Roadha Mihaaru
ކޮންގްރެސް ޕާޓީ އެންމެން ފަހުން ސޯނިއާގެ އަތްޕުޅަށް

ކޮންގްރެސް ޕާޓީއާ އެންމެ ފަހުން ސޯނިއާ ހަވާލުވެވަޑައިގެންފި

12 އޯގަސްޓް 2019

ނިއު ދިއްލީ (އޮގަސްޓް 12) - ކޮންގްރެސް ޕާޓީގެ ލީޑަރުގެ މަގާމުން ރާހުލް ގާނދީ އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީ އަށް ލީޑަރެއް ހަމަޖެހެންދެން ވަގުތީ ގޮތުން ޕާޓީ ހިންގެވުމާ ސޯނިއާ ގާނދީ ހަވާލުވެވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އޮގަސްޓް 12) - ކޮންގްރެސް ޕާޓީގެ ލީޑަރުގެ މަގާމުން ރާހުލް ގާނދީ އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީ އަށް ލީޑަރެއް ހަމަޖެހެންދެން ވަގުތީ ގޮތުން ޕާޓީ ހިންގެވުމާ ސޯނިއާ ގާނދީ ހަވާލުވެވަޑައިގެންފި އެވެ.

ޕާޓީގެ ބަޔާނެއްގައި ބުނީ ރައީސަކު ހަމަޖެހެންދެން ކޮންގްރެސް ޕާޓީ ހިންގުން ސޯނިއާ ގާނދީއާ ހަވާލު ކުރުމަށް ކޮންގްރެސް ވޯކިން ކޮމިޓީ (ސީޑަބްލިއުސީ) އިން ނިންމާފައިވާ ކަމަށެވެ. ކޮމިޓީން ބޭނުންވީ ލީޑަރުގެ މަގާމުގައި ރާހުލް ގާނދީ ދެމިހުންނެވުމަށެވެ. ނަމަވެސް ރާހުލް އެކަމާ ދެކޮޅު ހެއްދެވުމުން ކޮމިޓީން ދެން ބޭނުންވީ ރާހުލްގެ މަންމާފުޅާ ޕާޓީ ހިންގުން ހަވާލު ކުރުމަށެވެ. އަދި ސީޑަބްލިއުސީގެ ހުށަހެޅުން ސޯނިއާ ވަނީ ގަބޫލް ކުރައްވައިފަ އެވެ.

ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާނދީގެ ހުވަފަތް އަނބިކަނބަލުން ސޯނިއާ، 72، އަކީ ކޮންގްރެސް ޕާޓީގައި ނުފޫޒް ގަދަ ފަރާތެކެވެ. އެކަމަނާ ވަނީ 1998 އިން 2017 އާ ހަމައަށް، 19 އަހަރު ޕާޓީގެ ރައީސްކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ޕާޓީގެ ހިންގުން ހަވާލު ކުރީ ރާހުލް، 49، އާ އެވެ.

ކޮންގްރެސްގެ ރައީސްގެ މަގާމުން ރާހުލް އިސްތިއުފާ ދެއްވަން ނިންމެވީ މެއި މަހު ބޭއްވި އާއްމު އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ. އެކަމަކު ރާހުލްގެ އިސްތިއުފާ ގަބޫލް ކުރަން ޕާޓީގެ ލީޑަރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ކޮންގްރެސްގެ ލީޑަރުގެ މަގާމަށް ޕްރިޔަންކާ ގާނދީ ގެނައުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.