Roadha Mihaaru
ލުކާކޫ ހޯދުމަށް ކޮންޓޭ އަތުކުރި އޮޅާލައިފި

ލުކާކޫ ހޯދުމުގެ މަސައްކަތުގައި ކޮންޓޭ އަތުކުރި އޮޅާލައިފި

21 ޖުލައި 2019

ސިންގަޕޫރު (ޖުލައި 21) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދަން ކުރަމުން އަންނަ މަސައްކަތް އިންޓަ މިލާނުން ހުއްޓާނުލާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސިންގަޕޫރު (ޖުލައި 21) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދަން ކުރަމުން އަންނަ މަސައްކަތް އިންޓަ މިލާނުން ހުއްޓާނުލާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މީގެ ކުރިން ޗެލްސީގައި ހުރިއިރު ވެސް ކޮންޓޭ ވަނީ ލުކާކޫ ހޯދަން މަސައްކަތްކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން ލުކާކޫ، ޔުނައިޓެޑަށް ބަދަލުވީ 93 މިލިއަން ޑޮލަރަށެވެ. އެ ފަހަރު ލުކާކޫ ޔުނައިޓެޑާ ގުޅުނީ އޭރު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެދުމަށެވެ.

ޕްރީސީޒަނުގެ ފޯރިގަދަ މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި އިއްޔެ ޔުނައިޓެޑުން ވަނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ޖެހި ހަމައެކަނި ގޯލުން 1-0 އިން އިންޓަ ބަލިކޮށްފަ އެވެ. އެ މެޗު ކުރިއަށްދިޔަ ވަގުތު އިންޓަ އިން ވަނީ ލުކާކޫ ހޯދަން ޔުނައިޓެޑާ އެކު މަޝްވަރާކޮށްފަ އެވެ. އަދި އިންޓަ އިން ހުށަހެޅި 67 މިލިއަން ޑޮލަރުގެ ބިޑަށް ޔުނައިޓެޑުން ވަނީ ނޫނެކޭ ބުނެފަ އެވެ. ކޮންޓޭ ބުނީ އަދި މި ހިސާބުން މަސައްކަތް ނުނިމޭ ކަމަށެވެ.

"ލުކާކޫ އަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިއެއް. އެހެން ޓީމުތަކުގެ ކުޅުންތެރިންގެ ވާހަަކަ ދައްކަންޖެހޭނީ އިހުތިރާމް ދީގެން. އެކަމަކު އަހަރެމެން މި އަންނަނީ ލުކާކޫ ހޯދަން މަސައްކަތް ކުރަމުން. އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރިއަށްދާނެ. އަދިވެސް އަހަރެމެން މި ތިބީ އުއްމީދުގައި. މަސައްކަތް ހުއްޓައެއް ނުލަން،" ކޮންޓޭ ބުންޏެވެ.

އިންޓައާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ތެރެއިން ލުކާކޫ. -- ފޮޓޯ: އޭއެފްޕީ

އިންޓައާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ތެރެއިން ލުކާކޫ. -- ފޮޓޯ: އޭއެފްޕީ

"އަހަރެންގެ ނަޒަރުގައި އިންޓަ މިހާރު އޮތް ލެވެލުން މައްޗަށް ޖައްސާލަން ބޭނުންވަނީ ލުކާކޫ ފަދަ ކުޅުންތެރިއެއް."

ރިޕޯޓްތައް ބުނާގޮތުގައި އިންޓަ އިން ލުކާކޫ ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރާނީ އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ ވިއްކާލުމަށް ފަހު އެވެ. އިކާޑީ ވިއްކާލަން އިންޓަ އިން މަސައްކަތްކުރަމުން އަންނައިރު، އޭނާ ހޯދަން މަސައްކަތްކުރަމުން އަންނަ އެއް ކްލަބަކީ ޔުވެންޓަސް އެވެ. ޔުވެންޓަސް އިން އިކާޑީއާ އެކު މަޝްވަރާކުރަމުން އަންނައިރު، އެއްބަސްނުވެވި އޮތީ މުސާރައިގެ އިތުރުން ވަކި އަދަދަކަށް ސީޒަނެއްގައި މެޗު ކުޅުވަންޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނަންޖެހޭ ބަޔާ މެދު ޔުވެންޓަސް އިން އެއްބަސްނުވާތީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ވަނީ އިކާޑީ އާއި ލުކާކޫ ބަދަލުކުރަން އިންޓަ އިން ހުށަހެޅުމުން އެ ޑީލަށް ފުރަގަސްދީފަ އެވެ. ޔުނައިޓެޑުން އުމުރުން 26 އަހަރުގެ ލުކާކޫ ވިއްކާލާނީ އޭނާ ގަންނަން ހޭދަކުރި އަގާ ދާދި އެއްވަރެއްގެ ހުށަހެޅުމެއް ލިބިއްޖެނަމަ އެވެ.