އިންޑިއާގެ މުސްލިމުންގެ ވަގުފް ބިންތަކާ ބެހޭ ކަންކަން ބެލެހެއްޓުމާ ބެހޭ ގާނޫނަށް އެ ގައުމުގެ ހިންދީ ވަތަނީ ބީޖޭޕޭ ސަރުކާރުން ބަދަލު ގެނެސް އެ ބިންތަކަށް ސަރުކާރުގެ ނުފޫޒު ބޮޑުވާ ގޮތަށް ގާނޫނަށް ބަދަލު ގެންނަ ބިލެއް ފާސްކޮށްފި އެވެ.
އިންޑިއާގެ މުސްލިމުންގެ ވަގުފް ބިންތަކާ ބެހޭ ކަންކަން ބެލެހެއްޓުމާ ބެހޭ ގާނޫނަށް އެ ގައުމުގެ ހިންދީ ވަތަނީ ބީޖޭޕޭ ސަރުކާރުން ބަދަލު ގެނެސް އެ ބިންތަކަށް ސަރުކާރުގެ ނުފޫޒު ބޮޑުވާ ގޮތަށް ގާނޫނަށް ބަދަލު ގެންނަ ބިލެއް ފާސްކޮށްފި އެވެ.
ގާނޫނަށް ގެންނަ ބަދަލުގައި، ވަގުފް ބިންތަކާ ބެހޭ ބޯޑުތަކުގައި މުސްލިމުން ނޫން މީހުން ހިމަނަން ލާޒިމްވެ އެވެ. އަދި އެ ބިންތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގައި ސަރުކާރުގެ ދައުރު މިހާރަށްވުރެ މާ ބޮޑަށް އޮންނާނެ އެވެ.
ވަގުފްކުރުމަކީ މުސްލިމަކު އޭނާގެ އުފުލޭ ނުވަތަ ނުއުފުލޭ މުދަލެއް ވިޔަސް ދީނީ ކަންކަމުގައި ބޭނުންކުރުމަށް އަގަކާނުލައި މުޅި އުމުރަށް ހަދިޔާކުރުމެވެ.
އިންޑިއާގައި މިގޮތަށް ވަގުފްކޮށްފައިވާ ބިންތަކުގެ އަގު 14 ބިލިއަން ޑޮލަރަށް އަރަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ބުނަނީ 1995 ވަނަ އަހަރު އަމަލުކުރަން ފެށި ވަގުފް ގާނޫނަށް ބަދަލު ގެނައުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މިސްމެނޭޖްމަންޓް ކުޑަކުރުމާއި އެންމެންގެ ބައިވެރިވުން ބޮޑުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
އެކަމަކު އިންޑިއާގެ މުސްލިމުން ކަންބޮޑުވަނީ މިހާރުވެސް އެ މީހުންގެ ގެދޮރާއި މުދަލާއި މިސްކިތްތައް ސަރުކާރުން އެކި އުޒުރު ދައްކައިގެން ނައްތާލަމުން ދާއިރު މި ގެނައި ބަދަލާ އެކު އެފަދަ އަމަލުތައް ހިންގަން ގާނޫނީ ގޮތުން ސަރުކާރަށް ލިބޭ ބާރަކަށް މިކަން ވެދާނެތީ އެވެ.
އެތައް ސަތޭކަ މިސްކިތަކާއި، ދީނީ ބިނާތަކާއި، ގަބުރުސްތާނު ފަދަ ގިނަ އިމާރާތްތަކާއި ބިންތަކަކީ މީގެ އެތައް ޒަމާނެއް ކުރިން، އަދި އެތައް ސަތޭކަ ގަރުނެއް ކުރިން، ގާނޫނީ ރެކޯޑެއް ނެތި ހަދިޔާކޮށްފައިވާ ތަންތަން ވާތީ އެ ތަންތަނުގެ ހަގީގީ މިލްކުވެރިކަމާ ބެހޭ ލިޔުންތަކެއް ނެތެވެ. އެހެންވް މިފަދަ ތަންތަން މުސްލިމުންގެ މިލްކުވެރިކަމުގެ ދަށުން މި ބިލާ އެކު ވަކިވެދާނެ ކަމުގެ ބިރު ބޮޑެވެ.
