މިދިޔަ އަހަރުގެ ކޮވިޑް-19 އާ އެކު ކުރިމަތި ލޮކްޑައުންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފި އެކަކަށް ހަމަ ގައިމު ވެސް އެމެރިކާގެ 12 އަހަރުގެ މި ކުއްޖާ ވާނެ އެވެ. މިއީ ނޯތު ކެރޮލައިނާގެ ސެލިސްބަރީގައި ދިރިއުޅޭ މައިކް ވިމާ އެވެ.
30 އެޕްރީލް 2021
މިދިޔަ އަހަރުގެ ކޮވިޑް-19 އާ އެކު ކުރިމަތި ލޮކްޑައުންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފި އެކަކަށް ހަމަ ގައިމު ވެސް އެމެރިކާގެ 12 އަހަރުގެ މި ކުއްޖާ ވާނެ އެވެ. މިއީ ނޯތު ކެރޮލައިނާގެ ސެލިސްބަރީގައި ދިރިއުޅޭ މައިކް ވިމާ އެވެ.
ލޮކްޑައުންގެ ތެރޭގައި މައިކް ކުރިހާ ވެސް ކަމަކީ ކިޔެވުމެވެ. އުމުރުން 12 އަހަރުގެ ކުއްޖަކަށް ވަރަށް މަދުން ނޫނީ ހާސިލުނުކުރެވޭނެ ދެ ކަމެއް އަންނަ މަހުގެ ތެރޭގައި އޭނާ ހާސިލުކުރާނެ އެވެ. އެއީ އަންނަ މަހުގެ 21 ގައި ރޯވަން-ކާބެރަޒް ކޮމިއުނިޓީ ކޮލެޖުން ގްރެޖްއޭޓްވުމާއި އަންނަ މަހުގެ 28 ގައި ކޮންކޯޑް އެކެޑެމީ ހައި ސްކޫލުން ގްރެޖްއޭޓްވުމެވެ.
ދެ ތަނުގައި ވެސް މައިކް ކިޔެވީ އޭނާ އަށް ވުރެ އުމުރުން ދޮށި އެތައް ބަޔަކާ އެކީގަ އެވެ. ހަގީގަތުގައި މައިކްގެ ފެންވަރަކީ އަދި ޕްރައިމަރީ ލެވެލެވެ. އެކަމަކު އޭނާ އެ ހުރީ އުމުރަށް ވުރެ މާ މަތީގަ އެވެ.
ހައި ސްކޫލުން އެސޯސިއޭޓް ޑިގްރީއަކާ އެކު ގްރެޖްއޭޓްވާ އިރު މައިކް ބުނި ގޮތުގައި ކުރިން މިކަމަކީ އޭނާ ޕްލޭންކޮށްގެން ހުރި ކަމެއް ނޫނެވެ. އެކަމަކު ލޮކްޑައުންއާ އެކު ކުރިން ނުލިބޭ ވަރަށް ވުރެ މާ ބޮޑަށް ވަގުތު ލިބެން ފެށުމުން އޭނާ ބޭނުންވީ އޮންލައިންކޮށް ކިޔަވައިގެން ފެންވަރު ދައްކައިލާށެވެ. މިހާރު މިއޮތީ އޭނާގެ ފޮނި ނަތީޖާއާ ހަމައަށް ދެވިފަ އެވެ.
މައިކް.
ސީއެންއެން އަށް މައިކް ކިޔައިދިން ގޮތުގައި އޭނާ އަކީ އަބަދު ވެސް ކިޔެވުމަށް ވަރަށް ބޮޑަަށް ލޯބިކުރާ ކުއްޖެކެވެ. އެހެންވެ އަމިއްލަ ނަފްސު ސިފަކުރަނީ "ހިސާބާއި ސައިންސްގެ މީހެއް" ގެ ގޮތުގަ އެވެ. މައިކަކީ އަބަދު ވެސް ޓެކްނޮލޮޖީ އަށް ވެސް ވަރަށް ޝައުގުވެރިކަންދޭ ކުއްޖެކެވެ. އެގޮތުން އޭނާގެ އުމުރުން 18 މަހުގައި ލިބުނު ފުރަތަމަ ޓެބްލެޓަކީ ކަންކަން އަމިއްލަ ދަސްކުރަން ލިބުނު ވަރަށް ރަނގަޅު ވަސީލަތެއް ކަމަށް ބުންޏެވެ.
