30 މެއި 2021
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން އެ ގައުމުގެ ކެބިނެޓުން ފާސްކުރި ވާހަކަ އިއުލާން ކުރުމާއެކު، ރާއްޖޭގެ ބައެއް ސިޔާސީ ވެރިންނާއި އައްޑޫ މީހުންގެ މެދުގައި ހޫނު ބަހުސެއް ވަނީ ފަށައިފަ އެވެ. ބައެއް ބޭފުޅުންގެ ވާހަކަ އިން ދޭހަވަނީ އެ ކޮންސިއުލޭޓާ އެކު މުޅި އައްޑު އަށް އުފާވެރިކަމާއި ތަރައްގީ އަންނާނެ ކަމެވެ. އެ ވާހަކަ ޖުމުލަ ކޮށްލާއިރު ދޭހަވާ އެއް ކަމަކީ މި ހުރިހާ ދުވަހު އައްޑޫގެ ތަރައްގީގެ ދުވެލި މަޑުޖެހިފައި ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އެ ސިޓީގައި ނެތުމުން ކަމަށެވެ. އައްޑޫގެ ތަރައްގީއާ އެ ކޮންސިއުލޭޓާ ބައެއް މީހުން އެހާ ވަރަށް ގުޅުވައިފި އެވެ. މިކަން އެހާ ބޮޑު ޖޯކަކަށް މިހާރު ވެފައި ވަނީ އެހެންވެ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން އެ ގައުމުގެ ކެބިނެޓުން ފާސްކުރި ވާހަކަ އިއުލާން ކުރުމާއެކު، ރާއްޖޭގެ ބައެއް ސިޔާސީ ވެރިންނާއި އައްޑޫ މީހުންގެ މެދުގައި ހޫނު ބަހުސެއް ވަނީ ފަށައިފަ އެވެ. ބައެއް ބޭފުޅުންގެ ވާހަކަ އިން ދޭހަވަނީ އެ ކޮންސިއުލޭޓާ އެކު މުޅި އައްޑު އަށް އުފާވެރިކަމާއި ތަރައްގީ އަންނާނެ ކަމެވެ. އެ ވާހަކަ ޖުމުލަ ކޮށްލާއިރު ދޭހަވާ އެއް ކަމަކީ މި ހުރިހާ ދުވަހު އައްޑޫގެ ތަރައްގީގެ ދުވެލި މަޑުޖެހިފައި ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އެ ސިޓީގައި ނެތުމުން ކަމަށެވެ. އައްޑޫގެ ތަރައްގީއާ އެ ކޮންސިއުލޭޓާ ބައެއް މީހުން އެހާ ވަރަށް ގުޅުވައިފި އެވެ. މިކަން އެހާ ބޮޑު ޖޯކަކަށް މިހާރު ވެފައި ވަނީ އެހެންވެ އެވެ.
އިންޑިއާގެ ޓްރިވެންޑްރަމާއި އެހެން ބައެއް ގައުމުތަކުގައި ވެސް އެ ގައުމުތަކުގައި އުޅޭ ދިވެހިންނަށް ކަންކަން ފަސޭހަ ކޮށްދިނުމަށްޓަކައި ކޮންސިއުލޭޓްތައް ރާއްޖެ އިން ވެސް ހަދާފައި އެބަހުއްޓެވެ. ބޭނުމަކީ އެއީ ރާއްޖެ އަށް ވުރެ މާ ބޮޑެތި ގައުމު، ސިޓީތަކަށް ވާތީ މާ ދުރުގައި ހުންނަ އެމްބަސީއަކަށް ވުރެ ބޮޑަށް ކައިރީގައި ހުންނަ ތަނަކުން ދިވެހިންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އެ ތަނުން ފަހިކޮށްދޭނީ ކޮންސިއުލާ ހިދުމަތްތަކެވެ. އެ ގައުމެއްގެ ތަރައްގީ އާއި އެ ގައުމުގައި އުޅޭ ރައްޔިތުންނަށް ވިސާ ހޯދައި ދިނުމާއި ބޮޑެތި އިންވެސްޓްމަންޓުތައް ހޯދައި ދީ، އެކަމުގައި އެ ކޮންސިއުލާ އޮފީހަކުން ނޫޅެ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލާ އޮފީސް ހުޅުވުމަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުން ނަމަ އެ ނިންމުމާއެކު، އައްޑު އާއި އިއްޑިއާއާ ދެމެދު ސީދާ ފްލައިޓްތައް ބާއްވައި، އެ ސަރަހައްދުގެ މީހުން ދަތުރުފަތުރަށް ކުރަން ޖެހޭ ހޭދަ އާއި ވަގުތު ވެސް ކުޑަވާނެ އެވެ. އެއާއެކު ފުވައްމުލަކާއި މުޅި އެ ސަރަަހައްދަށް ވެސް އޭގެ ފައިދާ ކުރާނެ އެވެ.
