ފެންނަމުން ދަނީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް ނުހައްގު މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަން ފޮރުވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފެންނަމުން ދަނީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް ނުހައްގު މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަން ފޮރުވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ނުހައްގު މުއްސަނދިކަން އެކި ފަށަލަތަކަށް ބަހައި، އާއިލާގެ މެމްބަރުންނަށް ވެސް އެ މުއްސަނދިކަން ފަތުރަމުންދާ ކަމަށެވެ.
މީރާގެ ގާނޫނަށް މިހާރު ގެންނަ އިސްލާހާ އެކު، މީރާގެ މެމްބަރުންގެ މާލީ ހިސާބުތައް ހުށަހަޅަންޖެހޭ ގޮތަށް ފަހިވެފައި އޮތް ކަމީ ރަނގަޅެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، މުސްތަގިއްލު މަގާމުތަކުގައިި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް ހުށަހެޅުމަކީ މިހާރު ކުރަން ވެއްޖެ ކަމެކެވެ.
ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް އަންނަ ބައެއް މައްސަލަތަކުން ވެސް ފާހަގަވަނީ ނުހައްގު މުއްސަނދިކަން ހޯދައި، އެޕާޓުމަންޓުތައް ގަނެ އެކި މީސްމީހުންގެ ނަންމަތީގައި ރަޖިސްޓަރީކޮށް، ފޮރުވާފައިވާ ތަން ކަމަށެވެ.
އެކަމަކު، މީރާގެ ގާނޫނަށް ގެންނަ އިސްލާހަކީ އެ ފަދަ ކަންކަން ހަމަޔަކަށް އެޅުވުމަށްޓަކައި ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިބޭ މަދު ބޭފުޅުންކޮޅެއް އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ވެސް ހިމެނޭ ގޮތަށް މި ކަހަލަ ކަންތައްތަކުގައި މާފުކޮށްދިނުމާއި ލަސްކޮށްދިނުން ފަދަ ކަންކަން ކޮށްދީފައިވޭ.--- ނާޒިމް
ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލްގެ މަގްސަދުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާ އަށް ލިބޭ ބާރުތައް މުރާޖައާކޮށް، ޓެކްސްާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުމެވެ. އޭގެ ތަފުސީލްތައް ބިލްގައި ވެ އެވެ.
ނާޒިމް ވިދާޅުވީ، މިދިޔަ ވެރިކަމުގެ ދުވަސްވަރު ފެނުނީ ދައުލަތަށް ދައްކަންޖެހޭ ނުވަ ބިލިއަނެއްހާ ރުފިޔާ ދެއްކުން ފަސްކޮށްދީ އަދި ޓެކްސް މާފުކޮށްދިނުމާއި ލުއިކޮށްދިން މަންޒަރު ކަމަށެވެ. އެއީ އިގުތިސާދު ރަނގަޅު ކުރަން އެޅި ފިޔަވަޅުތަކެއް ކަމަށް ވިޔަސް އެކަން ކޮށްފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިބޭ މަދު ބޭފުޅުންކޮޅެއް އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ވެސް ހިމެނޭ ގޮތަށް މި ކަހަލަ ކަންތައްތަކުގައި މާފުކޮށްދިނުމާއި ލަސްކޮށްދިނުން ފަދަ ކަންކަން ކޮށްދީފައިވޭ. މިހާރު ވެސް ދައުލަތަށް ލިބެން އޮތް ވަރަށް ގިނަ އަދަދެެއްގެ ފައިސާ ވަނީ ލަސްކޮށްދީފައި، ފަސްކޮށްދީފައި، ލުއިގޮތަކަށް ދެއްކޭނެ ގޮތް ހަމަޖައްސައިދީފައި،" ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް މީރާގެ ގާނޫނަށް ގެންނަ އިސްލާހާ އެކު، އެފަދަ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
މީޑިއާ ބިލު އަންނަ މަހުގެ 15ގެ ކުރިން ނިންމަނީ
ސީއެސްސީއަށް ނާސިހާއި ދީބާ އަދި ފާއިޒް އައްޔަންކުރަނީ
ފާރިސް އަނިޔާ ނުކުރާކަމަށް ކުރީގެ އަނބިމީހާ ބުނެފި
އަނިޔާގެތުހުމަތާއެކު ފާރިސް އެޗްއާރުސީއެމަށް ފާހެއް ނުވި
ޕޮލްކޯއާ ގުޅޭ ވިސުލްބްލޯވަރުންގެ ވާހަކަތައް ކޮމިޓީއަށް
އައިލެންޑް އެކްސްޕާޓުގެ ފްލެޓް އިމާރާތް ދައުލަތަށް!
ޕޮލްކޯގެ މައްސަލައިގެ ހިލުންގަނޑާއެކު، ވަކި ސެކްޝަނެއް
ޖޭއެސްސީއަށް އާއްމުންގެ ތެރެއިން އިދުރީސް އައްޔަންކުރަނީ