Roadha Mihaaru
އޮސްޓްރޭލިއާގައި ހުރި ދިވެހި ކުއްޖާއަށް ވިސާ ލިބިއްޖެ

އޮސްޓްރޭލިއާ އިން ފޮނުވާލަން ނިންމި ދިވެހި ކުއްޖާ އަށް ވިސާ ހަމަޖައްސައިދީފި

23 ޖެނުއަރީ 2020

ސިއްހީ މައްސަލަތަކެއް ހުރުމުން، އޮސްޓްރޭލިއާ އިން ފޮނުވައިލަން ނިންމި ދިވެހި ފިރިހެންކުއްޖާ އަށް އެ ގައުމުން ވިސާ ހަމަޖައްސައިދީފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ މައްސަލަތަކެއް ހުރުމުން، އޮސްޓްރޭލިއާ އިން ފޮނުވައިލަން ނިންމި ދިވެހި ފިރިހެންކުއްޖާ އަށް އެ ގައުމުން ވިސާ ހަމަޖައްސައިދީފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ދެ އަހަރުގެ ކައިބާން ޖަމްޝާދަށް ވިސާ ހަމަޖެހުނުކަން ހާމަކުރައްވަމުން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮސްޓްރޭލިއާ ގައި އެ ކުއްޖާ އަށް ބޭނުންވޭ އަޅައިލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ކައިބާން ޖަމްޝީދަށް ވިސާ ހަމަޖައްސަވައި ދެއްވީތީ ފޮރިން މިނިސްޓަރު މަރީސް ޕޭން އާއި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު ދަންނަވަން. ކައިބާން އާއި އާއިލާ އަށް ހެޔޮ އެދުންތައް ފޮނުވަން އަދި އޮސްޓްރޭލިއާ އިން ކައިބާން އަށް ބޭނުންވާ ފަރުވާ ލިބޭނެ ކަމަށް އުންމީދު ކުރަން،" ޝާހިދުގެ ޓްވީޓްގައި ވެ އެވެ.

އޮސްޓްރޭލިއާގައި އުފަން ވި، ކައިބާން އަކީ ހިމޮފީލިއާގެ އިތުރުން އުފެދުމުގައި ވެސް ސިކުނޑި އަށް ގެއްލުންތައް ލިބިފައިވާ ކުއްޖެކެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ މީހުންނަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ.

އޮސްޓްރޭލިއާގެ އޭބީސީ ނިއުސް އިން ބުނެފައި ވަނީ އެކަންކަމަށް ކޮންމެ ހަފުތާއަކު ވެސް ފަރުވާ ހޯދަން ޖެހޭ ކަމަށެވެ. އެހެންވެ އެ ކައިބާން އަށް ވެސް ވިސާ ނުދޭން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ނިންމައިފައިވާ ކަމަށް އޭބީސީން ބުނެފައި ވެ އެވެ.

ކައިބާން އަށް ވިސާ ހޯދައި ދިނުމަށް މިނިސްޓަރު ޝާހިދު މީގެ ކުރިން ވަނީ ފޮރިން އެފެއާޒް ޑިޕާޓްމަންޓުގައި ވެސް މީގެ ކުރިން އެދިވަޑައިގެންފަ އެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބައްދަލު ކުރެއްވުމަށް ފަހު، ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންސާނިއްޔަތަށްޓަކައި އެ ކުއްޖާ އަށް ވިސާ ދިނުމަށް އެ ބައްދަލުވުމުގައި އެދިވަޑައިގެންނެވި ކަމަށެވެ.

ކައިބާނަށް ވިސާ ނުލިބިދާނެ ކަމުގެ ބިރު އޮތުމުން، "ސޭވް ކައިބާން" ނަމުގައި އޮންލައިންކޮށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ދާދި ފަހުން ފެށި އެވެ. އެ ޕެޓިޝަންގައި ވަރަށް ގިނަ ބަޔަކު ސޮއިކޮށްފައި ވެ އެވެ.

އޭބީސީން ބުނެފައިވާ ގޮތުން، ކައިބާން ވިސާ އޭރު ނުދިނަސް، އާއިލާގެ އެހެން މެމްބަރުންގެ ވިސާގެ ކަންކަން އޮތީ ހަމަޖެހިފަ އެވެ. އެ ކުއްޖާގެ މަންމަ އޮސްޓްރޭލިޔާގައި މަސައްކަތް ކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގަ އެވެ.