03 މެއި 2021
މިލާން (މެއި 3) - މި ސީޒަނަކީ އޭނާ އަށް އެންމެ މޮޅަށް ކުޅެވުނު ސީޒަން ކަމަށް، އިންޓަ މިލާންގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.
މިލާން (މެއި 3) - މި ސީޒަނަކީ އޭނާ އަށް އެންމެ މޮޅަށް ކުޅެވުނު ސީޒަން ކަމަށް، އިންޓަ މިލާންގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.
ލުކާކޫގެ ހިއްސާއާ އެކު، އިންޓަ އިން ވަނީ މި ސީޒަންގެ ސެރީ އާ ގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ލުކާކޫ ބުނީ، މި އަހަރަކީ އޭނާއަށާއި އިންޓަ އަށް އާދަޔާ ހިލާފް އަހަރެއް ކަމަށެވެ.
"އަހަރެން ފަހްރުވެރިވޭ އިންޓަ އަށް ކުޅެވޭތީ،" ބެލްޖިއަމްގެ ފޯވަޑް ބުންޏެވެ. "އަހަރެން ބޭނުން ސަޕޯޓަރުންނާ އެކު ނުކުމެ މިކަމުގެ އުފާފާޅުކުރުންތައް ބާއްވަން. އަހަންނަށް އަދި މި ޓީމުގެ ގިނަ ކުޅުންތެރިންނަށް މިއީ ފުރަތަމަ ލީގު ޓައިޓަލް. އެހެންވީމަ އަހަރެން ބޭނުމީ މިކަން ސަޕޯޓަރުންނާ އެކު ފާހަގަ ކުރަން."
މިއީ އިންޓަ އިން ލީގު ޗެމްޕިއަންކަން ހޯދި 19 ވަނަ ފަހަރެވެ. އަދި އެއީ 11 އަހަރު ތެރޭ އެ ޓީމުން ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އިންޓަ އަށް ރޭ ލީގު ޗެމްޕިއަންކަން ކަށަވަރުވީ ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުން އެޓަލާންޓާ އަށް މޮޅު ނުވެވުމުންނެވެ.
އިންޓަ އެއްވަނައިގައި އޮތީ 13 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ މިހާރު އޮތީ ހަތަރު މެޗެވެ. އެ ހަތަރު މެޗު އެޓަލާންޓާ ކާމިޔާބު ކުުރިއަސް ޕޮއިންޓްގެ ގޮތުން އިންޓައާ އެއްވަރު ނުކުރެވޭނެ އެވެ. އިންޓަ އިން ލީގު ކާމިޔާބު ކުރުމުން ޖެހިޖެހިގެން ނުވަ އަހަރު ވަންދެން ޔުވެންޓަސް އިން ދެމެހެއްޓި ޑޮމިނޭޝަނަށް ވަނީ ނިމުން އައިސްފަ އެވެ.
ލުކާކޫގެ ގޯލާ އެކު އިންޓަ އަށް ފުރިހަމަ ފެށުމެއް
އިންޒާގީ އިންޓައަށް ލީގު ޗެމްޕުއަންކަން ހޯދައި ދީފި
ޗެމްޕިއަކަން ހޯދުމުގެ އުންމީދު އިންޓައިން ބޮޑުކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
"ވާހަކައެއް ނުދައްކާނަން، ޖަވާބު ދޭނީ ދަނޑުމަތިން"
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
ޗެމްޕިއަންކަން ޔަގީންނުވެ ނަޕޯލީ މަޑުޖެހިއްޖެ
ނަޕޯލީ އެއްވަރު، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ
ބާރުގަދައީ އިންޓަ، މިލާނަށް ޝޮޓެއް ހެދުނީ ފަހުކޮޅުގައި