10 ޖޫން 2022
ގާތްގަނޑަކަށް 650 މިލިއަން ޑޮލަރު ހަރަދުކޮށްގެން ނޯވޭގައި ހެދި ނޭޝަނަލް މިއުޒިއަމް މާދަމާ ހުޅުވަން ނިންމައިފި އެވެ.
ގާތްގަނޑަކަށް 650 މިލިއަން ޑޮލަރު ހަރަދުކޮށްގެން ނޯވޭގައި ހެދި ނޭޝަނަލް މިއުޒިއަމް މާދަމާ ހުޅުވަން ނިންމައިފި އެވެ.
ނޯވޭގެ އޮސްލޯގައި ހެދި އެ މިއުޒިއަމް އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ މިއުޒިއަމްތަކުގެ ލިސްޓުގައި ހިމެނިގެންދާނެ ތަނެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޖަރުމަނުގެ އާކިޓެކް ކްލައުސް ޝުވާކް "ބޮކްސް" އެއް ގޮތަށް ޑިޒައިންކޮށްފައިވާ އެ އިމާރާތުގެ މަސައްކަތް ނިމެން އަށް އަހަރު ހޭދަވި އެވެ. ނުލައި އަޅި ކުލައިން އެ އިމާރާތް ފަރުމާކޮށްފައިވާ އެ އިމާރާތުގެ ލައިޓް ހޯލް ހަދާފައި ވަނީ ބިއްލޫރި އާއި މާބުލް ބޭނުންކޮށްގެންނެވެ.
ގާތްގަނޑަކަށް 650 މިލިއަން ޑޮލަރު ހަރަދުކޮށްގެން ނޯވޭގައި ހެދި ނޭޝަނަލް މިއުޒިއަމް: އެތަން ހުޅުވަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ރޮއިޓާސް
އެ އިމާރާތް ހިންގުމަށް ބޭނުންވާ ހަކަތަ މަދުކުރުމުގެ ގޮތުންނާއި ގްރީންހައުސް އެމިޝަން ކުޑަކުރުމުގެ ގޮތުން، އެތަން ހޫނު ކުރުމަށާއި އަދި ފިނިކުރުމަށް ބޭނުންކުރާނީ ފެނެވެ.
އެ ބޮޑު އިމާރާތަށް ނޯވާގެ ފަސް އާޓް އެންޑް ޑިޒައިން މިއުޒިއަމްތައް ބަދަލުކޮށްފައި ވެސް ވެ އެވެ.
އެ އިމާރާތުގައި އެގްޒިބިޓްކުރަން 13،000 އަކަމީޓަރުގެ ޖާގަ އޮންނާނެއިރު، 6،500 އަށް ވުރެ ގިނަ އާޓްވޯކުތައް ދާއިމަށް ޑިސްޕްލޭ ކުރާނެ އެވެ، އޭގެ ތެރޭގައި، ނޯވޭގެ ކުރެހުންތެރިޔާ އެޑްވާޑް މަންޗުގެ "ދަ ސްކްރީމް" ވެސް ހިމެނެ އެވެ.
ގާތްގަނޑަކަށް 650 މިލިއަން ޑޮލަރު ހަރަދުކޮށްގެން ނޯވޭގައި ހެދި ނޭޝަނަލް މިއުޒިއަމްގެ އެތެރެ ފެންނާނެ ގޮތުގެ ޑިޒައިނެއް: އެތަން ހުޅުވަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ރޮއިޓާސް
ކުދިކުދި އާޓް އެގްޒިބިޝަންތައް ބޭއްވުމަށް އެ މިއުޒިއަމްގެ ހޯލް ބޭނުންކުރާއިރު، ފުރަތަމަ ފަށަނީ "އައި ކޯލް އިޓް އާޓް" ކިޔާ އެގްޒިބިޝަނަކުންނެވެ. އެ އެގްޒިބިޝަންގައި ދައްކާލާނީ ނޯވޭގެ އިޖުތިމާއީ ހާލަތާ ގުޅޭ ގޮތުން އެ ގައުމުގެ އާޓިސްޓުން ތައްޔާރުކޮށްފައިވާ ކުރެހުންތަކެވެ.
އެ މިއުޒިއަމް އިން ޕްލޭންކޮށްފައިވާ އެހެން އެގްޒިބިޝަންތަކުގެ ތެރޭގައި 2024 ގައި ބާއްވާ އެމެރިކާގެ އެބްސްޓްރެކްޓް ޕެއިންޓާ މާކް ރޮތުކޯ އާއި މެކްސިކޯގެ ސަރިއަލިސްޓް ޕެއިންޓާ ފްރިޑާ ކަލްއޯގެ އެގްޒިބިޝަން ވެސް ހިމެނެ އެވެ.
ނާޒީން ފޭރިގަތް ކުރެހުމެއް އޭގެ ވެރިފަރާތަށް
ހުޅުމާލޭގައި 17 މޮނިއުމެންޓް ހަދަން މުބާރާތެއް
ސްޕެއިން، ނޯވޭ، އަޔަލަންޑު ފަލަސްތީނު ބަލައިގެންފި
ނޯވޭވެސް ފަލަސްތީނު ބަލައިގަންނާތީ އިޒްރޭލުގެ ނުރުހުން
އިންޓަނޭޝަނަލް އާޓްސް ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ
ނޯވޭއަށް ބޮޑު ދެރައެއް، ހާލަންޑަށްވެސް އަނިޔާވެއްޖެ
ކުޑަކުދިންގެ ދުވަސް: އެސްޓީއޯގެ ކުރެހުމުގެ މުބާރާތެއް
ރާނީގެ ފިލްމަށް ނޯވޭ ސަފީރު ފާޑު ވިދާޅުވުމުން ރައްދެއް
ހުޅުމާލޭގައި ކްލޭ ސްޓޫޑިއޯއެއް ހުޅުވައިފި
ހާލަންޑަށް އަނިޔާވެ ސްޕެއިންއާ ދެކޮޅަށް ނުކުޅެވޭނެ