09 ނޮވެމްބަރ 2022
އެކި ގައުމުތަކުގެ ކުދިންނަށް ކުރިއަށް ގެންދާ ތައުލީމީ އެކި ހަރަކާތްތައް ހިމެނޭ މުބާރާތް، ވޯލްޑް ސްކޮލާސް ކަޕްގެ ފަހު ބުރަށް ރާއްޖޭގެ ކުދިންތަކެއް އެމެރިކާ އަށް މިއަދު ފުރައިފި އެވެ.
އެކި ގައުމުތަކުގެ ކުދިންނަށް ކުރިއަށް ގެންދާ ތައުލީމީ އެކި ހަރަކާތްތައް ހިމެނޭ މުބާރާތް، ވޯލްޑް ސްކޮލާސް ކަޕްގެ ފަހު ބުރަށް ރާއްޖޭގެ ކުދިންތަކެއް އެމެރިކާ އަށް މިއަދު ފުރައިފި އެވެ.
މި މަހުގެ 11 އިން 16 އަށް އެމެރިކާގެ ޔޭލް ޔުނިވާސިޓީގައި ބާއްވާ ޗެމްޕިއަންސް ރައުންޑަށް ރާއްޖޭގެ ހަތަރު ސްކޫލަކުން ކުދިން ކޮލިފައިވި އެވެ. އެއީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގުގެ އިތުރުން ޣިޔާސުއްދީނާއި ބްރައިޓުވޭ އިންޓަނޭޝަނަލް ސްކޫލެވެ.
ދުނިޔޭގެ އެތައް ގައުމަކުން ބައިވެރިވާ އެ މުބާރާތުގެ ފަހު ބުރަށް ކުދިން ހޮވަނީ، ފުރަތަމަ ބުރާއި ދެ ވަނަ ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިންނެވެ. ފަހު ބުރަށް ދިވެހި ކުދިން ހޮވުނީ ތައިލެންޑާއި ވިއެޓްނާމްގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގްލޯބަލް ރައުންޑުގައި ގައުމުތަކާ ވާދަކޮށް، ގިނަ އަދަދެއްގެ ރަން އަދި ރިހި މެޑަލް ހޯދައިގެންނެވެ.
ދދ
ވޯލްޑް ސްކޮލާސް ކަޕަކީ އެމެރިކާގެ ކުންފުންޏަކުން 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ ފެންވަރުގެ މުބާރާތެކެވެ. އެ މުބާރާތުގައި އޮންނަނީ ދުނިޔޭގައި ހިނގާ ބޮޑެތި މައްސަލަތަކާއި އިލްމީ ތަފާތު އެކި މައުލޫއުތަކަށް ބަހުސް ކުރުމާއި ކްރިއޭޓިވް ރައިޓިންގެ އިތުރުން ހަ މާއްދާއަކުން ކަނޑައަޅާފައިވާ ސިލަބަހުން ސުވާލުތައް ކުރާ ގޮތަށެވެ.
އިލްމީ ހުނަރު ކުރިއެރުވުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ކުދިން އެއްތަންވެ ގުޅުން ބަދަހިކޮށް، ގައުމުތަކުގެ ސާގާފަތާއި އާދަކާދައަށް ލޯ ހުޅުވުން އެ މުބާރާތް ބާއްވާ މަގްސަދުގެ ތެރޭގައި ހިމެނެ އެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި ޖެހިލުމެއް ނެތި ކަންކަމާ ކުރިމަތިލުމުގެ އިތުރުން ޓީމް ވޯކް ނުވަތަ އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަން ވެސް މި މުބާރާތުގައި ދަރިވަރުންނަށް ދަސްކޮށްދެ އެވެ.
އަހުމަދިއްޔާ އިން މުބާރާތުގައި ބައިވެރިވާ ކުދިންނާ އެ ސްކޫލުގެ އިސްވެރިން ބައްދަލުކުރަނީ.
