މޫސުމާ ގުޅޭ މައުލޫމާތު ލިބޭނެ މޯބައިލް އެޕްލިކޭޝަނެއް މެޓް އޮފީހުން މިއަދު ލޯންޗުކޮށްފި އެވެ.
25 ޖުލައި 2019
މޫސުމާ ގުޅޭ މައުލޫމާތު ލިބޭނެ މޯބައިލް އެޕްލިކޭޝަނެއް މެޓް އޮފީހުން މިއަދު ލޯންޗުކޮށްފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، "މޫސުން" އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
އެ އެޕްލިކޭޝަން ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން މިރޭ 12:00 ގެ ފަހުން ޑައުންލޯންޑުކުރެވޭނެ އެވެ.
އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ އެޕްލިކޭޝަން ތައްޔާރުކުރީ މެޓުގެ ހިދުމަތްތައް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމުންނާ ހަމައަށް މޫސުމާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިއީ އެ އިދާރާއިން ދެމުން އަންނަ އެލާޓްތައް، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ސިސްޓަމަށް ބަދަލުވުމަށްޓަކައި އެ އޮފީހަށް ހާއްސަކޮށްގެން ކެޕް އެލާޓިން ސިސްޓަމެއް ގާއިމްކުރަން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.
އެޕްލިކޭޝަނުގައި ދުވަހެއްގެ މޫސުން ލަފާކުރާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކަށް މޫސުން ލަފާކުރާ ގޮތާއި އެންމެ ފަހުގެ ރާޑަރު އަދި ސެޓްލައިޓް ފޮޓޯތަކާއި ބިންހެލުމުގެ މައުލޫމާތު ހިމެނެ އެވެ.
މޫސުން ބަލާ އޮބްޒަވޭޓަރީއެއް މާފަރުގައި ހަދަނީ
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
އެންމެ ގިނައިން ވާރޭވެހެނީ ދެކުނުގެ ރަށްތަކަށް: ރިޕޯޓް
"މޫސުން" އެޕް މިހާރު ޑައުންލޯޑްކުރެވޭނެ
29 ރަށެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ގާއިމްކުރަނީ
ކޭތަ ހިފާ ވަގުތު މާލެއަށް އުޑުމަތި ސާފު
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބުރާސްފަތި ދުވަހާ ހަމައަށް އެކި ހިސާބަށް މޫސުން ގޯސް!
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!