Roadha Mihaaru
ކޮންގްރެސް ޕާޓީއާ ވަކިވި އުރްމިލާ ޝިވް ސެނާ އަށް

ކޮންގްރެސް ޕާޓީން ވަކިވި އުރްމިލާ ޝިވް ސެނާ ޕާޓީއާ ގުޅިއްޖެ

03 ޑިސެމްބަރ 2020

މިދިޔަ އަހަރު އިންޑިއާގެ ކޮންގްރެސް ޕާޓީއާ ގުޅި، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ ގޮނޑިއަކަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކޮށް ނާކާމިޔާބުވުމުން ޕާޓީން ވަކިވި ބޮލީވުޑްގެ ކުރީގެ ބަތަލާ އުރްމިލާ، ޝިވް ސެނާ ޕާޓީއާ އަންގާރަ ދުވަހު ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އިންޑިއާގެ ކޮންގްރެސް ޕާޓީއާ ގުޅި، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ ގޮނޑިއަކަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކޮށް ނާކާމިޔާބުވުމުން ޕާޓީން ވަކިވި ބޮލީވުޑްގެ ކުރީގެ ބަތަލާ އުރްމިލާ، ޝިވް ސެނާ ޕާޓީއާ އަންގާރަ ދުވަހު ގުޅިއްޖެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ކާމިޔާބު ބަތަލާއެއްގެ ގޮތުގައި ފާހަގަކުރެވުނު އުރުމިލާ ޕާޓީއާ ގުޅުމަށް ބޭއްވި ހަފުލާގައި ޝިވް ސެނާގެ އިސްވެރިން ބައިވެރިވި އެވެ. އެ ޕާޓީގެ މިހާރުގެ އެންމެ އިސް ވެރިޔަކީ މިހާރު މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމު އަދާކުރައްވާ އުދަވް ތާކްރީ އެވެ.

ޝިވް ސެނާ އަކީ އިންޑިއާގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން ވެރިކަންކުރާ ބީޖޭޕީ އާއި ކޮންގްރެސް އާއި އާމް އާދުމީ ޕާޓީ ފިޔަވައި ދެން އެންމެ ނުފޫޒު ގަދަ ޕާޓީ އެވެ.

އުރްމިލާ، 46، މިދިޔަ އަހަރު ކޮންގްރެސް ޕާޓީ އަށް ސޮއިކުރީ މާޗް މަހުގެ 27 ގަ އެވެ. އަދި މެއި މަހުގެ އިންތިހާބުގައި ނާކާމިޔާބުވުމުން އޭނާ ޕާޓީން ވަކިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އުރްމިލާ އޭރު ބުނެފައި ވަނީ ޕާޓީން ވަކިވީ މުމްބާއީގެ އިތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރި އިރު އިންތިހާބުގެ ތެރޭގައި ދިމާވި ކަންތައްތަކާއި އޭގެ ފަހުން ވެސް ޕާޓީގެ ތެރޭގައި ހުރި ކަންކަމާ ގުޅޭ ގޮތުން ވެރިންނަށް އެކި ފަހަރު މަތިން އެކި ކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިގެން އެއްވެސް ހައްލެއް އަދި ހަރުދަނާ ފިޔަވަޅެއް ވެސް އަޅާފައި ނުވާތީ އެވެ. އަދި ޕާޓީގެ ތެރޭގައި ހުރި ދޯހަޅި ކަންކަމާ ހެދި ޕާޓީ އަށް އެކި ކަންކަމާ ގުޅޭ ގޮތުން ފޮނުވާ ލިޔުންތައް ވެސް އާންމުވުމަކީ ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަންބޮޑުވެ، ޕާޓީގެ ތެރެއިން ރައްކާތެރި ކަމެއް ނެތް ކަމުގެ ހެއްކެއް ކަމަށް އުރުމިލާ ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އުރްމިލާ ޝިިވް ސެނާ ޕާޓީއާ ގުޅިފައިވާތީ އެ ޕާޓީގެ ލެޖިސްލޭޓިވް ކައުންސިލުން ފުރުސަތު ދޭނެ އެވެ.