"...މި ކޮންސިއުލޭޓަށް [ރާއްޖެ އިން] ހުއްދަ ދިނުމުގެ ކަންކަން އަވަހަށް ނިމޭނެ ކަަމަށް އުންމީދު ކުރަން،" ރޮޒައިނާ ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އައްޑޫގެ އާ މޭޔަރު އަލީ ނިޒާރުގެ ވިސްނުން ވެސް ހުރީ ހަމަ މި ގޮތަކަށެވެ. އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑު އަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެ އެވެ. އިގްތިސޯދީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިވާނެ އެވެ. ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީ ވާނެ ކަމަށް މޭޔަރު ނިޒާރު ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ ކޮންސިއުލާއާ އެކު އައްޑޫ ތަރައްގީ ވާން ފަށާނެ އެވެ.
މި ސުވާލު އުފެއްދެވި އެއް ބޭފުޅަކީ ކުރީގެ އޮޑިޓަ ޖެނެރަލް އަދި ހުވަދު އަތޮޅަށް ނިސްބަތްވާ ނިޔާޒް އިބްރާހިމެވެ.
އޭނާ ވިދާޅުވީ، ބޭރު ގައުމެއްގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއްގެ ސަބަބުން، ގައުމެއް، ސަހަރެއް ތަރައްގީވާ ގޮތެއް ސިކުނޑި އަށް ނައި ކަމަށެވެ.
"ކޮންސިއުލޭޓް ގާއިމުކޮށްގެން ތަރައްގީވި ގައުމު ނުވަތަ ސަރަހަކީ ކޮބައިތޯ،" ނިޔާޒް ސުވާލު އުފެއްދެވި އެވެ.
With the evelopment of the region where it is established. it's particularly disgusting to see some of our political elites promoting such nonsenses. We expect them to show some degree of political maturity .... 2/2.
— Niyaz Ibrahim (@niyaz_ibrahim) May 29, 2021
ނިޔާޒް އިބްރާހިމްގެ ޓުވީޓް
ނިޔާޒް ވިދާޅުވީ، އެއީ ފައިދާ ހުރި ކަމެއް ނަމަ ރާއްޖޭގައި ނުވަތަ ރާއްޖޭގެ އެހެން ތަނެއްގައި ވެސް އެހެން ގައުމެއްގެ ޑިޕްލޮމެޓިކް މިޝަނެއް ގާއިމުކުރުމާ އޭނާ ދެކޮޅު ނޫން ކަަމަށެވެ. މައްސަލަ އަކީ އޭނާ ވިދާޅުވި ގޮތުން ނަމަ، އެ މިޝަނެއްގެ ސަބަބުން ތަރައްގީ އަންނާނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ ބައެއް ސިޔާސީ ބޭފުޅުން ދައްކަވާ، ތާކުންތާކު ނުކެހޭ ހުއްޖަތްތަކެވެ.
ނިޔާޒް ވިދާޅުވީ، އެއީ ބަލައިގަންނަން އުނދަގޫ ވާހަކަތަކެއް ކަމަށެވެ. އެހެންވެ، އެ ވާހަކަ ދައްކަވާ ސިޔާސީ ބޭފުޅުންގެ އަރިހުން އެދިވަޑައިގަތީ ސިޔާސީ ގޮތުން ތަސައްރަފު ފުދޭ ވާހަކަތަކެއް ދެެއްކެވުމަށެވެ.
އައްޑޫ ހިތަދު އަށް އުފަން ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވި ގޮތުގައި އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އެ ސިޓީގެ ތަރައްގީއާ ކިހާ ގާތް ގުޅުމެއް އޮތް ކަމެއް ކަން ބަލަން ޖެހެ އެވެ .
"އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭ ވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"އެހެން ނޫން ނަމަ، ކަންތައްތައް ކުރުމުގައި އިސްފަސްވުމުގެ ޖާގަ އެބައޮތް. އަދި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީ އަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވޭ."
އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭ.
