Roadha Mihaaru
ދުވާ ޓްރެކަށް އާސަންދަ އިން 9 މިލިއަން ހަރަދު ކުރި!

ރަސްފަންނުގައި ދުވާ ޓްރެކް ހަދަން ނުވަ މިލިއަން ރުފިޔާ، ހަރަދު ކުރީ އާސަންދައިން!

06 އޯގަސްޓް 2019

މާލޭގެ ރަސްފަންނު ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާންއާ ހަމައަށް ދުވަން ތައްޔާރުކުރި ސިންތެޓިކް ޓްރެކަށް އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށާއި އެތަނަށް ހަރަދު ކުރި ފައިސާ މިހާތަނަށް އައި އިރު، ލިބިފައި ނެތް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ރަސްފަންނު ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާންއާ ހަމައަށް ދުވަން ތައްޔާރުކުރި ސިންތެޓިކް ޓްރެކަށް އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށާއި އެތަނަށް ހަރަދު ކުރި ފައިސާ މިހާތަނަށް އައި އިރު، ލިބިފައި ނެތް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ޓްރެކްގެ މަސައްކަތް ފެށީ އޭޕްރީލް 2016 ގަ އެވެ. އަދި ހައުސިން މިނިސްޓްރީން ބޭނުންވި ފެންވަރަށް އެ ތަން ނިންމާފައި ނުވާތީވެ، އެކި ފަހަރު މަތިން ޓްރެކް މަރާމާތު ކުރަން ޖެހުނެވެ.

ކަސްރަތަށް ހިނގާ އަދި ދުވާ މީހުންނަށް ހާއްސަކޮށްގެން ހެދި ޓްރެކްގައި 700 މީޓަރު ހުރެ އެވެ. އެ މަސައްކަތް ނިންމުމަށް ސަރުކާރުން ހޭދަކުރީ ކިހާ ފައިސާއެއް ކަމެއް އޭރަކު ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އެ ކުންފުނިން ސީއެސްއާރުގެ ދަށުން ގާނޫނާ ހިލާފަށް ބައެއް ކަންކަން ކުރި ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށެވެ.

ރަސްފަންނު ކައިރީގައި ހެދި ދުވާ ޓްރެކް. އެތަން ހެދީ ސިންގަޕޫރު ކުންފުންޏަކުން. --- ފޮޓޯ: މިހާރު

ރަސްފަންނު ކައިރީގައި ހެދި ދުވާ ޓްރެކް. އެތަން ހެދީ ސިންގަޕޫރު ކުންފުންޏަކުން. --- ފޮޓޯ: މިހާރު

އާސަންދަ ކުންފުންޏަކީ ވިޔަފާރި އުސޫލުން ހިންގާ ތަނަކަށް ނުވާ އިރު، ކުންފުނިން ކޮށްގެން ނުވާނެ ހަރަދުތަކެއް ވެސް ކުރި ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އެ މައްސަލަތައް ތަހުގީގުކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން ޓްރެކަށް 9.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސިޓީއަކުން އަންގާފައިވާތީ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އެ ތަނަށް ހަރަދު ކުރަނީ ރަސްފަންނާ ކައިރި ތަނަކުން ބިމެއް އޮވެގެންތޯ މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ އެފަދަ ތަނެއް އާސަންދަ އަށް ލިބިފައި ނުވާ ކަމަށެވެ.

ރަސްފަންނާއި އެތަނާ ގުޅުން އެއްވެސް ބިމަކީ އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ތަަނަކަށް ނުވާތީވެ، ފައިސާ ޓްރެކަށް ހަރަދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އާސަންދަ އަކީ ހެލްތު އިންޝުއަރެންސް ސްކީމަކަށް ވެފައި، އެއީ ރައްޔިތުންނަށް ހިދުމަތް ދޭން އޮންނަ ތަނަކަށް ވާތީވެ، ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ދޭ ފައިސާ އެހެން ކަންކަމަށް ބޭނުން ކުރައްވާތީ މެމްބަރުންގެ ފާޑުކިޔުން އާސަންދަ ކުރިން ހިންގެވި ބޭފުޅުންނަށް ވަނީ އަމާޒުވެފަ އެވެ. އަދި 9.5 މިލިއަން ރުފިޔާ އަކީ މިފަދަ ޓްރެކެއް ހަދަން ކުރި ބޮޑު ހޭދައެއް ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރައްވަ އެވެ.

މީގެ އިތުރުން، ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްކޮށް ހުންނަވައިގެން ސަދަގާތު ފައުންޑޭޝަނުން ހިންގި ހިތާނީ ކޭމްޕަށް ވެސް އާސަންދަ އިން ހަރަދު ކުރި ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އެގޮތުން ހިތާނީ ކޭމްޕް ހިންގުމަށް 2016 ގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި އިރު، 2017 ވަނަ އަހަރު 75،000ރ. ހަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި ހިތާން ކުރުމަށް އާސަންދައިގެ ތެރެއިން ކޮންމެ ކުއްޖަކަށް ނަގަނީ 1،000ރ. އެވެ. އެކަމަކު، އެ ހަރަދުގެ އިތުރުން ފެސްޓިވަލަށް އާސަންދަ އިން ހަރަދު ކުރި ކަމަށާއި މިއީ ވެސް އެ ކުންފުންޏަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.