19 ޖުލައި 2016
ވޫޒްބާގް (ޖުލައި 19) - ޖަރުމަނުގެ ރޭލެއްގައި އަފްޣާނިސްތާނުގެ ރެފިއުޖީ ކުއްޖަކު ކޯރާޑިއަކާއި ވަޅިން ހަމަލާދީ ހަތަރު މީހުން ޒަޚަމްކޮށްލައިފި އެވެ.
ވޫޒްބާގް (ޖުލައި 19) - ޖަރުމަނުގެ ރޭލެއްގައި އަފްޣާނިސްތާނުގެ ރެފިއުޖީ ކުއްޖަކު ކޯރާޑިއަކާއި ވަޅިން ހަމަލާދީ ހަތަރު މީހުން ޒަޚަމްކޮށްލައިފި އެވެ.
ޖަރުމަނުގެ ދެކުނުގައި ހިންގި މި ހާދިސާގައި ފުލުހުން ބަޑިޖަހާ ރެފިއުޖީ ކުއްޖާ ވަނީ މަރާލައިފަ އެވެ. ރޭލުގައި ދިން ހަމަލާގައި ހަތަރު މީހަކަށް ވަނީ ސީރިއަސް ޒަޚަމްތައް ލިބިފަ އެވެ. ފުލުހުން ބުނީ ލިބުނު ޝޮކާ ގުޅިގެން 14 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
ބެވޭރިއާ ސްޓޭޓުގެ ދާޚިލީ ވަޒީރު ޖޯހިމް ހާމަން ވިދާޅުވީ ރޭލުގައި ކޯރާޑިން ހަމަލާ ދިނުމަށް ފަހު އަފްޣާނިސްތާނުގެ 17 އަހަރުގެ ރެފިއުޖީ ވަނީ ފިލަން ދުވެފައި ކަމަށެވެ. ފުލުހުން ބަޑިޖެހީ އޭނާ ފިލަން ދުވަނިކޮށެވެ.
ހާމަން ވިދާޅުވީ އަފްޣާން ކުއްޖާ ޖަރުމަނަށް އައިސްފައި ވަނީ އެކަނި ކަމަށާއި އޭނާ މި ހަމަލާ ދިނުމުގެ ފަހަތުގައިވާ ބޭނުމަކީ ކޮބައިކަން ނޭނގޭ ކަމަށެވެ.
ޖަރުމަނުގެ މިއުނިކާ ކައިރީގައިވާ ރޭލް ސްޓޭޝަނެއްގައި ވަޅި ހިފައިގެން ހުރި މީހަކު މޭ މަހު ދިން ހަމަލާއެއްގައި ތިން މީހުން ވަނީ ޒަޚަމްކޮށްލައިފަ އެވެ. ހަމަލާ ދިން މީހާ ފަހުން ވަނީ ނަފްސާނީ ބަލި މީހުންގެ ހޮސްޕިޓަލަކަށް ފޮނުވައިފަ އެވެ. އަދި އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް މީހެއް ނޫން ކަމަށް ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ތާލިބާނުންނާ ވާހަކަ ދައްކަން އީޔޫ އިން ގޮވާލައިފި
އައިއެސްގެ މިޝަނެއްގައި އުޅުނު ބަޔަކު ހައްޔަރުކޮށްފި
މުސްލިމު ރެފިއުޖީންނަށް އީޔޫ އިން ހުއްދަ ދޭން ޖެހޭ
ޖަރުމަނުގެ މިއުޒިކް ފެސްޓިވަލެއްގައި ބޮން ގޮއްވާލައިފި
ގަވާއިދާ ޚިލާފު އަފްޣާނީން ޕާކިސްތާނުން ބޭރުކުރަނީ
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
އަފްގާނުން މީހުން ބޭލުމުގައި އެއްވެސް އިންސާފެއް ނެތް
އަފްގާނު ރެފިއުޖީން ބޭރުކުރުމަށް އެމެރިކާގެ އެހީ ބޭނުން
"އަފްގާން ގާލް" އަށް އިޓަލީގެ ރެފިއުޖީއެއްގެ ދަރަޖަ
އަފްގާން ރެފިއުޖީން އެ ގައުމުން ނެރެދިނުމަށް ގޮވާލައިފި