24 ޖެނުއަރީ 2022
އިންޑިއާގެ މުސްލިމް އަންހެން ކުދިން، ބޮލުގެ އިސްތަށިގަނޑު ނިވައިވާ ގޮތަށް ބުރުގާ އަޅައިގެން، ކްލާސްތަކަށް ހާޒިރުވުމުން، ބައެއް ކޮލެޖްތަކުން އެފަދަ ދަރިވަރުން ކްލާސްތަކަށް ވަނުން މަނާކުރަން ފަށައިފި އެވެ.
އިންޑިއާގެ މުސްލިމް އަންހެން ކުދިން، ބޮލުގެ އިސްތަށިގަނޑު ނިވައިވާ ގޮތަށް ބުރުގާ އަޅައިގެން، ކްލާސްތަކަށް ހާޒިރުވުމުން، ބައެއް ކޮލެޖްތަކުން އެފަދަ ދަރިވަރުން ކްލާސްތަކަށް ވަނުން މަނާކުރަން ފަށައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި މުސްލިމް އަންހެން ކުދިންނަށް ކޮލެޖްތަކުން ގިނަ ދަތިތަކާއި ހުރަސްތައް ކުރިމަތިވަމުން ދާ ކަމަށް، އިންޑިއާގެ މުސްލިމް ޖަމާއަތްތަކުން ބުނެ އެވެ. މުސްލިމް އަންހެން ކުދިންނަށް އިންޑިއާގެ ކޮލެޖްތަކުން ދަތިތައް ކުރިމަތިކުރަމުން ދާއިރު، މުސްލިމުން ފެނުނު ތަނަކުން މަރައި ހުސް ކުރުމަށް، ހިންދީންގެ ހަރުކަށި ދީނީ ލީޑަރުންތަކެއް، އާންމު އެއްވުމެއްގައި ގޮވައިލި މައްސަލައެއް އެ ގައުމުގެ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
"އަހަރެމެން ކްލާހަށް ވަންނަން ގޮސް ކްލާސް ދޮރުމަތީ ހުއްޓުނުތަނާ، ކްލާހުގައި ހުރި އަންހެން ޓީޗަރު ބުނީ ބުރުގާ އަޅައިގެން އަހަރެމެންނަށް ނުވަދެވޭނެ ކަމަށް. އަދި ކްލާހަށް ވަންނަން ބޭނުން ނަމަ، ބުރުގާ ނަގައިގެން ވަނުމަށް އެންގީ،" ކަރްނާޓަކާ ސްޓޭޓްގައި ސަރުކާރުން ހިންގާ އަންހެން ކުދިންގެ ކޮލެޖްގައި ކިޔަވާ އަލްމާސް، 18، އަލް ޖަޒީރާ އަށް ބުންޏެވެ.
ހަމަ އެ ކޮލެޖްގައި ކިޔަވާ އެހެން މުސްލިމް ކުދިންތަކެއް ކްލާހަށް ހާޒިރުވުމުން، ބުރުގާ އަޅައިގެން ތިބުމުން ކްލާހަށް ނުވައްދައި ބޭރުގައި ބޭތިއްބި އެވެ. ކޮލެޖުގެ އިދާރާ އިން ބުނި ގޮތުގައި ބުރުގާ އަކީ ކޮލެޖްގެ ޔުނީފޯމުގައި ހިމެނޭ ބަޔަކަށް ނުވާއިރު އެކުދިން ހެދުން އަޅައިގެން ތިބީ ކޮލެޖްގެ ގަވާއިދާ ހިލާފަށެވެ.
ނަމަވެސް އެ ކުދިން ބުނި ގޮތުގައި ބުރުގާއަކީ އެ ކުދިން ގަބޫލުކުރާ އަގީދާގެ އެއް ބައެވެ. އަދި ދީނީ ގޮތުން ލިބިގެންވާ އެ ހައްގުގެ ބޭނުން ހިފުމަކީ، ގާނޫނުން ކަށަވަރުކޮށްދޭ ކަމެއް ކަމަށް ވެސް އެ ކުދިން ބުނެ އެވެ. ކޮލެޖްތަކަށް ހާޒިރުވާ މުސްލިމް އަންހެން ކުދިން ބުރުގާ އަޅައިގެން ތިބުމުން، ކްލާހަށް ނުވައްދާތީ، އެ ކުދިން ކޮންމެ ދުވަހަކު ކޮލެޖަށް ހާޒިރުވާއިރު ވެސް، ހާޒިރީގައި ފާހަގަ ކޮށްފައި އޮންނަނީ ކޮލެޖަށް ހާޒިރުނުވާ ކަމަށެވެ.
ބުރުގާ އަޅައިގެން ތިބުމުން ކްލާސްތަކަށް ނުވެއްދި އަންހެން ކުދިންތަކެއް ޔުނީފޯމާ އެކު ކޮލެޖްގެ ތެރޭގައި ކޮޅަށް ތިބޭ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ކޮލެޖްތަކަށާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ކޮލެޖްގެ ބައެއް އަންހެން ކުދިން ބުނި ގޮތުގައި، އެ ކުދިންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ކޮލެޖްގެ ފަރާތުން އަންނަނީ އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށް ބިރު ދައްކަމުންނެވެ. ބައެއް ކުދިން ބުނި ގޮތުގައި، ކްލާސްތަކަށް ހާޒިރު ނުވެވުނީ ގޭގައި ތިބުމުން ކަމަށް ބުނެ ސިޓީއެއް ލިޔެ އާންމު ކުރުމަށް ކޮލެޖްގެ އިދާރާ އިން އަންނަނީ މަޖުބޫރުކުރަމުންނެވެ.
"އަހަރެމެން އެކަމަށް އިންކާރުކުރީމާ، ކޮލެޖްގެ ޕްރިންސިޕަލާއި ޓީޗަރުން މިހާރު އެ ބުނަނީ އަހަރެމެންގެ ދިރިއުޅުން ބަރުބާދު ކޮށްލާނަމޭ. ކްލާހަށް ނުވަދެވި ކްލާހުން ބޭރުގައި ތިބެން ޖެހެނީ އެކަންޏެއް ނޫން. ކްލާހުން ބޭރުގައި ތިބޭއިރު ޓީޗަރުންނާއި އެހެން ދަރިވަރުންގެ ފަރާތުން ވަރަށް ގިނަ ފުރައްސާރަތައް ވެސް އެބަ ކުރިމަތިވޭ،" މުސްކާން ޒައިނަބު ކިޔާ ދަރިވަރަކު ބުންޏެވެ.
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
އިންޑިއާގައި ރޭޕް ގިނަވަނީ ބުރުގާ ނާޅާތީ: ޒަމީރު
ބުރުގާ މައްސަލައިގައި ކޮލެޖްތައް ތިން ދުވަހަށް ބަންދު
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
އުމުރުން 12، ހައި ސްކޫލާއި ކޮލެޖުން ގްރެޖްއޭޓްވަނީ
ވިވެކް މަތީ ތައުލީމަށް ސްކޮލަޝިޕް ދެނީ
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް
ސޯނޫގެ އެހީގައި މި ފަހަރު ޖަހައި ދިނީ އެންޓަނާއެއް
ސޯނޫ ހިލޭ ސްކޮލަޝިޕްތަކެއް ދޭން ނިންމައިފި
ނީލަކަންތާ؛ މިއީ އެންމެ ހަލުވި ކަލްކިއުލޭޓަރު