Roadha Mihaaru
"މޫސުން" އެޕް މިހާރު ޑައުންލޯޑްކުރެވޭނެ

"މޫސުން" އެޕް މިހާރު ޑައުންލޯޑްކުރެވޭނެ

27 ޖުލައި 2019

ރާއްޖޭގެ މޫސުމާ ގުޅޭ މައުލޫމާތު ލިބޭ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ މޫސުމާ ގުޅޭ މައުލޫމާތު ލިބޭ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.

ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭ ގޮތަށް "މޫސުން" އެޕްލިކޭޝަން މިދިޔަ ބުރާސްފަތި ދުވަހު ލޯންޗްކުރި ނަމަވެސް ޑައުންލޯޑަށް ދޫކޮށްލީ މިއަދު އެވެ.

މޫސުމާބެހޭ އިދާރާ އިން ދެމުން އަންނަ މައުލޫމާތު ދިވެހި ބަހާއި އިނގިރޭސި ބަހުން މި އެޕުން ލިބޭނެ އެވެ.

އެޕްލިކޭޝަން ޑިވެލޮޕްކުރި ނިހާޒް އަލީ "މިހާރު" އަށް ބުނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބަހައްޓާފައި ހުރި ވެދަ ސްޓޭޝަންތައް މެދުވެރިކޮށް އެ ވަގުތެއްގެ މޫސުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އޮންނަ ގޮތް ބަލައިލެވޭނެ ކަމަށެވެ.

"އެ ސްޓޭޝަންތަކުން ކޮންމެ ގަޑިއިރަކު އެއް ފަހަރު ނަގާ ރީޑިން، އެޕަށް ފީޑްކުރުމުން އެ މައުލޫމާތުތައް ހޯމް ސްކްރީނުން ފެންނާނެ. މިއީ މެޓް އޮފީހާ ގުޅިގެން ފޯރުކޮށްދޭ މައުލޫމާތުތަކެއް،" ނިހާޒް ބުންޏެވެ.

Moosun - Apps on Google Play

Moosun - Apps on Google Play

Receive real-time weather data from MMS

"މޫސުން" އެންޑްރޮއިޑް އެޕްލިކޭޝަން

އެ ވަގުތެއްގެ މޫސުން ހުރި ގޮތުގެ އިތުރުން ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރެވޭ ގޮތް ވެސް މީގައި ފެންނާނެ އެވެ. ދިޔަވަރާއި އިރާއި ހަނދުގެ މައުލޫމާތު ވެސް ވަނީ ހިމަނަފައިފަ އެވެ. އަދި ހާއްސަކޮށް، މެޓް އޮފީހުން އާންމުކުރާ ސެޓަލައިޓް ފޮޓޯ ވެސް ފެންނާނެ ކަމަށް ނިހާޒް ބުންޏެވެ.

"އެޕްލިކޭޝަން ފުރިހަމަ ކުރަމުން މި ދަނީ. ބައެއް ކުދިކުދި ބަދަލުތަކެއް އެބަހުރި ގެންނަން. ކްރިޓިކަލް އެއްޗެއް އެކަމަކު ނީންނާނެ. ކުދިކުދި ކަންކަން ކުރަން ހުންނާނެ،" ނިހާޒް ބުންޏެވެ.

‎Moosun

‎Moosun

‎Maldives Meteorological Service Official App

App Store

"މޫސުން" އައިއޯއެސް އެޕްލިކޭޝަން

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ އެޕްލިކޭޝަން ތައްޔާރުކުރީ މެޓުގެ ހިދުމަތްތައް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމުންނާ ހަމައަށް މޫސުމާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިއީ އެ އިދާރާއިން ދެމުން އަންނަ އެލާޓްތައް، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ސިސްޓަމަށް ބަދަލުވުމަށްޓަކައި އެ އޮފީހަށް ހާއްސަކޮށްގެން ކެޕް އެލާޓިން ސިސްޓަމެއް ގާއިމްކުރަން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.