Roadha Mihaaru
ދިވެހި ހައްޖުވެރިޔަކު ކޯމާއެއްގައި، ހާލު ސީރިއަސް

ދިވެހި ހައްޖުވެރިޔަކު ކޯމާއެއްގައި، ހާލު ސީރިއަސް

12 އޯގަސްޓް 2019

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ދިވެހި އަންހެނަކަށް އިއްޔެ ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ދިވެހި އަންހެނަކަށް އިއްޔެ ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެއްޖެ އެވެ.

ހައްޖު މިޝަނުން ބުނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ސީމާ މޫސާ، 38، ފ. ދަރަނބޫދުއަށް ސްޓްރޯކް ޖެހުމުން "މިނާ އަލްވާދީ" ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާ އޮތީ ކޯމާއެއްގަ އެވެ.

ސީމާއަށް ސްޓްރޯކް ޖެހުނީ މިނާ ޓެންޓްގައި ހުއްޓައި ކަމަށް ހައްޖު މިޝަނުން ބުންޏެވެ.

ހައްޖުވެރިން މިހާރު ތިބީ ޖަމްރާއަށް ހިލަ އުކުމުގެ ބައި ފުރިހަމަކުރެވެދެން މިނާގަ އެވެ. މިނާއިން މައްކާއަށް ގިނަ މީހުން ދާނީ މާދަމާ ހިލަ އުކާފަ އެވެ.

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް މިފަހަރު 2000 އެއްހާ ދިވެހިން ދިޔަ އެވެ.