17 ޑިސެމްބަރ 2020
މިލާން (ޑިސެމްބަރު 17) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާން ރޭ ޖެނޯއާއާ 2-2 އިން އެއްވަރުވުމުގެ ފައިދާ ނަގައި، ނަޕޯލީ 1-0 އިން ބަލިކޮށް އިންޓަ މިލާނުން ދެ ވަނައިގައި އެއް ޕޮއިންޓަށް ލީޑު ކުޑަކޮށްފި އެވެ.
މިލާން (ޑިސެމްބަރު 17) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާން ރޭ ޖެނޯއާއާ 2-2 އިން އެއްވަރުވުމުގެ ފައިދާ ނަގައި، ނަޕޯލީ 1-0 އިން ބަލިކޮށް އިންޓަ މިލާނުން ދެ ވަނައިގައި އެއް ޕޮއިންޓަށް ލީޑު ކުޑަކޮށްފި އެވެ.
ކުރިން ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އޮތް މިލާން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އެއްވަރުވުމުން ގެއްލުން ދެއްކީ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 28 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. މިލާނާ ތަފާތުކުޑަކުރަން ޔުވެންޓަސް އަށް ވެސް ފުރުސަތު އޮތް ނަމަވެސް ރޭ އެޓަލާންޓާއާ 1-1 އިން އެއްވަރުމުން އެ ފުރުސަތެއް ނުލިބުނެވެ. އެ ޓީމު ތިން ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު ނަޕޯލީ އެވެ.
އަމިއްލަ ދަނޑުގައި އިންޓަ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 73 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ރޮމެލޫ ލުކާކޫ އެވެ. އެ ޕެނަލްޓީ ދިނުމުން ހިތްހަމަނުޖެހި ރެފްރީއާ ޒުވާބުކުރުމުން އެ ވަގުތު ނަޕޯލީގެ ކެޕްޓަން ލޮރެންޒީ އިންސީނޭ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.
ޖެނޯއާ އާއި މިލާން ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު މަޓެއޯ ޑެސްޓްރޯގެ ލަނޑުން ޖެނޯއާ ލީޑު ނެގި އެވެ. އޭގެ ފަހުން މިލާނަށް އެއްވަރުކޮށްދިނީ ފުލްބެލް ޑެވިޑޭ ކަލަބްރިއާ އެވެ. ޑެސްޓްރޯ ދެ ވަނަ ފަހަރަށް ޖެނޯއާ އަށް ލީޑު ނަގައިދީފައިވަނިކޮށް މިލާން ސަލާމަތްކޮށްދިނީ ޑިފެންޑަރު ޕިއެރޭ ކަލޫލޫ އެވެ.
އެޓަލާންޓާއާ ދެކޮޅަށް ޔުވެންޓަސްގެ ފެޑެރިކޯ ޗިއެސާ 29 ވަނަ މިނެޓުގައި ލީޑު ނެގި އެވެ. އޭގެ ފަަަހުން އެޓަލާންޓާ އަށް އެއްވަރުކޮށްދިނީ ރެމޯ ފްރުލާ އެވެ. ޔުވެންޓަސް އަލުން ލީޑު ނަގަން ލިބުނު ޕެނަލްޓީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހުމުން ނާކާމިޔާބުވީ އެވެ.
މިލާން ޑާބީގައި ލުކާކޫ އަށް ނުކުޅެވޭނެ: އިންޓަ
އަލުން އިންޓަ އަށް ބަދަލުވެ، ލުކާކޫ އުފަލުން
ލުކާކޫ އެނބުރި އިންޓަ އަށް ފުރަން ތައްޔާރުވަނީ
ލުކާކޫ އަށް ހުށަހެޅި އަގުބޮޑު ބިޑަށް ދެކޮޅު ހަދައިފި
އިންޒާގީ އިންޓަ އަށް، ލުކާކޫ މަޑުކުރާނެ
މިއީ އެންމެ މޮޅަށް ކުޅެވުނު ސީޒަން: ލުކާކޫ
ލުކާކޫގެ ގޯލުތަކާ އެކު އިންޓަ އެއް ވަނަ އަށް
ރެއާލާ ދެކޮޅަށް ލުކާކޫ އަށް ނުކުޅެވޭނެ
ލުކާކޫ، ޗުއްޓީއެއްގައި ރާއްޖެ އަންނަން ބޭނުންވެފައި
ޔުނައިޓެޑް ދޫކޮށްލުމަކީ ރަނގަޅު ނިންމުމެއް: ލުކާކޫ