29 އޮކްޓޯބަރ 2024
ދައުލަތުގެ އެއްވެސް ބާރެއްގެ ނުވަތަ މިނިވަން މުއައްސަސާއެއްގެ ނުވަތަ އިންތިހާބުކުރާ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
ދައުލަތުގެ އެއްވެސް ބާރެއްގެ ނުވަތަ މިނިވަން މުއައްސަސާއެއްގެ ނުވަތަ އިންތިހާބުކުރާ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، އެ ތަންތަނަށް ބާރު ފޯރުއްވުމަކީ މިއަދާ ހަމައަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި ކުރިމަގުގައި ވެސް އެކަން ނުކުރައްވާނެ ކަމަށެވެ.
"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއް ނެތި، ހަލުވި ދުވެލީގައި މަސައްކަތް ކުރަމުން ދޭތޯ ކަށަވަރު ކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާ ނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ދައުލަތުގެ ބާރުތަކަށާއި މިނިވަން މުއައްސަސާތަކަށް އަދި އިންތިހާބުކުރާ މަގާމުތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު މި ދެއްވީ އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ ބާރު ކަނޑުވާލަން ރައީސް އުޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތަކެއް ދައްކަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ވާހަކަތައް ބޮޑަށް ދެއްކެވެން ފެށީ އޭސީސީ އާއި އީސީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްމަލާހުގައި ބުނަނީ އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސަކަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން މަޖިލިހަށް ފޮނުއްވާނީ ރައީސް ކަމަށެވެ.
އެއީ ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅުން ބުންޏަސް ސަރުކާރުގެ ފަޅީގެ މެމްބަރުން ވިދާޅުވީ، އެއީ އެ ދެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު މުތުލަގަށް ރައީސަށް ލިބިދޭ އިސްލާހެއް ނޫން ކަމަށެވެ.
"އެ ކޮމިޝަންގެ މެންބަރު އައްޔަން ކުރުމުގައި މިހާރު ވެސް އަމަލުކުރާ ގޮތަކީ، ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުން. ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގައި ވެސް ގެނެވޭ ބަދަލަކީ އެ އުސޫލުން އެކަން ކުރެވޭ ގޮތަށް ގެނެވޭ އިސްލާހެއް،" މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެފައި ވެ އެވެ.
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
އޭސީސީ/އީސީ ވެރިން ކަނޑައަޅާ 2 ބިލު ތަސްދީގުކޮށްފި
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާގޮތަށް ފާސްްކޮށްފި
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
ގާނޫނަށް އިސްލާހު ގެންނަން އެދުނީ މުއައްސަސާތަކުން
އޭސީސީ އާއި އީސީގެ މިނިވަންކަމާމެދު ކަންބޮޑުވެއްޖެ
ކޮމިޝަންތަކުގެ މެމްބަަރުންނާ ގުޅޭ ގިނަ އިސްލާހުތަކެއް
މިނިވަންވެ، އިންސާފު ވެސް ކަށަވަރުވީތަ؟