އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
31 އޯގަސްޓް 2025
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިކުރާނީ ރާއްޖޭގެ އެކި ހިސާބަަށް އެކި ދުވަސްތަކުގައި ކަމަށެވެ.
އެގޮތުން އަންނަ އަންގާރަ ދުވަހާ ހަމައަށް އުތުރާއި މެދުރާއްޖެތެރެ އަށް މޫސުން ގޯސްވާނެ ކަމަށާއި އެ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ރަށްރަކަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކެރީގެ އަސަރު ކުރާނެ އެވެ. ނަމަވެސް އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކަނޑުތައް މަޑުވާން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މެޓުން ލަފާކުރާ ގޮތުގައި އުތުރުގެ އަތޮޅުތަަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުން އެކަށީގެންވެ އެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ އެވެ.
މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ކޭތަ ހިފާ ވަގުތު މާލެއަށް އުޑުމަތި ސާފު
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ޔެލޯ އެލާޓް؛ 50 މޭލަށް ވައިގަދަވާނެ!
ކަނޑުތައް ވަރަށް ގަދަ، ވައިޓް އެލާޓް ނެރެފި!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް
ވައި މަޑުވާނެ ކަމަށް ލަފާކުރެވެނީ ހުކުރުގެ ފަހުން
ކަނޑުތައް ވަރަށް ގަދަ؛ ދަތުރުނުކުރަން އެދިއްޖެ