Roadha Mihaaru
ޓްރެކަށް އާސަންދައިން ޚަރަދު ކުރިކަމެއް ނޭނގޭ:މުއިއްޒު

ޓްރެކް ހަދަން އާސަންދަ އިން ޚަރަދު ކުރި ކަމެއް ނޭނގޭ: މުއިއްޒު

06 އޯގަސްޓް 2019

މާލޭގެ ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ޖޮގިން ޓްރެކަށް އާސަންދަ ކުންފުނިން އެއްވެސް ޚަރަދެއް ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ޖޮގިން ޓްރެކަށް އާސަންދަ ކުންފުނިން އެއްވެސް ޚަރަދެއް ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރަސްފަންނުގައި ޖޮގިން ޓްރެކް ހެދުމަށް އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި އެ ފައިިސާ އަނބުރާ ނުލިބޭ ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަ ޕްރައިސަސް ކޮމެޓީގައި މިއަދު ވަނީ ބުނެފަ އެވެ. އަދި އެކަމުގައި ގާނޫނާ ޚިލާފް ކަންކަން އެބަހުރި ކަމަށް ވެސް އެ އާސަން އިން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން މުއިއްޒު "މިހާރު" އަށް ވިދާޅުވީ، ޖޮގިން ޓްރެކް އެޅުމަށް އާސަންދަ އިން ޚަރަދެއް ކުރި ކަން އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ހައުސިން މިނިސްޓްރީއަށް އެނގިފައިވާ ނުވާ ކަމަށެވެ. އެކަމަކު، ތިން މިލިއަނަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެ ޓްރެކް ހެދުމަށް އޭރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ސަރުކާރުން އެންގިކަން އެނގިވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭރު އެކަމަށް ދިޔަ ސީދާ ޚަރަދު، ހައުސިން މިނިސްޓަރުކަމުގައި އޭނާ ހުންނެވި މުއްދަތުގައި އެ މިނިސްޓްރީއާ ހަމައަށް އައިސްފައި ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން ބުނެފައިވާ ގޮތުގައި ޓްރެކް އެޅުމަށް 9.5 މިލިއަން ރުފިޔާ ޚަރަދުކުރީ އެންސްޕާގެ އެންގުމަކަށެވެ. އެކަމަކު އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައި ނެތް ބިމަކަށް އެ ކުންފުނިން ޚަރަދު ކުރަންޖެހޭ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށް އާސަންދަ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން މަޖިލީހުގައި މިއަދު ބުނެފައިވެ އެވެ.