އިންޑިއާގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ވާހަކަ ކިޔައިދޭ ފިލްމު، ބަތަލާ އަނުޝްކާ ޝަރުމާ ކުޅޭ ގޮތަށް ކުރިން އޮތް ނަމަވެސް އެ ފިލްމު އޭނާ ނުފެންނާނެ ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށް، އަނުޝްކާއާ އެކު އެ ފިލްމުގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.
07 ޖެނުއަރީ 2022
އިންޑިއާގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ވާހަކަ ކިޔައިދޭ ފިލްމު، ބަތަލާ އަނުޝްކާ ޝަރުމާ ކުޅޭ ގޮތަށް ކުރިން އޮތް ނަމަވެސް އެ ފިލްމު އޭނާ ނުފެންނާނެ ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށް، އަނުޝްކާއާ އެކު އެ ފިލްމުގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "ޗަކްދާ އެކްސްޕްރެސް" އެވެ. އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން މި ފިލްމު ކުޅޭކަން ކަށަވަރުކޮށް ދީފައި މި ވަނީ އަނުޝްކާ އެ ނުކުޅެ، އޭގެ ޕްރޮޑިއުސްކޮށް، ބަތަލާއަކަށް ޓްރިޕްތީ ދިމްރީ ނަގާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
ނަމަވެސް 2018 ގެ "ޒީރޯ" ގެ ފަހުން ހުނަރުވެރި ބަތަލާ އެކްޓިން އަށް އެނބުރި އަންނަ ފިލްމަކީ ޖޫލާންގެ ބައޮގްރަފިކަލް ޑްރާމާކަން ޔަގީންކޮށްދީ، ބުނީ މީގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ޗަކްދާ އެކްސްޕްރެސް" ޑައިރެކްޓްކުރާނީ އޭނާ ކުޅެ، އެ ސްޓޫޑިއޯ އިން 2018 ގައި ގެނެސްދިން ބިރުވެރި ފިލްމު "ޕަރީ" ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި އެވެ.
މިދިޔަ އަހަރު ދަރިޔަކު ވެސް ލިބުނު ފަހުން އަނުޝްކާ އެނބުރި އެކްޓިން އަށް އަންނަ ފިލްމާ ބެހޭ ގޮތުން ބުނީ "ޗަކްދާ އެކްސްޕްރެސް" އަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމެއް ކަމަށެވެ.
"އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ޖޫލާންގެ ރޯލު ކުޅުމަކީ ކުޑަ ޒިންމާއެއް ވެސް ނޫން. މި ފިލްމު ހާއްސަވާ އެންމެ މުހިންމު އެެއް ސަބަބަކީ އޭނަ އަކީ އަންހެނުން ކްރިކެޓަށް ލޯ ހުޅުވުމުގައި ނަމޫނާއަކަށް ވެސް ވާތީ،" އަނުޝްކާ ބުންޏެވެ. "ހަމަ ޔަގީނުން ވެސް މި ފިލްމުގައި އަހަރެމެން ދައްކުވައި ދޭނަން ކްރިކެޓްގައި އަންހެނުންނަކީ ވެސް ކިހާ ވަރުގަދަ ބައެއްކަން."
ފިލްމެއްގައި އަލަށް ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅޭ އިރު މިއީ އަނުޝްކާގެ ފުރަތަމަ ބައޮޕިކް ވެސް މެ އެވެ. އަދި މި ފިލްމުގެ ތައްޔާރީތަކަށް ޔަގީނުން ވެސް އޭނާގެ ފިރިމީހާ ވިރާޓްގެ އެހީތެރިކަން ވެސް ހޯދާނެ އެވެ. ކްރިކެޓްގައި ވިރާޓަކީ މިހާރު އިންޑިއާގެ އެންމެ ވިދާ އެއް ނަމެވެ. އެހެންވެ ކެރެކްޓާ އަށް ތައްޔާރުވުމުގައި ކްރިކެޓްގެ އުކުޅުތަކެއް ވިރާޓްގެ ފަރާތުން ހޯދުމަކީ ވެސް ކުރާނެ ކަމެކެވެ.
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ކާތިކް ބޭނުމީ ކްރިކެޓް ތަރި ވިރާޓްގެ ރޯލު ކުޅެން
ޖޫލާންގެ ރޯލަށް އަނުޝްކާގެ ބަދަލުގައި ޓްރިޕްތީ
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
އަނުޝްކާ އާއި ވިރާޓްގެ ބޮޑީގާޑަށް ބޮޑު މުސާރައެއް
އަނުޝްކާ ފިލްމަކަށް ތައްޔާރުވާން ފަށައިފި
މީނާކްޝީ 27 އަހަރު ފަހުން އަލުން އެކްޓިން އަށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
މިއީ ޝާހްރުކެއް ނޫން، އޭނާގެ ބޮޑު ފޭނެއް
ވިހެއުމަށް ފަހު އަނުޝްކާ އަލުން މަސައްކަތަށް