އެ މުބާރާތުގެ ތެރެއިން ކޮންމެ ބުރެއްގައި ވެސް ކަލްޗަރަލް ފެއާއެއް ބާއްވަ އެވެ. އެއީ އެ ގައުމެއްގެ މައުލޫމާތާއި ސަގާފަތާއި އާދަކާދަ އެއް ބަޔަކު އަނެއް ބަޔަކަށް ކިޔައިދީ އިހްތިރާމާ އެކު ގުޅުން ބަދަހިކުރަން ދަސްކޮށްދިނުމަށެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޖޫނިއާ އަދި ސީނިއާ ބައިން މިފަހަރު 10 ދަރިވަރަކު ވާދަކުރެ އެވެ. ބެންކޮކް ރައުންޑުގައި ގިނަ މެޑަލްތަކާ އެކު މި ސްކޫލުން ބޮޑު ކާމިޔާބީއެއް ހޯދި އެވެ. އެ ބުރުގައި، ފައިނަލް ބަހުސަށް ޖޫނިއާ ބައިން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މުހައްމަދު ޔާނިޝް އަހްމަދާއި ސީނިއާ ބައިން ފާތުމަތު ހަނާން އިނާން ހޮވުނެވެ. ޑިބޭޓް ޝޯކޭސް ނުވަތަ ފައިނަލް ބަހުސަށް އަރުވަނީ، ބައިވެރިވާ ގައުމުތަކުގެ ތެރެއިން އެންމެ މޮޅަށް ބަހުސްކުރާ ދަރިވަރުންނެވެ.
ދދ
ވިއެޓްމާނުގައި ބޭއްވި ގްލޯބަލް ރައުންޑްގައި ޣިޔާސުއްދީނާއި ބިލަބޮންގުގެ ދަރިވަރުން ވެސް އެހެން ގައުމުތަކުގެ ގިނަ ދަރިވަރުންގެ ތެރެއިންވިދާލައި ގިނަ މެޑަލްތަކެއް ހޯދި އެވެ.
ބެންކޮކް ރައުންޑްގެ ޑިބޭޓް ޝޯކޭސްގައި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަނާން ބަހުސްކުރަނީ.
އަހްމަދިއްޔާ ސްކޫލުން، ޗެމްޕިއަންސް ރައުންޑަށް ހޮވުނު ކުދިންނާ ބައްދަލުކުރައްވައި، އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު އިއްޔެ ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މުބާރާތުގައި ބައިވެރިވެވުމަކީ ކިޔެވުމާ އެކު ކުދިންގެ ހުނަރު ކުރިއަރުވައި، ކުރިއަށްދާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެކި ގައުމުތައް ބައިވެރިވާ ވާދަވެރި އެ މުބާރާތުގައި، ރަނގަޅު ކާމިޔާބީއަކަށް ހިތްވަރުކުރަން އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ.
އެ މުބާރާތުގައި، މީގެ ކުރިން ވެސް ދިވެހި ދަރިވަރުން ބައިވެރިވެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.
ސްކޮލާސްކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
ވޯލްޑް ސްކޮލާސް ކަޕްގެ ފަހު ބުރަށް ގިނަ ޓީމުތަކެއް
ސްކޮލާސް ކަޕްގެ ފުރަތަމަ ބުރު ދަރިވަރުން ނިންމާލައިފި
ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
އިންޓަނޭޝަނަލް ސްކޫލުތަކަށް ސްޓޭޝަނަރީ ދިނުން ހުއްޓާލަނީ
އުމުރުން 12، ހައި ސްކޫލާއި ކޮލެޖުން ގްރެޖްއޭޓްވަނީ
ޣިޔާސުއްދީނުގެ ނިންމުން އައީ ކޮވިޑް ކޭސްތަކަކާ ގުޅިގެން
ގައިޑްލައިނަށް ކިޔަވައިދޭން ޣިޔާސުއްދީނަށް އަންގައިފި
ޣިޔާސުއްދީންގެ 10 ނޫން ހުރިހާ ގްރޭޑެއް އޮންލައިނަށް
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް