17 ޖުލައި 2019
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށާއި އިންޑިއާގެ ވެށި ރީތިކުރަން ހިންގާ ޕްރޮގްރާމްތަކާ ގުޅުވައިގެން، ވެރިރަށް ނިއު ދިއްލީގެ ނުވަ ކޮލެޖަކާ އަލަށް ގުޅޭ ދަރިވަރުން ފުރަތަމަ އަހަރުގެ ތެރޭގައި 10 ގަސް އިންދާ ގޮތަށް ހަމަޖައްސައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށާއި އިންޑިއާގެ ވެށި ރީތިކުރަން ހިންގާ ޕްރޮގްރާމްތަކާ ގުޅުވައިގެން، ވެރިރަށް ނިއު ދިއްލީގެ ނުވަ ކޮލެޖަކާ އަލަށް ގުޅޭ ދަރިވަރުން ފުރަތަމަ އަހަރުގެ ތެރޭގައި 10 ގަސް އިންދާ ގޮތަށް ހަމަޖައްސައިފި އެވެ.
މި އުސޫލު ހަމަޖައްސާފައި ވަނީ ދިއްލީގެ ނުވަ ކޮލެޖެއް ހިންގަމުން އަންނަ ދިއްލީ ސީކް ގުރްދުވާރާ މެނޭޖްމަންޓް ކޮމިޓީ (ޑީއެސްޖީއެމްސީ) އިންނެވެ. އެތަނުން ކަނޑައަޅާފައިވާ ގައިޑްލައިނުގައި ބުނި ގޮތުގައި ދަރިވަރުން ކިޔަވާ ފުރަތަމަ އަހަރުގެ ތެރޭގައި، ދިއްލީގައި ކަނޑައަޅާފައިވާ އެކި ސަރަހައްދުތަކުގައި މަދުވެގެން 10 ގަސް އިންދަން ޖެހޭނެ އެވެ.
މި އުސޫލު ތަންފީޒުކުރާނެ ކޮލެޖްތަކަކަކީ ސްރީ ގުރޫ ތޭގް ބަހާދޫރް ޚާސްލާ ކޮލެޖް، ސްރީ ގުރޫ ގޯބިންދު ސިންގް ކޮލެޖް އޮފް ކޮމާސް، ސްރީ ގުރޫ ނަނަކް ދޭވް ޙާސްލާ ކޮލެޖް، މާތާ ސުންދަރީ ކޮލެޖް ފޮ ވިމެން، ސްރީ ގުރޫ ތޭގް ބަހާދޫރު އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެންޑް އައިޓީ، ގުރޫ ތޭގް ބަހާދޫރު އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ގުރޫ ނަނަކް ކޮލެޖް އޮފް އެޑިއުކޭޝަން، ގުރު ރާމް ދާސް ކޮލެޖް އޮފް އެޑިއުކޭޝަން އަދި ގުރޫ ނަނަކް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓެވެ.
ޑީއެސްޖީއެމްސީގެ ރައީސް މަންޖިންދަރު ސިންގް ސިރުސާ ވިދާޅުވީ ދަރިވަރުން ލައްވައި ގަސް އިންދުމުގެ ޕްރޮމްގާމްތަކެއް ހިންގުމުން ކުރިއަށް އޮތް ތަނުގައި ދިއްލީގެ ވައި ސާފުވާނެ ކަމަށެވެ.
ދިއްލީ އަކީ ދުނިޔޭގެ ސިޓީތަކުގެ ތެރެއިން ވައި އެންމެ ނުސާފު އަދި އެކަމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތައް ކުރިމަތުވުމުގެ ފުރުސަތު ބޮޑު ތަނެކެވެ.
ނިއު ދިއްލީގެ މަގެއްގައި ވެހިކަލްތަކެއް ހަރަކާތްތެރި ވަނީ.
"އަލަށް އެކުލަވާލި އުސޫލުގެ ދަށުން ތިމާވެއްޓަށް ސަމާލުކަން ދީ، ވެށި ފެހިކުރުމުގެ މުހިއްމުކަމާއި ބޭނުންތެރިކަން ވެސް ދަރިވަރުންނަށް އިހުސާސް ކުރެވިގެން ދާނެ،" މަންޖިންދަރު ވިދާޅުވި އެވެ. "އަދި މިކަމުގެ ސަބަބުން ފައިދާކުރާނީ އަންނަން އޮތް ޖީލުތަކަށް."
އޭނާ ވިދާޅުވި ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކޮލެޖްތަކުން ދަރިވަރުންނަށް ފުރުސަތު ދޭނީ ވެސް ގަސް އިންދަން ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުވުމަށް ފަހު އެވެ.
އެގޮތުން ފުރަތަމަ އަހަރުގެ ތެރޭގައި 10 ގަސް އިންދަން ޖެހޭ އިރު، ކިޔެވުމަށް ހޭދަ ކުރާ އަހަރުތަކުގައި އިތުރު ގަސްތައް އިންދަން ވެސް ޖެހޭނެ އެވެ. އަދި އެކަން ވަރަށް ރަނގަޅަށް ޑީއެސްޖީއެމްސީން މޮނިޓަ ވެސް ކުރާނެ ކަމަށް މަންޖިންދަރު ވިދާޅުވި އެވެ.
ރޮބޮޓްތަކެއްގެ އެހީގައި 326 ގަސް އިންދައިފި
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް
ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން އިންޑިއާގައި މަނާ
ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި
ދުބާއީ ފެހިކުރަން މިލިއަން ގަސް އިންދަނީ
ރާނީގެ ތަހުތަށް 70 އަހަރު ފާހަގަކުރަން ގަސް އިންދަނީ
ހޮސްޕިޓަލަކުން އެދެނީ ބަލި މީހުން 10 ގަސް އިންދަން
100 މިލިއަނުގެ ކާބަން ޕްރޮގްރާމް އޭޕްރީލް 22 ގައި