް ރޯލް ކުޅުނީ ޒުވާން އެކްޓަރު ޓޮމް ހޮލަންޑެވެ.
"ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަކީ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ 23 ވަނަ ފިލްމެވެ.
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ވާތައް ފުރާލައިފި
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓްރެއިލާ
މި ފަހަރު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"
އެންޑްރޫއަށް ސްޕައިޑަމޭން ގެއްލުނީ ކޫސަނި ކަމަކުން
292 ފަހަރު "ސްޕައިޑަމޭން" ބަލައިގެން ރިކޯޑެއް!
"ސްޕައިޑަމޭން"ގެ ސާފު ކޮޕީ ލީކް ކޮށްލައިފި
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ އަށް ރެކޯޑެއް
މާވެލްގެ ކަލަންޑަރު ވީޑިއޯއަކުން ދައްކާލައިފި
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް