11 ނޮވެމްބަރ 2024
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ހިމެނޭހެން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންތަކެއް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފަށައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ހިމެނޭހެން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންތަކެއް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފަށައިފި އެވެ.
އެ ކޮމިޝަންތަކުގެ ބައެއް މެމްބަރުން މަގާމުން ވަކިކުރުމުގެ ކަންކަން މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހެޅުން މާދަމާގެ ޖަލްސާގެ އެޖެންޑާގައި ރިޔާސަތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
އެޖެންޑާގައިވާ ގޮތުން މަގާމުން ވަކިކުރަން ހުށަހަޅަނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ އިތުރު މެމްބަރަކާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަންގެ އިތުރު ދެ މެންބަރެކެވެ.
އެނގިފައިވާ ގޮތުގައި އޭސީސީގެ ނައިބު ރައީސް ސަލާމްގެ އިތުރުން ވަކިކުރަން ހުށަހަޅަނީ އެ ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދެވެ. އީސީން ވަކިކުރަން ހުށަހަޅަނީ ނަޝާތުގެ އިތުރުން މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރެވެ.
މި މަސައްކަތް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފުތާގައި ބޭއްވި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގަ އެވެ. ހައްސާސް މައްސަލައެއްގެ ގޮތަށް ކަނޑައަޅައި، އެ މަސައްކަތް ކުރިއަށް އެ ކޮމިޓީގައި ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.
މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުގެ މެމްބަރުންގެ އިސްނެގުމަކަށް ވަކިކުރަން ހުށަހަޅާފައި ވަނީ އެމްޑީޕީގެ ސަރުކާރުގައި، އެ ޕާޓީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ދުވަސްވަރު އައްޔަން ކޮށްފައިވާ މެންބަރުންނެވެ.
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
ކޮމިޝަންތަކުގެ މެމްބަަރުންނާ ގުޅޭ ގިނަ އިސްލާހުތަކެއް
މުޅި ނިޒާމް ބޮއްސުންލާފައި، ރަނގަޅުކުރާނީ ކިހިނެއް؟
މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
އޭސީސީ އަށް އައްޔަން ކުރަން ފޮނުވި ނަންތައް ފާސްކޮށްފި
އޭސީސީއަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް ކޮމިޓީއަށް