Roadha Mihaaru
އައިއެސްގެ މިޝަނެއްގައި އުޅުނު ބަޔަކު ހައްޔަރުކޮށްފި

އައިއެސްގެ މިޝަނެއްގައި އުޅުނު ބަޔަކު ޖަރުމަނުން ހައްޔަރުކޮށްފި

13 ސެޕްޓެމްބަރ 2016

ބާލިން (ސެޕްޓެމްބަރު 13) - ޖަރުމަނުގެ އެކި ހިސާބުތަކަށް ހަމަލާ ދިނުމަށްޓަކައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މިޝަނެއްގައި އުޅުނު ސީރިއާގެ ތިން މީހުން އެ ގައުމުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލިން (ސެޕްޓެމްބަރު 13) - ޖަރުމަނުގެ އެކި ހިސާބުތަކަށް ހަމަލާ ދިނުމަށްޓަކައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މިޝަނެއްގައި އުޅުނު ސީރިއާގެ ތިން މީހުން އެ ގައުމުން ހައްޔަރުކޮށްފި އެވެ.

ޖަރުމަނުގެ އެންމެ އުތުރުގެ ދެ ޓައުނަކަށް ފުލުހުން މިއަދު ދިން ހަމަލާތަކެއްގައި އަތުލައިގަތީ އުމުރުން 17-126 އަހަރުގެ ޒުވާނުންތަކެކެވެ. ޖަރުމަނުގެ ދާޚިލީ ވަޒީރު ތޯމަސް ޑެ މެޒިއާ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ މިދިޔަ އަހަރު ޕެރިހަށް ދިން ހަމަލާއާ އަތުލަައިގެން މީހުންނާ ގުޅުން އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ފެޑެރަލް ޕްރޮސެކިއުޓާ އޮފީހުން ބުނީ ހައްޔަރު ކުރި މީހުންނާ ގުޅޭ މާވަރުގަދަ ހެއްކެއް ނުފެނުނު ނަމަވެސް އެ މީހުންނަށް ތުހުމަތު ކުރެވޭ ކަންކަން އެބަހުރި ކަމަށެވެ. ތުރުކީ އާއި ގްރީސް އިން ދަތުރުކޮށް އެ މީހުން ޖަރުމަނަށް އެތެރެވެފައި ވަނީ ވަގު ޕާސްޕޯޓުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ އަތުލައިގަތް ތިން މީހުން އައިއެސްގެ މިޝަން ހިންގުމަށް ވޮލަންޓިއާކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެ ތެރޭން 17 އަހަރުގެ ކުއްޖާ ވަނީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާގައި ހަތިޔާރާއި ގޮވާ ތަކެތި ބޭނުން ކުރަން ފަރިތަކޮށްފައި ކަމަށެވެ. އަތުލައިގަތް ތިން މީހުންގެ މޯބައިލް ފޯނަށް ކޮމިއުނިކޭޝަން ޕްރޮގްރާމް އަޅާފައިވާ އިރު އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަރުމަނުގެ ބައެއް ނޫސްތަކުން ބުނީ ތިން މީހުން އަތުލައިގަތީ އެ މީހުންނަށް ފާރަލާތާ މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

އައިއެސް އިން ރާވައިގެން ޖަރުމަނުގައި މީގެ ކުރިން ދޭން އުޅުނު ބައެއް ހަމަލާތައް ވެސް ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ. އަނެއްބައި ހަމަލާތަކުގައި ބައެއް މީހުން ވަނީ މަރުވެފަ އެވެ.