— Professor Ugail (@ugail) May 27, 2021
ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ވިސާގެ ލުއި ފަސޭހަކަން ހޯދައިދިނުމަށް ވުރެ މާ ބޮޑެތި ޕްލޭންތަކެއް ހުރިކަން ބައެއް ބޭފުޅުންގެ ވާހަކަ އިން އެނގޭ ކަމަށެވެ. އޭގެ ތެރޭގައި ކުރިމަގުގައި އިންޑިއާގެ ގިނަ ބަޔަކު އައްޑު އަށް ގެންދިއުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެ މީހުންގެ އިންޓްރެސްޓް ހިމާޔަތް ކުރުމަށްޓަކައި ކުރިއާލައި މި ކޮންސިއުލާ އޮފީސް ހެދިގެން މިދަނީ. އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.
އައްޑޫ ސިޓީ 7 މެމްބަރުން ލަދުގަންނަން މިއަދު އެބަޖެހޭނުން، ކޮންސިއުލޭޓް އޮފީސް އަކީ ތަރައްގީ ކަމަށް އަމިއްލަ ނަފުސަށް ގަބޫލު ކުރެވޭނީ ހާދަ ސިކުނޑި ހަނި ވީމައޭ! އަޑު އަހާބަލަ ނައިފަރު މެމްބަރގެ @Shiyamaldives ގެ ވާހަކަ. ތޭންކް ޔޫ MP. ??#SaveAddu pic.twitter.com/d9xUO5Ku9f
— Zahid Rameez (@xahidcreator) May 29, 2021
މެމްބަރު ޝިޔާމްގެ ވީޑިއޯ މެސެޖު
އޭނާ ވިދާޅުވިގޮތުގައި، ފަސްލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ކޮންމެ ރަށެއްގައި އެމްބަސީތައް ގާއިމު ކުރުމަކީ ބޭނުން ކަމެއް ނޫނެވެ.
"މާދަމާ އަނެއްކާ ކުޅުދުއްފުށި ސިޓީގައި. މިހާރު ދެކުނުގައި [އިންޑިއާގެ ކޮންސިއުލޭޓް] ގާއިމުކުރެވުނީއޭ ކިޔާފައި ކުޅުދުއްފުށި ސިޓީގައި ގާއިމުކުރަންވީ. އަނެއްކާ މެދުރާއްޖެތެރޭގައި ގާއިމުކުރަންވީ. މީގައި ސަލާމަތެއް ނެތް. އެހެންވީމާ މީގެ އަޑި އެނގެން އެބަޖެހޭ ދިވެހި ރައްޔިތުންނަށް،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުގެ ފަހަތުގައި "އަނދިރި" ފަރާތެއް ގެންގުޅޭ ކަމަށާއި އެކަން ދިވެހި ސަރުކާރުން ހާމަކުރަންޖެހޭ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގައި އިންޑިއާގެ ހައި ކޮމިޝަން ހުންނައިރު އިތުރު ސަރަހައްދެއްގައި އެ ގައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ތަނެއް ފެންނަން ނެތް ކަމަށެވެ. އެހެންވެ، ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގެ ވަކި ސަރަހައްދެއްގައި ގާއިމްކުރަން ނިންމުމުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައި އެ ކޯލިޝަނުން ބުންޏެވެ.
"އެހެން ކަމަށްވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ގާއިމްކުރެވިފައިވާ އިންޑިއާގެ ހައި ކޮމިޝަންގެ އިތުރުން އިތުރު އެހެން ސަރަހައްދެއްގައި އެ ގައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނަން ނެތްއިރު، މި ފަދަ ހައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވުމަކީ ސުވާލު އުފެދޭ ކަމެކެވެ،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ.
"އަދި އެކަމުގައި ދިވެހި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތާ މެދު މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ."
އާންމުންގެ ތެރޭގައި ވެސް މި ބަހުސްގެ ވަރަށް ފޯރި ގަދަ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން ނިންމުމަކީ އަނެއްކާ ވެސް އައްޑު އަށް އިންޑިއާ އިން އަތްގަދަކުރަން ކުރާ މަސައްކަތުގެ ބައެކެވެ.
އެގޮތުން އިންޑިއާގެ ހެލިކޮޕްޓަރާ އެކު ގަމުގައި އިންޑިއާގެ ސިފައިންތަކެއް ތިބުމާއި އިންޑިއާ ސަރުކާރުން އައްޑޫގައި ހަދާ ޕޮލިސް އެކެޑެމީ ފަދަ ކަންކަމަކީ މިހާރު ވެސް ބައެއް މީހުންގެ މެދުގައި ހުރި ކަންބޮޑުވުންތަކެވެ.
