Roadha Mihaaru
މާދްވަން އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް

އެކްޓަރު މާދްވަން އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް

19 ފެބުރުއަރީ 2021

އިންޑިއާގެ އެކްޓަރު އާރް މާދްވަން އިންޑިއާގެ ސިނަމާ އަށް ކޮށް ދެމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަކޮށް އޭނާ އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެކްޓަރު އާރް މާދްވަން އިންޑިއާގެ ސިނަމާ އަށް ކޮށް ދެމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަކޮށް އޭނާ އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް ދީފި އެވެ.

އާންމުކޮށް ތަމަޅަ އާއި ހިންދީ ބަހުން ހަދާ ފިލްމުތަކުގައި މަސައްކަތްކުރާ 50 އަހަރުގެ އެކްޓަރަށް ލިބިފައި ވަނީ ކޯލަޕޫރްގައި ހިންގާ ޑީވައި ޕަޓިލް އެޑިއުކޭޝަން ސޮސައިޓީގެ ޑިގްރީ އޮފް ޑޮކްޓަ ލެޓާޒްގެ ޝަރަފެވެ.

ޑީވައި ޕަޓިލް އެޑިއުކޭޝަން ސޮސައިޓީގެ ބޯޑުން މާދްވާން އަށް އެ ޝަރަފު ދޭން ނިންމީ އާޓްގެ ދާއިރާ އިން ސިނަމާ އަށް ކޮށްދޭ ހިދުމަތްތަކާ ގުޅިގެންނެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މާދްވަން އަކީ އެކްޓަރެއްގެ އިތިރުން ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ރައިޓަރެކެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި "ރެހެނާ ހޭ ތޭރޭ ދިލް މޭ" އާއި "ރަންގް ދެ ބަސަންތީ" އާއި "3 އިޑިޓްސް" އަދި "ތަނޫ ވެޑްސް މަނޫ" ހިމެނެ އެވެ.

މާދްވަން އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2018 ގެ "ޒީރޯ" އެވެ.

އޭނާގެ މި ފަހުން ރިލީޒްވި ތަމަޅަ ފިލްމުތަކުގެ ތެރޭގައި ދާދި ފަހުން ރިލީޒްކުރި "މާރާ" އާއި "ވިކްރަމް ވޭދާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

މާދަވްގެ ކުރިއަށް އޮތް ތަމަޅަ ފިލްމަކީ އޭނާ ޑައިރެކްޓްކޮށް، ކުޅެ އަދި ޕްރޮޑިއުސް ވެސް ކޮށް ގެނެސްދޭ ބައޮގްރަފިކަލް ޑްރާމާ "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" އެވެ.