Roadha Mihaaru
ފޮރިން މިނިސްޓަރު ޝާހިދު ރަޝިއާއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު ޝާހިދު ރަޝިއާ އަށް ފުރާވަޑައިގެންފި

24 ޖޫން 2019

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި ރަޝިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި ރަޝިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުގައި، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިއީ، ރާއްޖެ އާއި ރަޝިއާގެ ފޮރިން މިނިސްޓަރުން މިފަދަ މަޝްވަރާއެއް ކުރައްވާ ފުރަތަމަ ފަހަރު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އާއި ރަޝިއާއާ ދެމެދު ގާއިމް ކުރާ ވިސާ އެގްޒެމްޕްޝަން އެއްބަސްވުމުގައި ޝާހިދުތެ މި ދަތުރުގައި ސޮއިކުރައްވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ރަޝިއާ އިން ލިބޭނެ އެވެ. އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާ އެކު އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭނެ މަގު ފަހިކުރުމެވެ.