ވަގުފް ބިލް ފާސްކުރުމުގެ ކުރިން އިއްޔެ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި މި ކަމުގެ ބަހުސް ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިދިކޮޅު ކޮންގްރެސް ޕާޓީން ބުނަމުންދަނީ މިއީ ގާނޫނުއަސާސީއާ ހިލާފް އަދި މުސްލިމުންނާ މެދު ތަފާތުކުރުން އޮތް ބިލެއް ކަމަށެވެ.
ޕާލަމެންޓުގެ ތިރިގޭގެ އަޣުލަބިއްޔަތު ބީޖޭޕީއަށް ނެތުމުން، ގުޅިފައިވާ ޕާޓީތަކުގެ އެހީތެރިކަމާ އެކު ބިލު ފާސްކުރެވުނީ މިއަދު 288 މެންބަރުންގެ ވޯޓާ އެކުގަ އެވެ.
މިއަދު މަތިގޭގައި މި ބިލަށް ބަހުސް ވަނީ ފަށައިފަ އެވެ. އަދި ބިލް އެ ގޮތަށް ފާސްވެއްޖެ ނަމަ ގާނޫނަކަށް ވާނީ ރައީސް ޑްރޫޕަދީ މުރުމޫގެ ރުހުން ލިބުމުންނެވެ.
އިންޑިއާގައި ވަގުފް ބިންތަކާއި އިމާރާތްތަކުގެ ބޮޑުމިން އެއް މިލިއަން އޭކަރު (ގާތްގަނޑަކަށް 1562.5 އަކަމޭލު) އާ އެއްވަރެވެ. އެ ތަންތަން ބަލަހައްޓަނީ އެ ގައުމުގެ ސްޓޭޓްތަކާއި ފެޑެރަލްކޮށް ހިންގާ ޔޫނިއަން ޓެރިޓަރީތަކުގައި ސަރުކާރުން އުފައްދާފައިވާ 32 ވަގުފް ބޯޑުންނެވެ. މިހާރު ކޮންމެ ސްޓޭޓެއްގެ ބޯޑުތަކުގައި ހިމެނެނީ ސަރުކާރުގެ ހުށަހަޅާ މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ގާނޫނު ހަދާ މަޖިލީހުން މުސްލިމް މެންބަރުން (މުސްލިމުން މެންބަރަކު ނެތް ނަމަ ކުރީގެ މެންބަރެއް)، ދީނީ އިލްމުވެރިން، މުދާ ބަލަހައްޓާ މީހުންނެވެ. އެ އެންމެންނަކީ ވެސް މުސްލިމުން ކަމުގައި ވާންޖެހެ އެވެ.
އިންޑިއާގެ މުސްލިމުންގެ މުޒާހަރާގައި ތިން މީހަކު މަރު
އިންޑިއާގައި މުސްލިމު އެކްޓިވިސްޓެއްގެ ގެ ތަޅާލައިފި
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ތާޖް މަހަލްގެ ކޮޓަރިތައް ހުޅުވަން ހުއްދަ ނުދިން
މައްސަލަ ބޮޑު ގާނޫނު ދިފާއުކުރަން ބީޖޭޕީ ނުކުންނަނީ
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
އިންޑިއާގެ ސިޓީއެއްގެ މުސްލިމް ނަން ބީޖޭޕީން ބަދަލުކޮށްފި
މުސްލިމުންނާ ދެކޮޅު ވާހަކަތައް އިންޑިއާގައި އިތުރުވެއްޖެ
މިސްކިތެއް "ސާވޭކުރަން" އުޅުމުން އިންޑިއާގައި ދެ މަރު