Roadha Mihaaru
އެގްޒިޓް ޕޯލްގެ ނަތީޖާ ގަބޫލެއް ނުކުރަން: އިދިކޮޅު

އެގްޒިޓް ޕޯލްގެ ނަތީޖާ ގަބޫލެއް ނުކުރަން: އިދިކޮޅު ޕާޓީ

20 މެއި 2019

ނިއު ދިއްލީ (މެއި 21) - އިންޑިއާގެ އާއްމު އިންތިޚާބުގެ އެގްޒިޓް ޕޯލްގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) މޮޅުވާނެ ކަމަށް ބުނި ނަމަވެސް އެއީ ގަބޫލްކުރެވޭނެ ނަތީޖާއެއް ނޫން ކަމަށް އިދިކޮޅު ބައެއް މެންބަރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (މެއި 21) - އިންޑިއާގެ އާއްމު އިންތިޚާބުގެ އެގްޒިޓް ޕޯލްގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) މޮޅުވާނެ ކަމަށް ބުނި ނަމަވެސް އެއީ ގަބޫލްކުރެވޭނެ ނަތީޖާއެއް ނޫން ކަމަށް އިދިކޮޅު ބައެއް މެންބަރުން ބުނެފި އެވެ.

މިދިޔަ މަހު 11 ވަނަ ދުވަހު ފެށި އާއްމު އިންތިޚާބުގެ ވޯޓުލުން އާދިއްތަ ދުވަހު ނިމުމާ އެކު އިންޑިއާގެ ބައެއް މީޑިއާތަކުން ނެގި އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ބީޖޭޕީ އަށް ބައެއް ގޮނޑި ގެއްލުނު ނަމަވެސް، ކޯލިޝަންގެ ބައިވެރިންގެ ތާއީދާ އެކު އެެ ޕާޓީ އަށް ޕާލަމެންޓުގެ ދަށު ގޭގެ 543 ގޮނޑީގެ އަޣުލަބިއްޔަތު ލިބޭނެ އެވެ. ބީޖޭޕީ އިސްކޮށް ހަރަކާތްތެރިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގެ 287 އާއި 306 އާ ދެމެދުގެ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް މަދުވެގެން ހަތަރު އެގްޒިޓް ޕޯލުން ދައްކާފައިވެ އެވެ. ބީޖޭޕީން 2014 ވަނަ އަހަރުގެ އިންތިޚާބުގައި ހޯދާފައި ވަނީ 282 ގޮނޑި އެވެ.

އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީ އިސްކޮށް އޮވެ އުފައްދާފައިވާ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ) އަށް ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކަނީ 128-132 އާ ދެމެދުގެ އަދަދެއްގެ ގޮނޑި އެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ކޮންގްރެސް އަށް ލިބިފައި ވަނީ 44 ގޮނޑި އެވެ.

ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން ބޭނުން ވަނީ 272 ގޮނޑި އެވެ.

ގާނޫނު ހަދާ މަޖިލީގުގެ ޓްރިވެންޓްރަމްގެ މެންބަރު.

އިގްޒިޓް ޕޯލްގެ ނަތީޖާ އަށް ބީޖޭޕީން މަރުހަބާ ކިޔާފައިވެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެގްޒިޓް ޕޯލް އަކީ އިތުބާރު ކުރެވޭ އެއްޗެއް ނޫން ކަމަށާއި މީގެ ކުރިން ނެގި އެގްޒިޓް ޕޯލްތަކުގެ ނަތީޖާ ވެސް ދައްކާފައި ވަނީ ގޯސްކޮށް ކަމަށެވެ.

އިދިކޮޅު އިސް މެންބަރެއް ކަމަށްވާ ޝަޝީ ތަރޫރް ވިދާޅުވީ އެގްޒިޓް ޕޯލް އަކީ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. މި ހަފުތާ ބަންދުގައި އޮސްޓްރޭލިއާގައި ބޭއްވި އިންތިޚާބުގައި 56 އެގްޒިޓް ޕޯލް ދައްކާފައި ވަނީ ގޯސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާގެ ގިނަ މީހުން ސަރުކާރު ދެކެ ބިރުން ތެދަށް ބުނާކަށް ނުކުރޭނެ. ހަގީގީ ނަތީޖާ އަށް 23 ވަނަ ދުވަހަށް އިންތިޒާރު ކުރާނަން،" ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ތަރޫރް ވިދާޅުވި އެވެ.

އަންދުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން. ޗަންދުރަބާބޫ ނައިދު ވިދާޅުވީ އެގްޒިޓް ޕޯލްތަކަކީ ހަގީގަތާ ދުރު އެއްޗެއް ކަމަށެވެ. އަދި ބީޖޭޕީއާ ނުލައި ސަރުކާރެއް އުފެއްދޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވިދާޅުވި އެވެ.

ހަތް ބުރަކަށް ބަހާލައިގެން އިންޑިއާގައި ބޭއްވި އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ ބުރާސްފަތި ދުވަހު އެވެ.