Roadha Mihaaru
އިންޒާގީ އިންޓަ އަށް، ލުކާކޫ މަޑުކުރާނެ

އިންޒާގީ އިންޓަ އަށް، ލުކާކޫ މަޑުކުރާނެ

04 ޖޫން 2021

މިލާން (ޖޫން 4) - އިންޓަ މިލާނަށް 10 އަހަރު ފަހުން ސެރީ އާގެ ޗެމްޕިއަންކަން ހޯދައިދިން، އެންޓޯނިއޯ ކޮންޓޭ ދޫކޮށްލުމަށް ފަހު، އެ ޓީމުގެ ކޯޗްކަށް ސިމޯން އިންޒާގީ ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (ޖޫން 4) - އިންޓަ މިލާނަށް 10 އަހަރު ފަހުން ސެރީ އާގެ ޗެމްޕިއަންކަން ހޯދައިދިން، އެންޓޯނިއޯ ކޮންޓޭ ދޫކޮށްލުމަށް ފަހު، އެ ޓީމުގެ ކޯޗްކަށް ސިމޯން އިންޒާގީ ހަމަޖައްސައިފި އެވެ.

ބޮޑު މުސާރައެއް ދޭ ކޮންޓޭ، އެ ޓީމުން ދޫކޮށްލީ ކްލަބުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުންނެވެ. ކޮންޓޭ ޓީމު ދޫކޮށްލިޔަސް، އޭނާ ގެނައި ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ ވަނީ، އިންޓައާ އެކު ކުރިއަށްދާން ނިންމައިފަ އެވެ.

ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން، ސީނިއާ ބައެއް ކުޅުންތެރިން އިންޓައިން ދޫކޮށްލާނެ އެވެ. ނަމަވެސް މިދިޔަ ސީޒަންގައި ސެރީ އާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ލުކާކޫ ދޫކޮށް ނުލަން އިންޓައިން ވެސް ވަނީ ނިންމައިފަ އެވެ.

ލުކާކޫ އަލުން ޗެލްސީ އަށް ގެނައުމަށް، ޗެލްސީގެ މިހާރުގެ ކޯޗް ތޯމަސް ޓުޗެލް ޝައުގުވެރި ވެ އެވެ.

އިންޒާގީ އާއި ކޮންޓޭ

އިންޒާގީ އާއި ކޮންޓޭ

"އަހަރެން ޓީމުގައި މަޑު ކުރަން ނިންމައިފިން. އިންޓަގައި އަހަންނަށް ހިތްހަމަޖެހުން އިހްސާސް ކުރެވޭ،" ލުކާކޫ ބުންޏެވެ. ކޯޗެއްގެ ގޮތުގައި އިންޒާގީ ހަމަޖެއްސުމުގެ ކުރިން ލުކާކޫ ވަނީ އޭނާއާ ވަހަކަ ދައްކައިފަ އެވެ.

"އަހަރެމެންގެ ކޯޗުކަމާ ހަވާލުވާން ހުރި މީހާ އާ އަހަރެން ވާހަކަ ދައްކައިފިން. އެ ވާހަކަތައް ދިޔައީ ވަރަށް ރަނގަޅަށް. އޭނާގެ ވިސްނުން ހުރީ ވެސް ލީގު ކާމިޔާބު ކުރަން ވާދަކުރުން."

ލާޒިއޯގެ ކުރީގެ ކޯޗު އިންޒާގީ، އިންޓަ އަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމުގެ ދަށުންނެެވެ.