ޣައްޒާގައި ބޭނުންކުރެވޭނެ އަސްކަރީ އާލާތްތައް އިޒްރޭލަށް އެކްސްޕޯޓްކުރުން ހުއްޓާލާނެ ކަމަށް ޗާންސެލަރު ފްރެޑްރިކް މާޒް އިއުލާނުކުރައްވައިފި އެވެ.
ޣައްޒާގައި ބޭނުންކުރެވޭނެ އަސްކަރީ އާލާތްތައް އިޒްރޭލަށް އެކްސްޕޯޓްކުރުން ހުއްޓާލާނެ ކަމަށް ޗާންސެލަރު ފްރެޑްރިކް މާޒް އިއުލާނުކުރައްވައިފި އެވެ.
މި ނިންމުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއީ "ހަމާސް އަށް ދިން އިނާމެއް" ކަމަށް ސިފަކޮށް ފާޑު ކިޔައިފަ އެވެ.
ޣައްޒާ ސިޓީ އިޒްރޭލު އަސްކަރިއްޔާގެ ދަށަށް ގެންދިއުމުގެ ޕްލޭން ފާސްކުރުމާ އެކު ޖަރުމަނުން މި ފިޔަވަޅު އެޅި އިރު ޖަރުމަނަކީ އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކޮށް ދިފާއުކޮށްދޭ ގައުމުތަކުގެ ތެރޭގައި އަބަދުވެސް އޮންނަ ގައުމެކެވެ. އެހެންވެ މި ނިންމުން ބެލެވިފައިވަނީ ޖަރުމަނުގެ ސިޔާސަތަށް އައި ބޮޑު ބަދަލަކަށެވެ.
ޗާންސެލަރު މާޒް ވަނީ ޣައްޒާގެ ރައްޔިތުންގެ ހާލާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ޣައްޒާ ހިފަން އުޅެނީ ހަމާސްގެ ހަތިޔާރު ބެހެއްޓުން މަޖުބޫރުކޮށް އެ ޖަމާއަތް ނައްތާލައި ރަހީނުން މިނިވަންކުރަން ކަމަށް ބުނާއިރު މި މަގްސަދުތައް ހާސިލްވާނެ ކަމާ މެދު މިހާރު ކުރިއަށްވުރެ ވެސް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.
"ހާލަތު މިހެން އޮއްވައި، ޣައްޒާގައި ބޭނުންކުރެވިދާނެ އަސްކަރީ އެއްވެސް އާލާތެއް އިޒްރޭލަށް އެކްސްޕޯޓްކުރުމަށް، ވަކި ގޮތަކަށް އަލުން ކަނޑައަޅަންދެން، ޖަރުމަނު ސަރުކާރުން ހުއްދައެއް ނުދޭނެ،" ޗާންސެލަރުގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
މިކަމާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މާޒް އަށް ނަތަންޔާހޫ ގުޅައި މި ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފައިވާ ކަމަށެވެ. އެ ބަޔާނުގައި ސިފަކޮށްފައިވާ ގޮތުގައި ޖަރުމަނުގެ ނިންމުމަކީ "ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރަންޖެހިފައިވާ ހަނގުރާމަ" އަށް އެހީވުމުގެ ބަދަލުގައި "ހޮލޮކާސްޓަށް ފަހު ޔަހޫދީންނާ ދެކޮޅަށް އެންމެ ބޮޑު ޖަރީމާ" ހިންގި ހަމާސް ދިން ހަދިޔާއެކެވެ.
ބަޔާނުގައި އިޝާރާތްކޮށްފައިވަނީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއަށެވެ.
ޣައްޒާ ހިފުމަށް އިޒްރޭލުން ނިންމައި އިއްޔެ އެކަން އިއުލާނުކުރުމާ އެކު ގައުމުތަކުން ދަނީ އެ ނިންމުން ކުށްވެރިކުރަމުންނެވެ.
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ
ޣައްޒާގައި ޝަހީދުކުރި އަދަދު 65،000 އިން މައްޗަށް
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ސިޓީ މިހާރު އަނދަނީ ކަމަށް އިޒްރޭލުން ބުނެފި
އިޒްރޭލުގެ ބޭނުމަކީ މަޝްވަރާތައް ފެއިލްކޮށްލުން: ގަތަރު
ތަފާތުކުރުން ހުއްޓާލައި އިޒްރޭލަށް އަދަބުދޭން ގޮވާލައިފި
ޣައްޒާ ސިޓީން 250000 މީހުން ނުކުމެއްޖެ: އިޒްރޭލް
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
ޣައްޒާގައި އިޒްރޭލު ސިފައިންގެ 4 މީހަކު މަރާލައިފި