25 މެއި 2021
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް މި އަހަރު ގާއިމު ކުރުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފި އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް މި އަހަރު ގާއިމު ކުރުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗެއާ ކުރައްވާ ކެބިނެޓުން އެ ނިންމުން ފާސްކުރީ އިއްޔެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މިއަދު ބުނީ ކެބިނެޓުން އެ ނިންމުން ފާސްކުރީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުންނާއި އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)" ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވާތީ ކަމަށެވެ.
އިންޑިއާގެ ސަރުކާރުން ބުނީ، މި ނިންމުން ފާސްކުރިޔަސް މަސައްކަތް ފަށާނީ ދިވެހި ސަރުކާރުން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ.
މި ޚަބަރު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ކަށަވަރުކޮށްދިނެވެ. އެކަމަކު އެ މިނިސްޓްރީން ބުނީ މިއީ އިންޑިއާގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމުގައި އިންޑިއާ އަށް ވެދެވެން އޮތް އެހީތެރިކަމެއް ދިވެހި ސަރުކާރުން ވެދޭނެ ކަމަށެވެ. ފޮރިން މިނިސްޓްރީން މިހާރު މިކަމުގައި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނަރަލްއެއް ހުޅުވުމާ އެކު، ދެ ގައުމުގެ ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އިންޑިއާގެ ސަރުކާރުގެ ބަޔާނުގައިވެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެ ގައުމުގެ ގާތް ގުޅުން ވެސް އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށް އިންޑިއާ އިން ބުނެ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހުޅުވުމާ އެކު އެ ސިޓީން އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމު ވެސް ހަމަޖެހޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ބުންޏެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަކީ ގައުމު ތަރައްގީވެ ކުރިއަރައިގެން ދިއުމަށާއި ފުއްދުންތެރި ގައުމަކަށް އިންޑިއާ ވުމަށް ކުރާ މަސައްކަތުގައި މުހިންމު ނިންމުމެއް ކަމަށް އިންޑިއާގެ ސަރުކާރުން ގަބޫލުކުރެ އެވެ. އެއީ އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އަށް މުދާ އެތެރެކޮށް، ވިޔަފާރި ފުޅާކުރުމަށާއި އަދި އެ ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާނެ ނިންމުމަކަށް ވާތީ އެވެ.
ގައުމުތަކުގެ މެދުގައި ވެފައި އޮންނަ ޑިޕްލޮމެޓިކް އެއްބަސްވުމުގެ ދަށުން ދެ ގައުމުގައި ވެސް އެމްބަސީތަކާއި/ހައިކޮމިޝަންތަކާއި އަދި ކޮންސިއުލޭޓްތައް ގާއިމު ކުރެއެވެ. އިންޑިއާގެ ނިއު ދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް ހުންނައިރު، ޓްރިވެންޑްރަމްގައި ހުންނަނީ ކޮންސިއުލޭޓެކެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހުޅުވުމާ އެކު އެ ސިޓީން އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމު ވެސް ހަމަޖެހޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ބުންޏެވެ.
އިންޑިއާގެ ސަރުކާރުން މިހާރު ވެސް އައްޑޫގައި 200 މިލިއަން ޑޮލަރުގެ ޕްރޮޖެޓުތަކެއް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫއުތަކާއި ގަން އެއާޕޯޓް އިތުރަށް ތަރައްގީކުރުން ހިމެނެ އެވެ. އަދި ގްރާންޓް ޕްރޮޖެކްޓްތަކުގެ ދަށުން މަސް ޕްލާންޓްތައް ހެދުމާއި އިކޯ ޓޫރިޒަމް ޒޯނަކާއި ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ ދެކުނުގެ ހިސާބުތަކާއި އިންޑިއާއާ އޮންނަ ވިޔަފާރީ ގުޅުން ވަރުގަދަކުރަން ކުރާ މި މަސައްކަތުގައި މިހާރު ވެސް ކުރިއެރުން ލިބިފައިވާ ކަމަށާއި އިންޑިއާގެ ޓުޓްރިކޮރިން އާއި އައްޑުއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ވެސް މިހާރު ދެމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ.
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ޝާހިދު، މޯދީއާ ބައްދަލު ކުރައްވައިފި
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އުގައިލްގެ ފާޑުވިދާޅުވުން އިންޑިއާގެ ނިންމުމަށް!
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އަޅާކަށް އަދި ނުނިންމާ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން