12 ފެބުރުއަރީ 2022
އަނިޔާވެރި ލީޑަރު އެޑޮލްފް ހިޓުލަރުގެ ނާޒީން ޖަރުމަނުގައި ވެރިކަން ކުރި ދުވަސްވަރު ޔަހޫދީ އާއިލާއެއްގެ އަތުން މީގެ 71 އަހަރު ކުރިން ފޭރިގަނެފައިވާ ކުރެހުމެއް، ބެލްޖިއަމްގެ މިއުޒިއަމަކުން އޭގެ ވެރިފަރާތަށް އަނބުރާ ރައްދުކޮށްފި އެވެ.
އަނިޔާވެރި ލީޑަރު އެޑޮލްފް ހިޓުލަރުގެ ނާޒީން ޖަރުމަނުގައި ވެރިކަން ކުރި ދުވަސްވަރު ޔަހޫދީ އާއިލާއެއްގެ އަތުން މީގެ 71 އަހަރު ކުރިން ފޭރިގަނެފައިވާ ކުރެހުމެއް، ބެލްޖިއަމްގެ މިއުޒިއަމަކުން އޭގެ ވެރިފަރާތަށް އަނބުރާ ރައްދުކޮށްފި އެވެ.
ބެލްޖިއަމްގެ ރޯޔަލް މިއުޒިއަމް އޮފް ފައިން އާޓްސްގައި ހުރި އެ ކުރެހުން ހޯދަން އޭގެ ވެރިފަރާތުގެ މުނިކާފަ/މާމާ ދަރިން އެތަނުގައި އެދުނީ މީގެ ފަސް އަހަރު ކުރިންނެވެ. ޖަރުމަނުގެ ވެރިރަށް ބާލިން ހުންނަ ލޯ ފާމެއް މެދުވެރިކޮށް، ޖަރުމަނުގައި ދިރިއުޅޭ އެ އާއިލާ އަށް މި ކުރެހުން ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
"އެ އާއިލާއިން އަންނަނީ ޖުމްލަ 30 ކުރެހުމެއް ހޯދަމުން،" އެ އާއިލާގެ ވަކީލު ބުންޏެވެ.
"މިއީ އޭގެ ތެރެއިން ލިބުނު ފުރަތަމަ އަދި ފާހަގަކުރެވުނު ވެސް ފުރަތަމަ ކުރެހުން. އެ ކުރެހުންތަކުގެ ފޮޓޯ ނެތުމުން ހޯދަން ވަނީ އުނދަގޫވެފައި."
މީގެ 71 އަހަރު ކުރިން ނާޒީން ފޭރިގަނެފައިވާ ކުރެހުން: މި ކުރެހުމުން ފެންނަނީ ނޫ ކުލައިގެ ވާސަކަށް ޖަހާފައިވާ ފިޔާތޮޅި ކުލައިގެ މާތަކެއް.-- ފޮޓޯ: ރޮއިޓާސް
ޖަރުމަނުގެ އާޓިސްޓެއް ކަމަށްވާ ލޯވިސް ކޯރިންތުގެ އެ ކުރެހުމުގައި ފެންނަނީ ނޫ ކުލައިގެ ވާސަކަށް ޖަހާފައިވާ ފިޔާތޮޅި ކުލައިގެ މާތަކެކެވެ. އެ ކުރެހުންތަކުގެ ވެރިފަރާތަކީ މިހާރު މަރުވެފައިވާ ދެމަފިރިން ކަމަށްވާ ގުސްތަވު އާއި އެމާ މޭޔާ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެ ދެމަފިރިން ވަނީ އާއިލާ އެ ގައުމުން ފިލައިފަ އެވެ. އެމީހުން ފަހުން ދިރިއުޅުނީ އިނގެރޭސިވިލާތުގަ އެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު، ނާޒީން ފޭރިގަތް މި ކުރެހުމާއި އެހެން ކުރެހުންތަކާ އެކު މި އެއްޗެހި ބެހެއްޓީ ބެލިއަމްގެ މިއުޒިއަމުގަ އެވެ. ނާޒީން ފޭރިގަނެފައިވާ ކުރެހުންތައް ވަކިކޮށް، އެ އެއްޗެއްސަށް ހާއްސަކޮށްގެން މިހާރު ވަނީ އެ މިއުޒިއަމުގައި ދެ ކޮޓަރިއެއް ވެސް ހަދައިފަ އެވެ.
ނޯވޭގެ އަގުބޮޑު ނޭޝަނަލް އާޓް މިއުޒިއަމް ހުޅުވަނީ
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް
ހުޅަނގު ޔޫރަޕްގެ ފެންބޮޑުވުމުގައި 180 މަރު
އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތަކަކީ ކޮބާ؟
ޖަރުމަނުގައި ހަމަލާދިން ސައޫދީ މީހާ ވީ މޮޔައަކަށް
ބެލްޖިއަމްގައި ޑިސްޕޮސަބްލް އީ-ސިނގިރެޓް މަނާކޮށްފި
ޖަރުމަނުގައި ހަމަލާދިން މީހާ ފޮނުވަން ސައޫދީން އެދުނު
ޖަރުމަނުގެ ހަމަލާދިނީ މުރުތައްދުވެ ހިމާޔަތް ހޯދި މީހެއް
ޖަރުމަނުގެ ޗާންސެލަރަށް އިތުބާރު އޮތްތޯ ބަލަން ވޯޓަކަށް
ސިނގިރެޓް ޑިމާންޑް ދަށްވެ ބޮޑު ދެ ފެކްޓަރީއެއް ބަންދު