Roadha Mihaaru
ރަޝިއާގެ އޮނަރަރީ ކޮންސުލްއަކަށް ފައުޒީ ހަމަޖައްސައިފި

ރާއްޖޭގައި ހުންނަ ރަޝިއާގެ އޮނަރަރީ ކޮންސުލްއަކަށް ވިޔަފާރިވެރިޔާ އަލީ ފައުޒީ

18 ޖުލައި 2023

ރަޝިޔާ އިން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ މަގާމަށް، ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ އަލީ ފައުޒީ ހަމަޖައްސައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރަޝިޔާ އިން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ މަގާމަށް، ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ އަލީ ފައުޒީ ހަމަޖައްސައިފި އެވެ.

ފައުޒީއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރި ކުރާ ސްޓީލް ހާރޑްވެއާގެ މެނޭޖިން ޑިރެކްޓަރެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އަލީ ފައުޒީ އަށް މަގާމު ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ފައުޒީ އަށް މަރުޙަބާ ވިދާޅުވެފަ އެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ މަޝްވަރާތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.