29 މެއި 2016
ގދ.ތިނަދޫން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ރަށު ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ދޫކޮށްލަން ހައި ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ފުލުހުން މިއަދު ނިންމައިފި އެވެ.
ގދ.ތިނަދޫން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ރަށު ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ދޫކޮށްލަން ހައި ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ފުލުހުން މިއަދު ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުގެ ހާލަތުގައި ހުއްޓައި ހައްޔަރު ކުރި އުމުރުން 38 އަހަރުގެ މީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"މިހާރަ" ށް އެނގިފައިވާ ގޮތުން އިބްރާހިމް ރަޝީދު ރޭ ދޫކޮށްލީ އޭނާ ހައްޔަރުކުރުމުގައި އަމަލުކުރި އިޖުރާއަތުގައި މައްސަލަތަކެއް ހުރުމުންނެވެ. އޭނާ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.
ފަނޑިޔާރުންނާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެ ހާލަތެެއްގައި ނޫނީ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަނޑިޔާރަކު ނިސްބަތްވާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރެއް ލިބިގެންނެވެ.ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ތިނަދޫން ހައްޔަރު ކުރި މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ. އެކަމަކު އެ ރަށުން ހައްޔަރުކުރީ ރަށު ކޯޓުގެ މެޖިސްޓްރޭޓް ކަމެއް ފުލުހުން ނުބުނެ އެވެ.
ތިނަދޫ ކޯޓުގެ ގާޒީ ދޫކޮށްލަން ހައި ކޯޓުން އަމުރު ނެރުނުއިރު، އޭނާ ހައްޔަރުކުރުމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ފުލުހުންނަށް ތައުރީފު ކުރައްވައި ގާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ނިޒާމުގެ ފައިދާ ލިބޭނީ ވަސީލަތްތައް ލިބިގެން"
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުވެއްޖެ: އަދުރޭ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ޑްރަގް ކޯޓުގެ ގާޒީންގެ އޯގާތެރިކަން މިއަދު ދިވެހިން ބަލައިގަނޭ: މިނިސްޓަރު
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!
"މަތީ ކޯޓުތަކަށް ތަބާނުވާ ފަނޑިޔާރުން ޒިންމާވާންޖެހޭ"