04 އޮކްޓޯބަރ 2023
ބޭރު މީހުން ޕާކިސްތާނުގައި ވަޒީފާ އަދާކުރުމާއި ދިރިއުޅުމަށް ބޭނުންވާ ގާނޫނީ ލިޔުންތައް ނެތި، ގަވާއިދާ ޚިލާފަށް އެ ގައުމުގައި ދިރިއުޅެމުން ދާ އަފްޣާނިސްތާނުގެ ރައްޔިތުން ގައުމުން ބޭރު ކުރުމަށް ޕާކިސްތާނު ސަރުކާރުން ނިންމައި އިއްޔެ އެކަމަށް މުހުލަތެއް ދީފި އެވެ.
ބޭރު މީހުން ޕާކިސްތާނުގައި ވަޒީފާ އަދާކުރުމާއި ދިރިއުޅުމަށް ބޭނުންވާ ގާނޫނީ ލިޔުންތައް ނެތި، ގަވާއިދާ ޚިލާފަށް އެ ގައުމުގައި ދިރިއުޅެމުން ދާ އަފްޣާނިސްތާނުގެ ރައްޔިތުން ގައުމުން ބޭރު ކުރުމަށް ޕާކިސްތާނު ސަރުކާރުން ނިންމައި އިއްޔެ އެކަމަށް މުހުލަތެއް ދީފި އެވެ.
ޕާކިސްތާނުގެ ދާޚިލީ ވަޒީރު ސަރްފްރާޒް ބުގްތީ ވިދާޅުވި ގޮތުގައި ގަވާއިދާ ޚިލާފަށް ޕާކިސްތާނުގައި އުޅޭ އަފްޣާނިސްތާނުގެ ރައްޔިތުންގެ އަދަދު ގާތްގަނޑަކަށް 1.73 މިލިއަނަށް އަރަ އެވެ. އެހެންކަމުން، އެ ފަދަ މީހުން އަމިއްލަ އަށް ޕާކިސްތާނުން ބޭރުވުމަށް، އިއްޔެ އިން ފެށިގެން ފުރުސަތު އޮންނާނެ ކަމަށާއި، އޭގެ ފަހުން އެފަދަ މީހުން ޕާކިސްތާނަށް އެތެރެ ނުވެވޭ ގޮތަށް ފޮނުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަވާއިދާ ޚިލާފަށް ދިރިއުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ޕާކިސްތާނުން ފައިބައިގެން ދިއުމަށް ދީފައިވާ މުހުލަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ގަވާއިދާ ޚިލާފަށް ދިރިއުޅޭ މީހުންގެ އިތުރުން، ރެފިއުޖީންގެ ގޮތުގައި ވެސް، އަފްޣާނިސްތާނުގެ 4.4 މިލިއަން މީހުން ޕާކިސްތާނުގައި ދިރިއުޅެ އެވެ.
ދާޚިލީ ވަޒީރު ވިދާޅުވި ގޮތުގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ޕާކިސްތާނުން ފޮނުވައިލުމަށް ނިންމީ، އެ ފަދަ މީހުން ހިންގާ ޖިނާއީ ކުށްތަކުގެ ސަބަބުންނާއި، އެ ފަދަ މީހުންގެ ފަރާތުން ކުރިމަތިވާ އިޖްތިމާއީ މައްސަލަތައް އިތުރުވަމުން ދާތީ އެވެ. އެ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި، ޖާނުން ފިދާވެގެން ދިން ބޮމުގެ 24 ހަމަލާގެ ތެރެއިން 14 ހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ މީހުން ކަމަށް ދާޚިލީ ވަޒީރު ވިދާޅުވި އެވެ.
"އަހަރެމެން މި ދިން މުއްދަތުގައި އެމީހުން ޕާކިސްތާނުން ނުފައިބައިފި ނަމަ، ހުރިހާ ޕްރިވިންސްތަކާއި މައި ސަރުކާރުގައި ހިމެނޭ ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާތައް ބޭނުންކޮށްގެން އެމީހުން ގައުމުން ބޭރު ކުރާނަން،" ޕާކިސްތާނުގެ ދާޚިލީ ވަޒީރު ސަރްފްރާޒް ބުގްތީ ވިދާޅުވި އެވެ.
