Roadha Mihaaru
ރަޝިޔާ ސަފީރު އަވަހާރަކޮށްލުން ރާއްޖޭން ކުށްވެރިކޮށްފި

ރަޝިޔާ ސަފީރު އަވަހާރަކޮށްލުން ރާއްޖޭން ކުށްވެރިކޮށްފި

20 ޑިސެމްބަރ 2016

ރަޝިޔާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަންދުރޭ ކަރްލޯފް ހަށިކޮޅަށް އެ ގައުމުގެ ފުލުހަކު ބަޑި ޖަހާ އަވަހާރަކޮށްލުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރަޝިޔާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަންދުރޭ ކަރްލޯފް ހަށިކޮޅަށް އެ ގައުމުގެ ފުލުހަކު ބަޑި ޖަހާ އަވަހާރަކޮށްލުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރަޝިޔާ ސަފީރު އަވަހާރަކޮށްލަން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސަފީރުގެ އާއިލާ އަށް ތައުޒިޔާ ކިޔާ ކަމަށް ވެސް ޓުވީޓުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓުވީޓު.

ސަފީރުގެ ހަށިކޮޅަށް ބަޑި ޖެހީ ފޮޓޯ މައުރަޒެއް ހުޅުވުމުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ. އެއީ ސީރިއާގެ ހަލަބަށް ދޭ ހަމަލާތަކުގައި ރަޝިޔާ ބައިވެރިވާތީ އެކަމުގެ ރުޅީގައި ދިން ހަމަލާއެއް ކަމަށް ބެލެވެ އެވެ.

ހަމަލާ ދިން ފުލުސް މީހާ ގޮވަމުން ދިޔައީ ހަލަބާއި ސީރިޔާގެ މަތިން ހަނދާން ނައްތާނުލުމަށެވެ. އަދި އެ އުދުވާނުގައި ބައިވެރިވާ އެންމެންނަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް އޭނާ ގޮވި އެވެ.

ތުރުކީ ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފި އެވެ.

ސަފީރު ކަރްލޯފުގެ ޑިޕްލޮމެޓިކް ކެރިއަރު ފައްޓަވާފައި ވަނީ 1976 ވަނަ އަހަރު އެވެ. ތުރުކީގެ ސަފީރަކަށް އޭނާ އަައްޔަންކުރީ 2013 ގަ އެވެ.