Roadha Mihaaru
ޖޭއެސްސީ އަށް ވަކީލް މާނިއު އިންތިޚާބުކޮށްފި

ޖޭއެސްސީ އަށް ވަކީލް މާނިއު އިންތިޚާބުކޮށްފި

27 ޖުލައި 2019

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އަބްދުލްމާނިއު ހުސެއިން މިއަދު އިންތިޚާބުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އަބްދުލްމާނިއު ހުސެއިން މިއަދު އިންތިޚާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި އިންތިޚާބުގައި މާނިއު އަށް 199 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލް އަލީ ރަޝީދަށް 124 ވޯޓު ލިބިވަޑައިގަތެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް 37 ވޯޓު ލިބިވަޑައިގަތެވެ. ހަނީފާ ޚާލިދަށް ލިބިވަޑައިގަތީ 27 ވޯޓެވެ. އަހުމަދު ރަޝީދަށް ނުވަ ވޯޓެވެ.

މާލެ އާއި އައްޑޫގައި ބޭއްވި އިންތިޚާބުގައި ވޯޓު ދެއްވީ އެންމެ 404 ވަކީލެކެވެ. ވަކީލުންގެ ދަފްތަރުގައި 1،600 އަށް ވުރެ ގިނަ ވަކީލުން ހިމެނެ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.