26 ސެޕްޓެމްބަރ 2018
މިނިވަން މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް ކުރިން ހަމަޖެއްސި އުސޫލު އުވާލައި، އެ މުއައްސަސާތަކުން އަމިއްލައަށް ކޯޓުތަކުގައި ތަމްސީލު ކުރާ ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
މިނިވަން މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް ކުރިން ހަމަޖެއްސި އުސޫލު އުވާލައި، އެ މުއައްސަސާތަކުން އަމިއްލައަށް ކޯޓުތަކުގައި ތަމްސީލު ކުރާ ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން 2015 ގައި ނެރުނު އާންމު ސިޓީއެއްގައި ހަމަޖައްސާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުލަތް ތަމްސީލު ކުރަންޖެހޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ކޯޓުތަކުގައި ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށެވެ. އެހެންވެ، އޭގެފަހުން މިނިވަން މުއައްސަސާތައް ވެސް ކޯޓުތަކުގައި ތަމްސީލު ކުރަމުން އައީ ބަންޑާރަ ނައިބުގެ ފަރާތުންނެވެ.
ކުރީގެ އާންމު ސިޓީ އުވާލުމަށް ފަހު، ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އާންމު ސިޓީގައި ވަނީ އަމިއްލަ ނަމުގައި ދައުވާ ކުރުމުގެ ބާރު ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ލިބިފައިވާ މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލު ކުރަން ވާނީ އެ މުއައްސަސާއަކުން އަމިއްލަ އަށް ކަމަށެވެ. އެކަމަކު އެފަދަ މައްސަލައެއްގައި ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް އޮތް ކަމަށް ބަންޑާރަ ނައިބަށް ފެނިއްޖެ ނަމަ، ކޯޓުގެ ހުއްދައާ އެކު އެ މައްސަލައެއްގެ ތެރެއަށް ބަންޑާރަ ނައިބަށް ވަދެވިދާނެ ކަމަށް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން އެފަދަ މައްސަލައެއްގައި ދައުލަތުގެ މަސްލަހަތެއް އޮތް ކަމަށް ކޯޓަށް ފެނިއްޖެ ނަމަ، ބަންޑާރަ ނައިބުގެ ފަރާތުން ދައުލަތް ތަމްސީލު ކުރުމުގެ ފުރުސަތު ކޯޓަށް އޮންނާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި، ނެރުއްވާފައިވާ އެ ސިޓީގައިވެ އެވެ.
އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން އޮންނަނީ މިނިވަން ކޮމިޝަންތަކާއި ލޯކަލް ކައުންސިލްތަކަށެވެ. ސުޕްރީމް ކޯޓުގެ މި ސިޓީއާ އެކު، އެ މުއައްސަސާތަކަށް އަމިއްލައަށް ކޯޓުތަކަށް މައްސަލަ ހުށަހަޅައި، އަމިއްލައަށް ކޯޓުތަކުގައި ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ކޮމިޝަންތަކުގެ މެމްބަަރުންނާ ގުޅޭ ގިނަ އިސްލާހުތަކެއް
މިނިވަންވެ، އިންސާފު ވެސް ކަށަވަރުވީތަ؟
މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
ނުފޫޒެއް ނެތް، އިސްލާހު ކުރަން ޖެހުނު ކަމެއް ކުރާނަން
އޭސީސީ އާއި އީސީގެ މިނިވަންކަމާމެދު ކަންބޮޑުވެއްޖެ
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
އެޗްއާރްސީއެމްއަށް ހަބީބް އައްޔަން ކުރަން ފާސްކޮށްފި