Thank you @dunyamaumoon
— Mohamed Ayyoob (@mayyoob) May 28, 2021
When will you consider our thoughts Mayor @DhekunuNizar & MP @Roxeyna without a consulate there won’t be any development? Than why are all you politicians, public servants eating us tax payers tax?#saveAddu #IndiaOut https://t.co/CvQheT253P
މިފަދަ ކަންކަމުގައި އިންޑިއާ އަށް ނޫނެކޭ ބުނާ މީހުންގެ ވާހަކަ އަކީ މިއެވެ؛ އިންޑިއާ އިން އުޅެނީ އައްޑު އަށް އަތްގަދަކޮށް، ހަންފުތުރާށެވެ. ބައެއް މީހުން މި އަށް ވުރެ ތިލަކޮށް މިކަން ސިފަކުރަނީ "އިންޑިއާގެ މިލިޓަރީ ބޭސްއަކަށް" އައްޑޫ ހަދަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.
Direct flight jassanee consulate feraade maththasha? Mihushihei dhuvahah airport beynun nikoh othee ehenvegen?
— MZ ???? (@electricfenfai1) May 27, 2021
އެކަމަކު މީގެ ތެރެއިން ވެސް ފާހަގަކޮށްލަން ޖެހެނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް އިންޑިއާގެ ސަރުކާރުގެ އެހީގައި އައްޑޫގައި ކުރަން ނިންމާފައިވާ ކަމެވެ. އޭގެ ތެރޭގައި މަގު ހެދުމާއި ބިން ހިއްކުމާއި މަސް ފެކްޓްރީ ހެދުމާއި ޓޫރިޒަމް ދާއިރާ ފުޅާކުރުމާއި އެއާޕޯޓް ތަރައްގީކުރުން ފަދަ ކަންކަން ހިމެނެ އެވެ.
E office Alhan hedhi thanakee police training school. Engi hure kan kan olhuvaalan ulhuhvumakee goahe. Magu hadhai dhenee ves e beynumuga.
— Mohamed Adlyl (@mradlyl) May 27, 2021
ނަމަވެސް ބައެއް މީހުންގެ ނަޒަރުގައި މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ އިންޑިއާގެ ނުޒޫފު އައްޑު އަށް ގަދަކުރުމެވެ. އެހެންވެ އެއީ ސީރިއަަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް އެ މީހުން ބުނެ އެވެ.
These corrupt politicians are auctioning our lands, jobs & businesses to ??
— ɴᴏᴏᴋᴀᴀʟʜᴜ ???? (@nookaalhu) May 26, 2021
In the name of development, they wud "export" ?? to Addu with diplomatic immunity
Our JOBS,BUSINESSES,UTILITIES will be under their control
If we don't stop this now, we will regret.#IndiaOut ⛔??⛔
ކޮންސިއުލޭޓާ އެކު ކުރެވެމުން އަންނަ ބަހުސްގެ ތެރެއިން އެކަމާ ދެކޮޅު ބައެއް މީހުން ބުނަނީ ކޮރަޕްޓްވެފައި ތިބި ސިޔާސީ މީހުން އުޅެނީ "އައްޑޫ ވިއްކައިލަން" ކަމަށެވެ.
"ކޮންސިއުލޭޓަކީ އިންވެސްޓްމަންޓާއި ބިޒްނަސް އަށް [މަގުފަހިކުރަން] ހުޅުވާ ތަނެއް ނޫން. އެއީ އިންޑިއާ މީހުންގެ ބޭނުންތަކަށް ހުޅުވާ ތަނެއް،" އެކަކު ކުރި ޓްވިޓެއްގައި ބުންޏެވެ.
ކޮންސިއުލޭޓް މައްސަލާގައި ފާޑުކީ އެހެން މީހަކު ބުނެފައިވާ ގޮތުގައި "އެމްޑީޕީން ކުރަންވީ ކަމަކީ މާ ދުރުދުރުން ނޫޅެ އިންޑިއާއާ އައްޑޫ ހަވާލުކުރުން" ކަމަށެވެ.
މި ސަބަބުތަކާ ހެދި މިހާރު އެއް ބަޔަކު ވަނީ "އައްޑޫސޭވް" ގެ ނަމުގައި އިންޑިއާގެ ކޮންސިއުލޭޓާ ދެކޮޅު ކެމްޕެއިނެއް ފަށައިފަ އެވެ. އަނެއް ބަޔަކު "މޭކް އައްޑޫ ގްރޭޓް އެގެއިން" ގެ ނަމުގައި ކެމްޕެއިން އެބަކުރެ އެވެ.
