23 ޖުލައި 2021
އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލު ކުރައްވައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލު ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ނިއުދިއްލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިހާބުވުމަށް ރާއްޖެއިން ކުރި ކެމްޕޭންގައި އިންޑިއާ އިން ތާއީދުކޮށްދިނީތީ ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި އެ މަގާމުގައި ޝާހިދު ހުންނަވައިގެން ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު މޯދީއާ ހިއްސާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މެދުކެނޑުމެއް ނެތި އިންޑިއާ އިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމަށް ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒް އާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް ޑި ކެބިނެޓް ޑެޒިގްނޭޓް އެމްބެސެޑާ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު
ރާއްޖެއަށް ދޭ އިންޑިއާގެ ހިލޭއެހީގެ އަދަދު އިތުރުކޮށްފި
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން 7 މަޝްރޫއެއް ފަށަނީ
އިންޑިޔާ އިން 250 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ
މިނިސްޓަރު ޝާހިދު ވެސް އިންޑިއާ އަށް
މޯދީގެ ދަތުރުގައި ރާޑަރު އިފުތިތާހު ކުރާނެ: ސަރުކާރު