Roadha Mihaaru
ރަޝިއާ އަށް ދާން ދިވެހިންނަށް ވިސާ ބޭނުމެއް ނުވާނެ

ވިސާ ނެތި ދިވެހިންނަށް މިއަދުން ފެށިގެން ރަޝިއާ އަށް ދެވޭނެ

25 ޖުލައި 2019

ދިވެހިންނަށް ވިސާއާ ނުލައި ރަޝިއާ އަށް ދެވޭ އުސޫލަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިވެހިންނަށް ވިސާއާ ނުލައި ރަޝިއާ އަށް ދެވޭ އުސޫލަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި ރަޝިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ މީހުންނަށް ވެސް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. ދިވެހިންނަށް ރަޝިއާ އިން 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހު އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރަޝިއާ އިން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް އެވެ.

ވިސާ ނެތި ރަޝިޔާ އަށް ދެވޭ ގޮތަށް އެއްބަސްވުމުގައި ސޮއި ކުރަނީ. --- ފޮޓޯ: ފޮރިން މިނިސްޓްރީ

ވިސާ ނެތި ރަޝިޔާ އަށް ދެވޭ ގޮތަށް އެއްބަސްވުމުގައި ސޮއި ކުރަނީ. --- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިންނަށް ވިސާއާ ނުލައި ރަޝިއާ އަށް ދެވޭ އުސޫލަށް އަމަލު ކުރަން ފެށި އިރު، އެ ފަސޭހަކަން އެންމެ ފަހުން ހޯދައި ދިނީ ތައިލެންޑަށެވެ. އެގޮތުން، 30 ދުވަހުގެ އޮންއެރައިވަލް ޓޫރިސްޓް ވިސާގައި ދިވެހިންނަށް ތައިލެންޑަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެ އެވެ.

އެކަމަކު އެގޮތަށް އެތެރެ ވާއިރު، 30 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އަންނާނެކަން އަންގައިދޭ ރިޓާން ޓިކެޓާއި މުއްދަތު ހަމަވާން ހަ މަހަށް ވުރެ ދިގު މުއްދަތެއް އޮތް ޕާސްޕޯޓެއް އޮތުމުގެ އިތުރުން ފުރިހަމަކޮށްފައިވާ އެރައިވަލް ކާޑަކާއި އެކަށީގެންވާ އަދަދަކަށް ފައިސާ ހުންނަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެ އެވެ.