India akee best friend Nama on arrival GA hurihaa vahthareh ge visa dhivehinah libeyne. India massahkai kuranee amihlla edhumah. Emeehun beynun kameh nukuraa irah fihthaalanee. Dr. Waheed ge Raees kamugaves Emeehun bunegen Isthiufaa nudhineema vaguthu ehfahara loan dhahkan engi.
— Mohamed Latheef (@lathyfm2119) May 29, 2021
އައްޑޫގެ މޭޔަރުކަމަށް ވާދަކުރެއްވި މުހައްމަދު ލަތީފް ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ އެންގެ ގާތްއެކުވެރިޔާ ނަމަ، އެ ގައުމުގައި އޮން އެރައިވަލްގެ ހުރިހާ ވައްތަރެއްގެ ވިސާ ދިވެހިންނަށް ލިބޭނެ ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ މަސައްކަތް ކުރަނީ އަމިއްލަ އެދުމަށެވެ.
"އެ މީހުން ބޭނުން ކަމެއް [ރާއްޖެ އިން] ނުކުރާ އިރަށް ފިއްތާލާނެ. ޑރ. ވަހީދުގެ ރައީސްކަމުގައި ވެސް އެ މީހުން ބުނެގެން އިސްތިއުފާ ނުދިނީމާ ވަގުތުން އެއްފަހަރާ ލޯނު ދައްކަން އެންގި،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ދެ ގައުމުގެ ހިޔާލު ތަފާތުވުންތަކާ ހެދި ދިވެހިންނަށް ކުރިމަތިވި ދަތިތަކަށް އިޝާރާތް ކުރައްވަމުން ލަތީފް ވިދާޅުވި އެވެ.
ކޮންސިއުލޭޓަށް ތާއިދުކުރާ މީހުންގެ ނަޒަރުގައި މިކަން ގުޅެނީ އައްޑޫގެ ތަރައްގީ އާއި ކުރިއެރުމާއި ފަސޭހަތަކާ އެވެ. އެހެންވެ އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
އައްޑޫ އިންޑިއާގެ ވަކިތަކުން ހިމާޔަތްކުރަން ގޮވައިލާ މީހުންގެ ވިސްނުމުގައި އިންޑިއާގެ އޮތީ މުޅިން ވެސް އަމިއްލަ އެދުމެވެ. އެހެންވެ އެ މީހުންގެ ބާރު ގަދަކުރަން ކުރާ މަސައްކަތްތަކަށް އިތުރު މަގެއް ފަހިކޮށްދޭން ކޮންސިއުލޭޓް ހަދަން ހުއްދަ ދީގެން ނުވާނެ އެވެ.
ދެން އޮތީ މިކަމާ ގުޅިގެން ސަރުކާރުން ނިންމާ ނިންމުމަކަށް އިންތިޒާރު ކުރުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެއްކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެއްކެވޭނެ އެވެ.
"އަޅުގަނޑުމެން އަދި ޑިސިޝަނެއް އެއަކު ނުނަގަން. އެނގިވަޑައިގަންނަވާނެ އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އެބަ އޮތް ވަރަށް ގާތް ގުޅުމެއް. އަދި [އަވަށްޓެރި] އެހެން ގައުމުތަކާ އެކީގައި ވެސް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
އައްޑޫަގައި އިންޑިއާގެ ކޮންސިއުލާ އޮފީހެއް ހުޅުވަން ކޮންމެހެން ޖެހޭތީ ދެން ހަމަ އެއްވެސް އޮއްޓަރެއް ނެތް ވާހަކަ ދެއްކުމަކީ ކަންކަން އޮޅުވައިލުން ކަމަށް ބުނެވެން އެބައޮތެވެ. އައްޑު އަށް ގެންނަ ހުރިހާ ތަރައްގީއަކާ އިންޑިއާގެ ކޮންސިއުލާ އޮފީހާ ގުޅުވާ ނަމަ، މި ހުރިހާ ދުވަހު ދިވެހި ސަރުކާރުން ކުރި މަސައްކަތާ މެދު ވެސް ސުވާލު އުފެދެ އެވެ.
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އުގައިލްގެ ފާޑުވިދާޅުވުން އިންޑިއާގެ ނިންމުމަށް!
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އަޅާކަށް އަދި ނުނިންމާ
އިންޑިއާއަކީ ދުނިޔެއަށް އުއްމީދެއް: ރައީސް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
އިންޑިއާއަކީ ހަގީގީ އެކުވެރިއެއްކަން ދައްކައިދީފި:ރައީސް
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