15 ސެޕްޓެމްބަރ 2016
ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެންނަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެންނަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ ޑިމޮކްރަސީގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ޑިމޮކްރަސީގެ މަގްސަދަކީ އާންމުންގެ ލާބައަށް މަސައްކަތް ކުރާ އަދި އިންސާފަށް ލޯބިކުރާ މުޖްތަމައެއް ބިނާ ކުރުމާއި މުޖްތަމައުގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތު ކުރިއަރުވާ ދައުލަތެއް އުފެއްދުން ކަމަށެވެ.
އިންސާނީ ހައްގުތަކަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސް ކަން ފާހަގަކޮށް، އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެންނަން ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޑިމޮކްރަސީގެ އަސާސްތަކުގެ ތެރޭގައި މިނިވަން ޝަރުއީ ނިޒާމެއް އޮތުމާއި އިންތިޚާބު ކުރާ ގާނޫނީ ވެރިކަމެއް އޮތުމާއި އެ ވެރިކަމަށް އިހްތިރާމް ކުރުމާއި ރައްޔިތުންނަށް ޖަވާބުދާރީވުން ފަދަ ކަންކަން ހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ. އަދި ޑިމޮކްރަސީއެއްގައި މީޑިއާގެ ދައުރު ވެސް މުހިންމު ކަމަށް ބުނެފައިވެ އެވެ.
އެޗުއާރުސީއެމުން ބުނީ ބައިނަލްއަގުވާމީ ޑިމޮކްރަސީގެ ދުވަހެއް ފާހަގަކުރުމުގެ މަގްސަދަކީ އެކަންކަން ހާސިލްކުރަން ދައުލަތްތަކަށް ބާރު އެޅުން ކަމަށެވެ.
ރާއްޖޭގައި ވަރަށް ގިނަ ހައްގުތަކެއް އުނިވެގެން ދާ ކަމަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލާ އިރު އެއިން ކަމަކާ މާ ބޮޑު ބަހެއް އެޗުއާރުސީއެމުން ނުބުނާތީ އެ މުއައްސަސާ އަށް އަމާޒުވެފައިވާ ފާޑުކިއުންތައް ގިނަ އެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
އެޗްއާރްސީއެމްގެ ޓީމެއް ރިހިވެއްޔަށް!
ހުޅުމާލެ ފެސިލިޓީ އެބަ ރަނގަޅުކުރޭ: އެޗްއާރުސީއެމް
ސްކޫލަށް ވެއްދުމުގެ އުސޫލަށް އެޗްއާރުސީއެމުން އިސްލާހު
"މުޒާހަރާގެ ހައްގުގެ ބޭނުންކުރާ ގޮތް ބަދަލުވާންޖެހޭ"
ގާނޫނީ ޒިންމާ އަދާކުރެވޭނެ ބަޖެޓެއް ނެތް:އެޗުއާރުސީއެމް