20 ފެބުރުއަރީ 2021
އިންޑިއާގެ ރަށްފުށުގެ ކުދިންނަށް މަތީ ތައުލީމު ހޯދައިދޭން ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީ ސްކޮލަޝިޕް ޕްރޮގްރާމެއް ލޯންޗްކޮށްފި އެވެ.
އިންޑިއާގެ ރަށްފުށުގެ ކުދިންނަށް މަތީ ތައުލީމު ހޯދައިދޭން ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީ ސްކޮލަޝިޕް ޕްރޮގްރާމެއް ލޯންޗްކޮށްފި އެވެ.
"ކޮވިޑިއާ ސްކޮލަޝިލް 2021" ގެ ދަށުން 16 ކްރޯޑް ރުޕީސް (2.21 މިލިއަން ޑޮލަރު) ގެ ސްކޮލަޝިޕްދޭނެ އެވެ. މި ސްކޮލަޝިޕްތައް ދޭނީ އިންޑިއާގެ އެކި ހިސާބުތަކުގައި ތައުލީމީ ފޯރުކޮށްދޭ އިތުބާރު ހިފޭ ގިނަ އިންސްޓިޓިއުޝްނަތަކާ ވެސް ގުޅިގެންނެވެ. އެގޮތުން "އައި30 ޓްރެއިނިން ޕްރޮގްރާމް" އާ ވެސް ގުޅިގެން ދޭ ސްކޮލަޝިޕްތަކުގައި 130 ސެންޓަރެއް ހިއްސާވާނެ އެވެ.
ވިވެކް ބުނި ގޮތުގައި އެންމެ ބޮޑު އަމާޒަކީ މާލީ ދަތިކަމުގެ ސަބަބުން ކުދިންނަށް މަތީ ތައުލީމަށް ކިޔަވައިދޭނެ ފުރުސަތުން މަހުރޫމުވެފައިވާ އާއިލާތަކުގެ ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމެވެ. އެގޮތުން އާދައިގެ ދަނޑުވެރިންގެ ދަރިންނަށް ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ހާއްސަ އިސްކަމެއް ދޭނެ އެވެ.
"ވަރަށް މޮޅެތި ވިސްނުން ތޫނު ކުދިން އިންޑިއާގެ ރަށްފުށުގެ އެކި ހިސާބުތަކުގައި އެބަތިބި. މަތީ ތައުލީމުން މަހުރޫމުވެފައިވާތީ އެ ކުދިންގެ ހުނަރު ވެސް ތަރައްގީކުރެވޭކަށް ނެތް. އެހެންވެ އަހަރެން މި ފެށި އިނިޝިއޭޓިވްގެ މަގުސަދަކީ މަތީ ތައުލީމުގެ ފުރުސަތު ހޯދައިދީ ކޮންމެ ދަރިވަރަކީ ވެސް އަލި ގަދަ ތަރިއަކަށް ހެދުން،" ވަރަށް ގިނައިން އިޖުމާއީ ކަންކަމަށް އަމިއްލަ ޖީބުން ހޭދަކުރާ އެކްޓަރު ބުންޏެވެ. "މިކަމުގެ ސަބަބުން ރަށްފުށަށް ތަރައްގީ އާއި ކުރިއެރުންތައް އަންނަން ވެސް މަގުފަހިގެން ދާނެ."
ވިވެކް ބުނި ގޮތުގައި މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދީފި ނަމަ އިންޑިއާގެ ރަށްފުށުން ހައިރާންކޮށްލާވަރުގެ މޮޅެތި ދަރިވަރުން އުފެދިގެން ދާނެ އެވެ. އެހެންވެ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭން އެހީވުމުގައި އަބަދު ވެސް ދެމިހުންނާނެ ކަމަށް ބުންޏެވެ.
ދެ ކުދިންގެ ބައްޕަ ވިވެކް، 44، ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އޭނާގެ އިނިޝިއޭޓިވްގެ ވާހަކަ ހިއްސާކޮށްފައިވެ އެވެ.
މިދިޔަ އަހަރު އެކްޓަރު ސޯނޫ ސޫދު ވެސް ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދޭން ސްކޮލަޝިޕް ސްކީމެއް ލޯންޗްކޮށްފައިވެ އެވެ.
ސޯނޫ ހިލޭ ސްކޮލަޝިޕްތަކެއް ދޭން ނިންމައިފި
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
ސޯނޫގެ އެހީގައި މި ފަހަރު ޖަހައި ދިނީ އެންޓަނާއެއް
ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން އިންޑިއާގައި މަނާ
ކްރައިމް ޕެޓްރޯލްގެ ހޯސްޓް އިންވެސްޓިގޭޝަން ކޯހެއް
އަކްޝޭގެ އެހީގައި ކަޝްމީރުގައި ސްކޫލެއް ހަދަނީ
މާދްވަން އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް
ވިވެކް އާއިލާއާ އެކު ކްރޮސްރޯޑްސްގައި
އިންޑިއާގެ ސިނަމާތައް ހުޅުވާނީ މޯދީގެ ފިލްމުން
ނީލަކަންތާ؛ މިއީ އެންމެ ހަލުވި ކަލްކިއުލޭޓަރު