18 ޖުލައި 2021
ހުޅަނގު ޔޫރަޕްގެ ބައެއް ގައުމުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް މަދުވެގެން 180 މަރުވެފައިވާ ކަމަށް އެ ގައުމުތަކުން ބުނެފި އެވެ. އޭގެ ތެރެއިން ވެސް 156 މީހުން މަރުވެފައިވަނީ ޖަރުމަން ވިލާތުންނެވެ.
ހުޅަނގު ޔޫރަޕްގެ ބައެއް ގައުމުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް މަދުވެގެން 180 މަރުވެފައިވާ ކަމަށް އެ ގައުމުތަކުން ބުނެފި އެވެ. އޭގެ ތެރެއިން ވެސް 156 މީހުން މަރުވެފައިވަނީ ޖަރުމަން ވިލާތުންނެވެ.
ޖަރުމަން ވިލާތުން މަރުވި މީހުންގެ ތެރޭގައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ހަތަރު މީހަކު ވެސް ހިމެނެ އެވެ. ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ބާރު އޮޔާ އެކު ތިރިއަށް ފައިބައިގެން ދިޔަ ފެންގަނޑާ އެކު، ބައެއް ގޭގެއަށް ވަރަށް ގިނައިން ކިސަޑާއި އެކި ޒާތުގެ ކުނި ވަދެފައިވެ އެވެ.
ރޭ ދަންވަރުން ފެށިގެން ވާރޭ ހުއްޓާލައިފައި ވިޔަސް، ފެންބޮޑުވި ބައެއް ސަރަހައްދުތަކުން ފެންގަނޑު އަދިވެސް ނުހިނދޭތީ، މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ. އަދި ހާލުގައި ޖެހުނު މީހުން އެނބުރި ގެދޮރަށް ދެވޭނެ ގޮތެއް ވެސް ނެތެވެ.
ފެންބޮޑުވުމުގައި ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކުގައި، ވަރަށް ގިނަ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ބައެއް ފިހާރަތަކުގެ ވަރަށް ގިނަ މުދާތައް އޮޔާއެކީ ގޮސްފައިވާ އިރު، ބައެއް ރެސްޓޮރަންޓްތަކާއި ކޮފީޝޮޕް ފަދަ ތަންތަނުގެ ގޮނޑި މޭޒު ފަދަ ތަކެތި ވެސް ވަނީ އޮޔާ ގޮސްފަ އެވެ.
ޖަރުމަން ވިލާތުގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑުގެ އަޑީގައި ބައެއް ކާރުތައް ހުރި އިރު، އެ ކާރުތަކުގެ ތެރޭގައި ވެސް، ބައެއް މީހުން މަރުވެފައި ތިބެދާނެ ކަމަށް ބެލެވެ އެވެ.
ހުކުރު ދުވަހުން ފެށިގެން އިއްޔެއާ އެކު ކުރި ވިއްސާރައިގައި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޖަރުމަން ވިލާތަށާއި އޮސްޓްރިއާ އަށެވެ. އޭގެ އިތުރުން، ސްވިޒަލޭންޑާއި ލަގްޒަމްބާގް އަދި ބެލްޖިއަމާއި ނެދަލޭންޑްސް އަށް ވެސް ގެއްލުންތަކެއް ލިބުނެވެ.
ފެންބޮޑުވުމުގެ ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަނޑުތައް ފެނިފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް އެތައް ސަތޭކަ އަށް އަރައެވެ. އެހެންކަމުން، މި ހާދިސާގައި ލިބުނު ގެއްލުންތައް ސާފުވެ، ފެންބޮޑުވި ސަރަހައްދުތަކުން ފެންގަނޑު ހިނދޭ އިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެ އެވެ.
އޮސްޓްރިއާގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ވެސް މީހުންގެ މޭކަށިގަނޑާ ހަމައަށް ފެންބޮޑުވި ކަމަށްވެ އެވެ. ގިނަ ސަރަހައްދުތަކުގައި މީހުން މަރުވެފައިވަނީ، އަޑިކޮށް އޮންނަ ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުވުމުގެ ސަބަބުންނާއި، ތިރި ހިސާބުތަކަށް ބާރު އޮޔާއެކު ދަތުރުކުރި ފެންގަނޑުގެ ތެރޭގައި ގެނބިގެންނެވެ.
ޔޫރަޕްގެ ގައުމުތަކުގެ ވެރިން ވިދާޅުވާ ގޮތުގައި އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ މައިގަނޑު ސަބަބަކީ، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އައިސްފައިވާ ބަދަލުތަކެވެ. ސައެންސްވެރިން ބުނާ ގޮތުގައި ސިނާއީ އިންގިލާބު ފެށުނު ފަހުން މިއަދާ ހަމައަށް އައި އިރު، ދުނިޔޭގެ ހޫނުމިން ވަނީ، 1.2 ޑިގްރީ ސެލްސިއަސް މަތިވެފަ އެވެ.
އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތަކަކީ ކޮބާ؟
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް
އޮސްޓްރިއާ އަނެއްކާވެސް ފުރަބަންދަކަށް
ޓޮބްލެރޯން ހަލާލު ކަމަށް ބުނުމުން މައްސަލައަކަށް
ހޮލެންޑާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ
ރަޝިޔާގެ ޓޫރިސްޓުންނަށް ވިލާތުން ދަތިކޮށްފި
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ރަޝިޔާގެ ތެލާއި ގޭހުގެ މައްސަލައިގައި ހިޔާލު ތަފާތު
ސިޔާސަތު ބަދަލުކޮށް ޖަރުމަނުގެ ހަތިޔާރު ޔޫކްރޭނަށް
ނާޒީން ފޭރިގަތް ކުރެހުމެއް އޭގެ ވެރިފަރާތަށް