13 މާޗް 2022
މާވެލް ސްޓޫޑިއޯސްގެ "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ސްޓްރީމިންނަށް ދޫކޮށްލަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެ ފިލްމުގެ ސާފު ކޮޕީ ލީކް ކޮށްލައިފި އެވެ.
މާވެލް ސްޓޫޑިއޯސްގެ "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ސްޓްރީމިންނަށް ދޫކޮށްލަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެ ފިލްމުގެ ސާފު ކޮޕީ ލީކް ކޮށްލައިފި އެވެ.
ލީކް ކޮށްލާފައި ވަނީ އެ ފިލްމުގެ ބްލޫ-ރޭ ކޮޕީއެކެވެ. ޓޮރެންޓް ސައިޓްތަކުން މިހާރު އެ ފިލްމު ޑައުންލޯޑް ކުރަން ވެސް ލިބެ އެވެ.
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެ ފިލްމު ސްޓްރީމް ކުރަން ފަށާ ގޮތަށް އޮތީ މި މަހު 22 ގަ އެވެ. އެކަމަކު ފިލްމު ލީކްވުމާ ގުޅިގެން އަންނަ އަންގާރަ ދުވަހުން ފެށިގެން ޑިޒްނީ ޕްލަސް އިން އެ ފިލްމު ސްޓްރީމް ކުރެވޭނެ ގޮތް ހަދަން މިހާރު ވަނީ ނިންމައިފަ އެވެ.
ބޮކްސް އޮފީހުގައި އެ ފިލްމަށް 1.8 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އަދި އެ ފިލްމު މިހާރު އޮތީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ހަވަނައިގަ އެވެ.
"ސްޕައިޑަމޭން" ލީކް ކޮށްލިއިރު، އެ ފިލްމު އެޅުވުމުގެ ކުރިން ވެސް ފިލްމުގެ ވަރަށް ގިނަ މަންޒަރުތައް ލީކް ކޮށްލި އެވެ. އަދި އެއީ މިހާތަނަށް މާވެލްގެ ފިލްމަކަށް އެ މައްސަލަ އެންމެ ބޮޑަށް ދިމާވި ފިލްމު ވެސް މެ އެވެ.
މިހާރު ވެސް ސިނަމާގައި ދައްކަމުން އަންނަ އެ ފިލްމުގެ ޑީވީޑީ ނެރެން ނިންމާފައި ވަނީ އަންނަ މަހު 12 ގަ އެވެ.
292 ފަހަރު "ސްޕައިޑަމޭން" ބަލައިގެން ރިކޯޑެއް!
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ވާތައް ފުރާލައިފި
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓްރެއިލާ
މި ފަހަރު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"
އެންޑްރޫއަށް ސްޕައިޑަމޭން ގެއްލުނީ ކޫސަނި ކަމަކުން
"ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަލުން ރިލީޒްކުރަނީ
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް