16 އެޕްރީލް 2019
ގާނޫނުއަސާސީގައި ހިމެނޭ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އާއިލާތަކުން މާލީ ހިސާބު ހުށަހަޅަން ޖެހޭ ގޮތަށް ބައެއް މުއައްސަސާތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީގައި ހިމެނޭ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އާއިލާތަކުން މާލީ ހިސާބު ހުށަހަޅަން ޖެހޭ ގޮތަށް ބައެއް މުއައްސަސާތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.
އެކި ނުފޫޒުތަކުން މިނިވަން މުއައްސަސާތައް ދުރުކުރުމުގެ ނިޔަތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި އަދި އެމްޑީޕީގެ ތަފާތު މެމްބަރުން އިސްލާހުތައް ހުށައެޅުއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި، އޮޑިޓަ ޖެނެރަލްގެ ގާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި، ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށެވެ.
އެގޮތުން މި ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކުގައި، ކޮމިޝަންތަކުގެ މެމްބަރުން މާލީ ހިސާބު ހުށަހަޅަން އޮންނަ ގޮތް މިހާރު ވަނީ ވަރަށް ބޮޑަށް ތަފްސީލްކޮށްދީފަ އެވެ. ކޮމިޝަންތަކުގެ މެމްބަރުން މާލީ ހިސާބު ހުށަހެޅުމަކީ މިހާރުގެ ގާނޫނުތަކުން ވެސް ލާޒިމް ކަމެކެވެ.
އީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ/މިހާރު
އިސްލާހުތަކުގައި ވާ ގޮތުން ކޮމިޝަނެއްގެ މެމްބަރަކު ކައިވެނިކޮށްގެން އުޅޭ ނަމަ އޭނާގެ ބެލުމުގެ ދަށުގައިވާ ދަރިންނާއި ބަލަހައްޓަމުން ގެންދާ އެހެން މީހުންގެ މާލީ ހިސާބުތައް އޮޑިޓަ ޖެނެރަލަށް ފޮނުވަން ޖެހޭނެ އެވެ. މާލީ ހިސާބުތައް ތައްޔާރު ކުރާނީ އޮޑިޓަ ޖެނެރަލް ކަނޑައަޅައި އަދި އިއުލާންކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ކަމަށް އިސްލާހުގައިވެ އެވެ.
އިސްލާހުގައި ވަނީ ކޮމިޝަނެއްގެ މެމްބަރު ކަމަށް އައްޔަން ކުރާ މީހާ، އޭނާ މަގާމާ ހަވާލުވި އިރު އަތުގައި ހުރި އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ވާނެ ކަމަށެވެ.
މާލީ ހިސާބަކީ އަހަރަކު އެއް ފަހަރު ހުށައަޅަން ޖެހޭ އެއްޗެކެވެ.
އޮޑިޓަ ޖެނެރަލް ފިޔަވައި، ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ކޮމިޝަންތަކުގެ މެމްބަރުން މަގާމުން ވަކިވުމަށް ފަހު ނުވަތަ އިސްތިއުފާ ދެއްވުމަށް ފަހު، ހިނގާ ތިން މަސް ދުވަހުގެ ތެރޭގައި އޭނާ މަގާމުން ވަކިވިއިރު، އަތުގައި ހުރި އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު އޮޑިޓަ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އާ އިސްލާހުތަކުގައި އެވެ.
އޮޑިޓަ ޖެނެރަލް ނަމަ، މާލީ ހިސާބުތައް ހުށަހަޅަން ޖެހޭނީ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށެވެ.
އޮޑިޓާ ޖެނަރަލް ޒިޔަތު ވާހަކަ ދައްކަވަނީ. އޮޑިޓަ ޖެނެރަލް މާލީ ހިސާބުތައް ހުށަހަޅަން ޖެހޭނީ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެޓާނީ ޖެނެރަލް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި މިނިވަން ފަސް މުއައްސަސާއެއްގެ ގާނޫނަށް އިސްލާހު ހުށަހެޅީ ނުފޫޒެއް ނެތި މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ގޮތް ހަދާށެވެ.
މިނިވަން ކޮމިޝަންތަކުގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ވެސް ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުވާން ޖެހޭ ގޮތް ހެދުމާއި އެހެން ވަޒީފާއެއް ނުވަތަ އިތުރު އާމްދަނީއެއް ލިބޭ ކަމެއް ކުރުން މަނާކުރުމުގެ އިތުރުން ސުލޫކީ މިންގަނޑާ ޚިލާފްވުމުން އެޅޭނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ.
ބިލްތަކުގައިވާ ގޮތުން ކޮމިޝަންގެ މެމްބަރަކު އާމްދަނީ ލިބޭ އިތުރު މަސައްކަތެއް ކުރައްވައިގެން ނުވާނެ އެވެ. އެގޮތުން އަމިއްލަ ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް މެމްބަރަކު ކުރައްވައިގެން ނުވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އެއް އިސްލާހުގައި ބުނަނީ ކޮމިޝަންގެ މެމްބަރުންގެ ހައިސިއްޔަތުން މެނުވީ ދައުލަތުގެ އެހެން އެއްވެސް ކޮމިޝަނެއްގައި، ކައުންސިލެއްގައި، މަޖިލިހެއްގައި، އަދި އެ ނޫން ވެސް ތަނެއްގައި ޖަމާއަތެއްގެ އުޖޫރައަކަށް ނުވަތަ އުޖޫރައަކާ ނުލައި ވިޔަސް ބައިވެރިވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ކޮމިޝަންގެ މެމްބަރަކު އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދިނުން މަނަ އެވެ. އަދި މަސްއޫލިއްޔަތާ ފުށުއަރާނެ ފަދަ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެމްބަރަކަށް ވެސް ނުވެވޭނެ އެވެ.
މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް
ކޮމިޝަންތައް "މިނިވަންކުރަން" އިސްލާހުތަކެއް!
މުއައްސަސާތައް މިނިވަންކުރުމަށް މަޖިލީހަށް 5 ބިލެއް
އެޗްއާރްސީއެމްއަށް ހަބީބް އައްޔަން ކުރަން ފާސްކޮށްފި
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
މެމްބަރުންގެ އާއިލީ މާލީ ބަޔާން ހާމަނުކުރަން ފާސްްކޮށްފި
ސީއެސްސީގެ ނައިބު ރައީސް ޝަހީދު ވަކިކުރަނީ
އޭސީސީއަށް ފަސް މެމްބަރުން އައްޔަން ކުރަން ފާސްކޮށްފި
މަތީ މާކްސް ހޯދި ޝަކީލަކީ އެފްއައިޔޫގެ ކުރީގެ ވެރިއެއް
އިންތިހާބަށް ދެ ދުވަސް، ގާނޫނާ ހިލާފު އަމަލްތައް ގިނަ