Roadha Mihaaru
ކޮންގްރެސް ޕާޓީއާ ހަވާލުވުމަށް ސޯނިއާ ގާނދީ ދެކޮޅު

ކޮންގްރެސް ޕާޓީއާ ހަވާލުވުމަށް ސޯނިއާ ގާނދީ ދެކޮޅު

11 ޖުލައި 2019

ނިއު ދިއްލީ (ޖުލައި 11) - ރާހުލް ގާނދީ އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ކޮންގްރެސްގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ސޯނިއާ ގާނދީ ދެކޮޅު ހައްދަވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖުލައި 11) - ރާހުލް ގާނދީ އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ކޮންގްރެސްގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ސޯނިއާ ގާނދީ ދެކޮޅު ހައްދަވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮންގްރެސް އަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ވަގުތީ ގޮތުން ނަމަވެސް ޕާޓީގެ ރިޔާސަތާ ހަވާލުވުމަށް ސޯނިއާގެ އަރިހުން ސީނިއާ ބޭފުޅުން ދަނީ އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް އުމުރުން 72 އަހަރުގެ ސޯނިއާ ވިދާޅުވެފައި ވަނީ އެކަމަނާގެ ސިއްހީ ހާލަތު ހުރި ގޮތުން ވަގުތީ ގޮތުން ނަމަވެސް ޕާޓީ ހިންގުމުގެ ޒިންމާއާ ހަވާލުވެވެން ނެތް ކަމަށެވެ.

އާއްމު އިންތިޚާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު ޕާޓީގެ ރައީސްގެ މަގާމުން ރާހުލް އިސްތިއުފާ ދެއްވުމުން ޕާޓީގެ ތެރޭގައި ވަނީ މައްސަލަތައް ބޮޑުވެފަ އެވެ. ކަރްނާޓަކާ އާއި ގޯއާ އަދި ޓެލަންގާނާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ކޮންގްރެސް ކޯލިޝަނުން ވަކިވެފަ އެވެ. އެކަމަކު ލީޑަރަކަށް ގެންނާނެ ބޭފުޅަކާ މެދު ޕާޓީ ތެރޭން އަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ މިހާރު ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުން ފަސޭހަ ނުވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.