"ޕްރޮގްރާމިން އާއި ރޮބޮޓިކް ދާއިރާ އަކީ ވަކިން ބޮޑަށް ލޯބިކުރާ ކަންތައްތައް." ރިފްލެކްޓް ކޯލްގެ ނަމުގައި އަމިއްލަ ސްޓާޓަލެއް އުފައްދައި އޭހެ ދަށުން ތަގާތު އެކި ކަހަލަ އެކްސްޕެރިމަންޓްތައް ހަދަމުން އަންނަ މައިކް ބުންޏެވެ. "އަހަރެން ބޭނުން ވަނީ ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމަށް ބޮޑެތި ފަސޭހަތަކެއް ގެންނަން. އަދި މިއީ އެތައް ބަޔަކަށް އެހީވެވޭނެ ކަމެއް."
ދަރިފުޅުގެ ކުރިއެރުމާ މައިކް މައިންބަފައިން ވެސް ތިބީ ވަރަށް އުފަލުންނެވެ. އޭނާގެ މަންމަ މެލީޒާ ވިމާ ބުނި ގޮތުގައި ދަރިފުޅަކީ އަބަދު ވެސް އެއް ދޮރު ބަންދުވިއްޔާ އަނެއް ދޮރު ހުޅުވި ކުރިއަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކުއްޖެކެވެ.
"އެހެންވެ ލޮކްޑައުންގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފައިފި. ވަރަށް އުފާވާ އެހާ ޅަ އުމުރުގައި އުމުރަށް ވުރެ މަތީ ފާސްތަކެއް އެކުއެކީގައި ދަރިފުޅު ހާސިލުކުރާތީ،" މެލީޒާ ބުންޏެވެ.
މައިންބަފައިންނާ އެކު މައިކް.
މައިކް ބުނި ގޮތުގައި ގްރެޖްއޭޝަނާ އެކު އޭނާ އަށް އެތައް ފުރުސަތެއް ހުޅުވޭނެ އެވެ. އެއީ ވަޒީފާ އާއި އަދި އިތުރަށް ކިޔެވުން ފަދަ އެތައް ފުރުސަތެކެވެ.
"އެކަމަކު އަހަރެން އަދި ބޭނުމެއް ނޫން އުމުރަށް ވުރެ ބޮޑުވެގެން އުޅޭކަށް. އަހަރެންގެ އުމުރުގެ އެހެން ކުދިން ކުރާ ކަހަލަ ކަންކަން އަހަރެން ވެސް ބޭނުންކުރަން،" އޭނާ ބުންޏެވެ. "އެގޮތުން ލެގޯ ކުޅުމާއި ބާސްކެޓް ކުޅުމަކީ ވެސް އަހަރެން ކުރާ ހިތްވާ ކަންކަން."
މައިކް ކިޔައިދިން ގޮތުގައި ބައެއް މީހުން މިހާރު އޭނާ ސިފަކުރަނީ "ޗައިލްޑްހުޑް ގެއްލިފައިވާ ކުއްޖެއް" ގެ ގޮތުގަ އެވެ.
"އެފަދަ މީހުންނަށް ބުނެލަން ބޭނުން ވަނީ ހަޔާތުގެ ދުވަސްތައް ބޭނުންތެރި ގޮތުގައި ހިފަމުން އަންނަ ކުއްޖެކޭ އަހަންނަކީ." އޭނާ ބުންޏެވެ.
އުމުރުން 13 އަހަރުގައި ހަތަރު އެސޯސިއޭޓް ޑިގްރީ
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް
9 އަހަރުގެ ކުއްޖާގެ ގްރެޖުއޭޝަން ލަސްވާތީ ގެޔަށް
ޗެމްޕިއަންސް ރައުންޑަށް ދިވެހި ކުދިން އެމެރިކާއަށް
ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން އިންޑިއާގައި މަނާ
ނުވަ އަހަރުގައި އޯ ލެވެލްގެ ހިސާބުން ސީ ފާހެއް
ދަރިވަރެއްގެ ބޯ ކޮށާލުމުން މިލިއަން ޑޮލަރުގެ ބަދަލަކަށް
ޗައިނާގެ ދަރިވަރުންނަށް އިމްތިހާނުތައް މަދުކުރަނީ
އެއް މިނެޓުން 196 ސުވާލަށް ޖަވާބުދީ ރެކޯޑް ފޮތަށް
މާމަދަރިފުޅާ އެކު 74 އަހަރުގައި ގްރެޖްއޭޓްވެއްޖެ