ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
12 ޖޫން 2025
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނިގޮތުގައި އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެ މަގާމަށް ކުރިމަތިލެވޭނެ އެވެ. އެ އެޕްލިކޭޝަން ފޯމާ އެކު ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.
ޖޭއެސްސީގެ މެމްބަރަކު ކަމުގައި ހުރެވޭނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެއްސަކަށްވުމާ އެކު އުމުރުން 30 އަހަރުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްުޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.
ޖޭއެސްސީ އަށް ހޮވާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ޖޭއެސްސީގައި ތިބޭނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.
ޖޭއެސްސީ ބަދަލުކުރަން މި ފަހަރު ވެސް ފާހެއް ނުވި!
ނަޝީދު ބޭނުންވަނީ ޖޭއެސްސީގައި މެމްބަރަކު އިނުން
ޖޭއެސްސީއަށް އާންމުންގެ ފަރާތުން އުއްމު ކުލްސުމް
ޖޭއެސްސީގެ ނިންމުމަށް މަޖިލިހުން ގޮތެއްނުނިންމޭނެ: އަލީ
ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް ބޮޑުކުރަން ލަފާހޯދަނީ
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
ފަނޑިޔާރު ސަލީމާއި ހަމީދު އައްޔަންކުރަން ރުހުންދީފި
ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުވައިފި