ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 10 ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.
11 އޯގަސްޓް 2019
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 10 ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.
މިދިޔަ ފިތުރު އީދު ދުވަހު ވެސް ރާއްޖޭގެ އަށް ރަށެއްގައި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ބީއެމްއެލް އިން ޢީދު ސައި އިންތިޒާމު ކުރި އެވެ. އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖުތިމާއީ ގުޅުމުގެ ބަދަހިކަން މި ސައި ބޭއްވި ރަށްތަކުން އެ އީދުގައި ވެސް ފާހަގަވި އެވެ.
ބީއެމްއެލް އިން އިންތިޒާމު ކުރި ޢީދު ސައިގެ ތެރެއިން ބެހެއްޓިފައި ހުރި ބައެއް ކާބޯތަކެތި--ފޮޓޯ:ބީއެމްއެލް
މިއަދު ފާހަގަކުރާ އަޟްހާ އީދުގެ ސައި ބޭއްވީ ހއ. ވަށަފަރާއި ނ. މަނަދު އާއި ރ. މީދު އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި އދ. މަހިބަދޫ އާއި ދ. ކުޑަހުވަދޫގެ އިތުރުން ތ. ގުރައިދޫ އާއި ގދ. ގައްދޫ އާއި ސ. މަރަދޫގަ އެވެ. އީދު ސައި އިންތިޒާމް ކޮށްފައި ވަނީ ރަށުގެ ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެންނެވެ.
ބީއެމްއެލްގެ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވީ، ކުދިބޮޑު އެންމެން ބައިވެރިވެ އެއްކޮށް ސައިބޮއި، ވާހަކަ ދައްކާ މަންޒަރު އެ ރަށްތަކުން ފެނުނު ކަމީ މި ހަރަކާތް ރޭވުމުގެ މަގްސަދު ފުރިހަމަވި ކަމެއް ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދިޔަ މި އީދު ސަޔަކީ ވަރަށް އުފާވެރިކަމާއި އެކުވެރި ކަމާ އެކު ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އީދު ބަންދުގައި ބީއެމްއެލް ހުޅުވާނީ އެއް ދުވަހު
އީދު ފާހަގަކުރުމުގައި ހުއްދަ މުނިފޫހިފިލުވުމަކީ ކޮބާ؟
ދަރިންނަކީ ކިޔަމަންތެރި ބަޔަކަށް ހަދާ: އީދު ޚުތުބާ
އީދުގައި އިސްކުރަންވީ އިޖުތިމާއީ ރޫހާއި އެއްބައިވަންކަން
އީދު ފަށަން މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަނީ
ބޮޑު އީދަށް އުރީދޫގެ ބޮޑެތި އޮފާތަކެއް
ދީނާއި އިޖުތިމާއީ އިންތަކަށް އީދު ފާހަގަކުރަން އެދިއްޖެ
މާލޭގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ
އީދާ ދިމާކޮށް މޯލްޑިވިއަން އިން 111 ފްލައިޓް
ބޮޑު އީދަށް ދިރާގުގެ ބޮޑު އޮފާތަކެއް!