"އަހަރެމެންނަށް ގަބޫލު ނުކުރެވޭނެ ދެ ކަމެއް އެމީހުންގެ ފަރާތުން އެ ދަނީ ފެންނަމުން. އެއް ކަމަކީ، އަފްޣާނިސްތާނުގެ ތެރެއިން އެމީހުން މި ގައުމަށް ދޭ ހަމަލާތައް. އަނެއް ކަމަކީ، މި ގައުމުގައި ތިބެގެން މި ގައުމުގެ ރައްޔިތުންނަށް ދޭ ހަމަލާތައް. މިކަމުގެ ސާފު ހެކި އަހަރެމެންގެ އަތުގައި އެބަހުރި."
ކުރީގެ ސޮވިއެޓް ޔޫނިއަންގެ ސިފައިން 1979 ވަނަ އަހަރު އަފްޣާނިސްތާނު ހިފުމާ ގުޅިގެން، ރެފިއުޖީންގެ ގޮތުގައި އަފްޣާނުން ފައިބައިގެން ދިޔަ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ވަޒަންވެރިވީ ޕާކިސްތާނުގަ އެވެ. އދ. މަޖިލީހުގެ ހިސާބުތައް ދައްކާ ގޮތުން، ރެފިއުޖީންގެ ގޮތުގައި ޕާކިސްތާނުގައި ރަޖިސްޓްރީ ވެގެން އުޅެމުން އަންނަ އަފްޣާން މީހުންގެ އަދަދަކީ 1.3 މިލިއަން މީހުންނެވެ. އަދި ރެފިއުޖީއެއްގެ ގާނޫނީ ހައިސިއްޔަތު ނުލިބޭ، އަފްޣާންގެ 880000 މީހުން ޕާކިސްތާނުގައި އުޅެމުން އަންނަ ކަމަށް ވެސް އދ.ގެ ހިސާބުތައް ދައްކަ އެވެ.
ޕާކިސްތާނުގެ މި ނިންމުމާ ގުޅިގެން، އަފްޣާނިސްތާނުން ބުނީ މިއީ ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރައްޔިތުންނާ ދެކޮޅަށް ހިންގި ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށެވެ. ވެރިރަށް އިސްލާމް އާބާދުގައި ހުންނަ އަފްޣާން އެމްބަސީން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ދެ ހަފުތާގެ ތެރޭގައި ޕާކިސްތާނު ފުލުހުން، އަފްޣާން ރައްޔިތުންގެ 1000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕާކިސްތާނު ފުލުހުން ހައްޔަރު ކުރި ގިނަ މީހުންނަކީ، ޕާކިސްތާނުގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިގެން ގާނޫނީ އިމުގެ ތެރޭގައި ތިބި މީހުންނެވެ. އަފްޣާން ރައްޔިތުންނަށް ކަމޭ ހިތުމަށް ޕާކިސްތާނު ސަރުކާރުން ތަކުރާރުކޮށް ވައުދުވެފައި ވެސް، އަމަލު ކުރަމުން ދަނީ އެއާ ޚިލާފަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
އަފްޣާން ޚާރިޖީ ވަޒީރު ޕާކިސްތާނަށް
އަފްޣާނުން ހަމަލާދީ ޕާކިސްތާނުގެ ހަ މީހުން މަރާލައިފި
އިންޑިއާގެ އެހީ އަފްގާނަށް ދާނީ ޕާކިސްތާނުގެ ތެރެއިން
އަފްޣާނަށް އެހީވުމުގެ ބައްދަލުވުން ޕާކިސްތާނުގައި
އަފްގާނުން މީހުން ބޭލުމުގައި އެއްވެސް އިންސާފެއް ނެތް
އަފްގާނު ރެފިއުޖީން ބޭރުކުރުމަށް އެމެރިކާގެ އެހީ ބޭނުން
"އަފްގާން ގާލް" އަށް އިޓަލީގެ ރެފިއުޖީއެއްގެ ދަރަޖަ
އަފްގާން ރެފިއުޖީން އެ ގައުމުން ނެރެދިނުމަށް ގޮވާލައިފި
އަފްގާނުގެ ކުރިމަގާ ގުޅޭ މަހާސިންތާއެއް އީރާނުގައި